އިންޑިއާގެ އުއްތަރަކަންދު ޓަނަލްގައި 140 ގަޑިއިރަށް ވުރެ ގިނައިރު ތާށިވެފައި ތިބި މަސައްކަތްތެރިންގެ އާއިލާތައް ކަންބޮޑުވުން ފާޅުކުރަމުންއެބަދެއެވެ.

އެމީހުން އަދިވެސް ސަލާމަތެއް ނުކުރުވެއެވެ. ސްޓޭޓް އަދި ފެޑެރަލް ރެސްކިއު ޓީމުތަކުން ދަނީ ބޮޑު ޑްރިލްއެއް ބޭނުންކޮށްގެން މީހުންނާ ހަމައަށް ވާސިލްވުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ހުކުރު ދުވަހުގެ ހަވީރު ހޮޅި ވަޅުލުމުގެ މަސައްކަތް ހުއްޓާލަން ޖެހުނީ "ބޮޑު ރެނދުލުމުގެ އަޑެއް" އިވިގެންކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ގާތްގަނޑަކަށް 150 ގަޑިއިރު ވަންދެން އުއްތަރަކަންދުގެ ޓަނަލެއްގައި 40 މީހުން ތާށިވެފައި ތިބިއިރު، އެމީހުން ސަލާމަތް ކުރުމަށް ޖަޔަންޓް ޑްރިލްއެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އިއްޔެ ހަވީރު ސަލާމަތީ މަސައްކަތްތައް ހުއްޓުމަކަށް އައީ ކުއްލިއަކަށް "ރެނދުލާ އަޑެއް" އިވި، ޑްރިލިން މެޝިންގައި މައްސަލައެއް ޖެހިގެންނެވެ.

އޮފިޝަލުން ބުނެފައިވަނީ އެކްސިޑެންޓް ހިނގި ތަނަށް ދެވަނަ ހެވީ ޑްރިލް ގެނެސްފައިވާ ކަމަށާއި އޮޕަރޭޝަންތައް އަނެއްކާވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ހުރިހާ މަސައްކަތްތެރިންނަށް ވެސް ރައްކާތެރިކަމާއެކު ކާނާ އާއި ފެން ފޯރުކޮށްދެނީ ހުޅުވިފައިވާ ދަގަނޑު ހޮޅިތަކުން ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެއެވެ.

ތާށިވެފައި ތިބި މަސައްކަތްތެރިންގެ އާއިލާތައް އެކްސިޑެންޓް ހިނގި ތަނަށް ވަނީ އެއްވެފައެވެ. އެ މީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ނާއުންމީދާއި މާޔޫސް ކަމެއެވެ. އެތަނުގައި ހުރި މަސައްކަތްތެރިއެއްގެ ބޭބެ ބުނިގޮތުގައި މަސައްކަތްތެރިންގެ ސިއްހީ ހާލަތު ގޯސްވުމުގެ ކުރިން ވީހާވެސް އަވަހަށް ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.

އަދި ގިނަ ދުވަހު ބަންދުވެފައި ތިބެންޖެހުމުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ގޮތުން ބަލިކަށިވާނެކަން ފާހަގަ ކުރަމުން ޑޮކްޓަރުން ވިދާޅުވީ، ތާށިވެފައި މަސައްކަތްތެރިންނަށް ފުރިހަމަ ރިހެބިލިޓޭޝަނެއް ދޭން ޖެހޭނެކަމަށެވެ.

ނޮވެމްބަރު 12 ވަނަ ދުވަހު ހަދަމުންދާ ސިލްކިޔާރާ ޓަނަލްގެ ބައެއް ވެއްޓި، 40 ކޮންސްޓްރަކްޝަން މަސައްކަތްތެރިން ވަނީ ހޮހޮޅަތެރޭގައި ތާށިވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހިމް

    މިކަހަލަ ބޮޑެތި ޕްރޮޖެކްޓްތަށް ހިންގުމުގެ ޤާބިލްކަން އިންޑިއާގެ ކުންފުނިތަކުގައި ނެތެވެ. މާލެ ވިލިމާލެ ބްރިޖްގެ މަސައްކަތްވެސް ނުނިމި ދިގުދެމިގެންގޮސްފައިވަނީ އެހެންވެ. އަދި މަސައްކަތް ކުރުމުގެ ވައްޓަފާޅިވެސް ނެތް. ފެންވަރުވެސް ދަށް. ވަގްތުން ވަގްތަށް ހުއްޓުވަންޖެހޭކަމެއް މިއީ.

    • ޢަގީ

      ޥާނުވާނޭގުނަސް ކޮމެންޓްކުރާތި.ބަލަ އެކަންހިގީ އެހިސާބު ކޮންނަމުން ދަނިކޮއް ބިންހެލުމެއްގެ އަސަރުކޮއްގެން.