އިސްރާއީލް އަސްކަރިއްޔާގެ ނިރުބަވެރިން ޣައްޒާގައި ބޮޑު ގަތުލުއާންމެއް ހިންގައި ފަލަސްތީނުގެ 50 ރައްޔިތުން ