ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ ހައްޔަރުގައި ތިބި ނިރުބަވެރިން ވަގުތުން ދޫކޮށްލަން ބަހްރޭނުން ގޮވާލައިފިއެވެ.

ބަހްރޭނުގެ ވަލީ އަހުދު އަދި ބޮޑުވަޒީރު، ސަލްމާން ބިން ހަމަދު އަލް ޚަލީފާ ވަނީ ޣައްޒާގެ ހާލަތު ކެތް ނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށް ވިދާޅުވެ، މުޖާހިދުން ހައްޔަރު ކޮށްފައި ތިބި އިސްރާއީލުގެ މީހުން ވަގުތުން ދޫކޮށްލުމަށް ހަމާސް ޖަމާއަތަށް ގޮވާލައްވާފައެވެ. ހަމާސް ޖަމާއަތުން ވަނީ ހަނގުރާމަ ފެށުނު ފަހުން 240 އިސްރާއީލް މީހުން ހައްޔަރު ކޮށްފައެވެ.

"އެއްވެސް އަރަބި ލީޑަރަކު ހަމާސްއަށް މިކަން ކުރުމަށް ގޮވާލާފައިވާ ކަމަކަށް ހިޔެއް ނުވޭ. އެހެން ކަމުން މިއީ ސީދާ ވަހަކަ ދައްކަން ޖެހޭ ވަގުތު" އަހަރީ މަނާމާ ޑައިލޮގް ސެކިއުރިޓީ ސަމިޓުގެ ބޯމަތިވެފައި އޮއްވާ އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ޣައްޒާގައި ހައްޔަރު ކޮށްފައިވާ މީހުން ދޫކޮށްލުމުން އެކަމުގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ހަނގުރާމަވެރި ނޫން، އަންހެނުންނާއި ޒުވާން ކުދިން ދޫކޮށްލުމަށް ވެސް ހުށަހަޅާފައެވެ. އޭނާ ވަނީ ޤުރުއާނުގައި ވެސް އާންމުން މެރުމަކީ މަނާކަމެއްކަން ފާހަގަ ކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އޭނާ އިތުރަށް ގޮވާލެއްވި ކަންތަކުގެ ތެރޭގައި ބަހްރޭންގެ ރަތް ރޮނގުގައި ފަލަސްތީނުގެ ރައްޔިތުން، ޣައްޒާއިން މިހާރު ނުވަތަ ދުވަހަކު ވެސް މަޖުބޫރު ކޮށްގެން ހިޖުރަ ނުކުރުމާއި، ހަނގުރާމައަށް ފަހު ޣައްޒާގެ ސަރަހައްދު އިސްރާއީލުން ކުޑަ ނުކުރުމުގެ އިތުރުން އިސްރާއީލުން ޣައްޒާއަށް ވެރިނުވުން ހިމެނެއެވެ.

ރަޝިއާއިން އަފްޣާނިސްތާނަށް އަރައިގަތުމުން، އަލް ޤައިދާ ޖަމާއަތް އުފެދެން މަގުފަހިވި ކަމަށާއި ހަަމަ އެފަދައިން އެމެރިކާއިން އިރާގަށް އަރައިގަތުމުން އައިއެސްއައިސް ވެސް އުފެދުމަށް މަގުފަހިވި ކަން ހާމަ ކުރައްވަމުން އޭނާ ވިދާޅުވީ، އިސްރާއީލުގެ ސަބަބުން ވެސް އެފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ަަްްއރ15.

    މީނާ ނިދާފަތަ ވޭތުވެދިޔަ އަހަރުތަކުގަ މިހުރީ، ނެނގޭތަ އެތައްސަތޭކަ ކުށެއްނެއް އަންހެނުންނާ ކުޑަކުދިން އިސްރާއީލްގެ "ޖަލު" ތަކުގަ ތިބިކަން.އެމީހުން ދޫކޮއްލަން ނުގޮވާލަނީޔޯ؟ ގާޒާ ބަނޑައްޖެހޭ އިރު ފެންފުޅިއެއްވެސް ދިއްކޮއްނުލެވޭ އަދިވެސް.. ބަހުރޭނުމީހުން ކައިކައި ފަލަވަމުންގޮސް %39 މީހުން އޯވަވެއިޓް. ކީކޭ ކިޔާނަމޭހިތާ މިކަލޭގެ މިއުޅެނީ. ބަލައެއްނުގަންނާނަން ތިކަހަލަ ފިނޑިން ދައްކާ ވާހަކަ.

