ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ގެދޮރު ގެއްލިފައިވާ އާއިލާތައް ދިރިއުޅެމުންދާ ސްކޫލަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ގިނަބަޔަކު ޝަހީދުކޮށްލައިފިއެވެ.

ގުދުސް ނެޓްވޯކް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާގެ ތަލް އަލް ޒަތާރު ސްކޫލަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއެއްގައި އާންމުންގެ 50 އަށް ވުރަ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށެވެ.

ގުދުސް ނެޓްވޯކް އިން ފަހުން ރިޕޯޓްކޮށްފައިވާގޮތުގައި، މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 100 އާ ގާތް ކުރާނެއެވެ.

މި މީހުން ޝަހީދުކޮށްލާފައި ވަނީ ނިރުބަވެރިން ރޭ ދިން ހަމަލާއެއްގައެވެ.

އެ ސްކޫލަކީ ގެދޮރު ގެއްލިފައިވާ އެތައް އާއިލާއެއް ދިރިއުޅެމުންދިޔަ ތަނެެވެ.

މި ހަމަލާއަށް ފަހު ޝަހީދުވެފައިވާ އެތައް ބަޔަކު މިހާރު ކަފުން ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 12،000 އަށް މިހާރު ވަނީ އަރައިފައެވެ.

އިސްރާއީލް ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރ، ޖެނެރަލް އިސްމާއީލް ތަވާބްތާ ވިދާޅުވީ، މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށުނު މިހަނގުރާމައިގެ ތެރެއިން މިހާތަނަށް 12،000 ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ.