ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން ކޮންމެ ހިސާބެއްގައި ތިބި ކަމުގައި ވިއަސް ހަމަލާދޭނެ ކަމަށް ނިރުބަވެރި އިސްރާއީލުން ބުނެފިއެވެ.

ނިރުބަވެރި އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު، ޑެނިއަލް ހަގަރީ މިހެން ބުނެފައިވަނީ މިވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްގައި ދިރިއުޅޭ ރައްޔިތުން ގެދޮރު ހުސްކުރުމަށް ނިރުބަވެރިން މިހަފްތާގައި ދިން އިންޒާރާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެގޮތުން ހަގަރީ ބުނެފައިވަނީ ހަމާސް އާއި ދެކޮޅަށް ހިންގަމުން އަންނަ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމަށް އަޒުމު ކަނޑައަޅާފައިވާ ކަމަށާއި ހަމާސް އޮތް ކޮންމެ ދިމާލެއްގައި އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށެވެ. އޭގެ ތެރޭގައި ޣައްޒާގެ ދެކުނު ވެސް ހިމެނޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަސްކަރިއްޔާއަށް އެންމެ ފަސޭހަ ވަގުތާއި ތަންތަނުގައި އެކަން ކުރިއަށްދާނެ" އޭނާ ބުންޏެވެ.

ރިޕޯޓްތަކުން ބުނެފައިވަނީ ޣައްޒާގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް، އިމާރާތްތައް ހުސް ކުރުމަށް އަންގައި ނިރުބަވެރިން "ލީފްލެޓް"ތައް އޮއްސާލާފައިވާ ކަމަށެވެ. އަދި ވަނީ އެހެން ތަންތަނަށް ދިއުމަށް އަންގާފައެވެ. ނަމަވެސް ޚާން ޔޫނިސްގެ ރައްޔިތުން ވަނީ ސަލާމަތްކަން ކަށަވަރު ކުރެވެން އޮތީ ކޮން ހިސާބެއްގައިތޯ ސުވާލު ކޮށްފައެވެ. އެއީ ޣައްޒާގެ ދެކުނަކީ މީގެ ކުރިން ނިރުބަވެރިން ރައްކާތެރި ސަރަހައްދެއް ކަމަށް ބުނެފައިވާ ސަރަހައްދަކަށްވާތީއެވެ.

ހަމާސް ޖަމާއަތާއި ދެކޮޅަށް ކަމަށް ބުނެ ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި އާންމު ދިރިއުޅޭ އެތަކެއް އިމާރާތެއް އިންޒާރެއް ދިނުމެއް ނެތި ވަނީ ސުންނާފަތި ކޮށްލާފައެވެ. އަދި މިހާރު ހޮސްޕިޓަލްތަކަށް ވަދެ، އެތަނުގެ މީހުން ކަނު ބަދެ، އެތަނުގައި މުޖާހިދުން ހަރަކާތްތެރިވާ ކަމަށް ބުނެ ނިރުބަވެރިން ވަނީ މުޖާހިދުންގެ ހަތިޔާރު ކަމަށް ބުނާ ހަތިޔާރުތަކެއްގެ ވީޑިއޯތަކެއް ވެސް އާންމު ކޮށްފައެވެ. ނަމަވެސް މުޖާހިދުން ވަނީ އެމީހުން އެތަންތަނުގައި ނޫޅޭ ކަމަށާއި އެއީ އެމީހުންގެ ހަތިޔާރު ނޫން ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފީފީ

    ތިހެން ކިޔަ ކިޔާފަ މަރަނީ އާއްމު ރައްޔިތުން، ބޮންއަޅަނީ ހޮސްޕިޓަލް ތަކަށާ ސްކޫލް ތަކަށާ މިސްކިއްތަކަށާ އާއްމުންގެ ގެދޮރަށް. އެބައިގޭ ހަމާސްތިބެނީ އަންޑަގުރައުންޑް ޓަނެލްތަކުގަ ވަރައް އަޑީގަ ބޮމުގެ އަސަރު ނުފޯރާ ހިސާބުގަކަންވެސް އެކަމުވެސް ހަމަ އާންމުންބޮލައް ބޮންއަޅަނީ. ފިނޑިކަމުން ނުކެރޭ ފޭސްޓް ފޭސް ކްލޯސް ކޮމްބެޓްއަށް އަންނާކައް. މުޅިތަންބިމާ ހަމަކޮއްފަ ޓޭންކްތަކުގަ އަދިމިއަރަނީ. އެވެސް އެބަފުނޑާލަ މުޖާހިދުން ނުކުމެ.މާމޮޅު ގިޔާ އެމީހުންއަތގަހުއްޓަސް ތިބެނީ ގަޔައްސީލެވޭ ހިސާބުގަ ބިރުން މުޖާހިދުންނާ ފޭސްކުރަން. އިނގޭ ވިއްޔަ މުޖާހުދުން މަރައްބިރު ނުގަންނަކަން. ހަމަ ފިނޑިން.

    10
  2. Anonymous

    އާނ މަތިންބޮންއެޅިދާނެ ޖެޓްތަކުގަ ގޮސް. އެކަމު މަރުވަނީ އާންމުންނޭ ގަމާރާ. ބެޓްލް ފީލްޑައް ނުކުމެލަބަލަ ވާއެއްޗެއްބަލާލަން. ކާކުތޯ ދުވެފިލަނީ ބަލާލަން. ލޮލް

  3. ހުސޭނުބޭ

    ހަމާސްއަށް ހަމަލާދެނީއޭ ކިޔާފައި މަރަނީ ކުޑަކުދިންނާއި އަންހެނުން. އެމއރިކާއިން ދީފައިވާ އެންމެ މިހާރުގެ ހަތިޔާރު ބޭނުންކޮށްގެން ތި އުޅެނީ ރައިފަލްގަނޑެއް ގެންގުޅޭ ބައަކު ހަންމަތަނުކުރެވެގެން!

    12