    47
    2
    • Anonymous

      މަހިތައް އަރަނީ 39% އޮބޭސިޓީގަ އޮތްގައުމެއް ކިހިނެއްބާއޭ ހަނގުރާމަވަގުތު ޖެހޭއިރު ހަދާނީ؟ޓޭންކަކައް 2 މީހުން ލައިގެން، 10 ފޫޓައް ދުވެފަނުދެވޭނެ ބަލިވެގެން. ޝީޝާ ބްރޭކްނަގަން ޖެހޭނެ. މެކްޑޮނާލްޑްސް މިސްވާނެ ހެޓަކައް.. ގަމާރުކަންމަތީ ނިދާފަ އެތިބީ. އެނިދިން ހޭލައްޖެހޭނެދުވަހެއް އަތުވެދާނެ. ރަސޫލާ އަންގަވާފަ އޮތީ ފިޓްކޮއްތިބުމައް، ދުނިދަނޑީޖަހަން ފަރިތަކުރުން (އެޒަމާނުގަ ބަޑިނެއްވިއްޔަ) ފަރިތަކޮއް، އަސްދުއްވާ، ފަތާ ކަންކަން ކުރުމައް. ހާލަތުވަރައްދައްކޮއް މިފެންނަނީ

      10
  2. ޙަސަން

    މި ހިޔޅަކަށް ނޭގޭތަފަަލަސްތީނުގެ 10000 ކުށެއްނެތްމީހުން އިޒްރޭލުން ހައްޔަރުކޮށްފައިވާކަން ކޮބާ އެމީހުންގެ ހައްގު

    41
    1
  3. ހުސޭނުބޭ

    މީނާއަށް އަވަހަށް ޝޮކްތެރަޕީ ދީ! އަދި ލޮލަށް ފެންނަގޮތް ހަދަން ދެލޮލުގައި މިރުސްއަޅާ! މި ދެލޯކަނަށް ނުފެންނަނީތަ އެތަކެއް މުސްލިމުން ހައްޤަކާ ނުލާ މަރަމުން ދާތަން. މިއަށް ފެންނަނީ ޔަހޫދީންގެ ފޫކޮޅު!

    32
    1
  4. Anonymous

    ފިނޑި ބަޔަކު ގޮވާލިޔަސް ޙަމާސްއިން އެކަންކުރަން ނުޖެހެ. ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުން ޒައިނިސްޓުންގެ އަމާޒަކަށް ހަދާފައިވާއިރު އެކަން ހުއްޓާލަން ނުބުނެވުނު އަދި ކުރެވުނު މާބޮޑު ކަމެއްނެތް ބަޔަކު ބުނާ ބުނުން ޖަމަލު ފޮޑިއެކޭ އެއްފަދަ

    30
    1
    • Anonymous

      މީހުންތިބީ ޒަޔަނިސްޓުންގެ ޖީބުގައޭ

      14
      1
  5. ޒާ

    ބަހުރައިނަކީ އިޒްރާޢީލުގެ ބައިވެރިއެއް. އެގައުމާއި ގާތްގުޅުމެއް އޮތް ގައުމެއް. މުސްލިމުން މަރާ ބަޔަކާ ގުޅުން އޮތް ކޮންމެ ބަޔަކީ މުސްލިމުންގެ އަދުއްވެއް.

    42
    1
  6. ޕޭމަންޓް

    ފިޑި އަރަބިންގެ ވާހަކަ.

    45
    1
  7. އަޙްމަދު

    މީދެން ކާކު...........؟؟؟؟؟؟؟
    މީނަ ބުނެގެންތަ ޙަމާސްއިން ހަނގުރާމަ ކުރަން ފެށީ.........
    މުނާޕިޤު އަރަބީން .. ލަދުން ބޯ ހަލާކު...... %

    16
    1
  8. ހުވަދު

    ދޫކުރަންވާނީ ފަލަސްތީނުގެ ހުރިހާ ރަހީނުން ދޫކޮށްލުމުން.

    23
    1
  9. މުހައްމަދު

    މީހަމަ ފައްކާ ވަލު ޖަނވާރެއް މިއަށް ވުރެމާރަނގަޅު ކާފަރު ގައުމުތަކުގެ ރައްޔިތުންވެސް

  10. މުޙައްމަދު

    ކަލޭގެ ނަން އޮންނަނީ ޔަހޫދީންގެ ލިސްޓުގައި. އިސްރާއީލަށް ހެޔޮއެދިގެން ކަލޭގޮސް ނަތަން ކުއްތާ ފައިގަ ދޫލާން ހުރޭ.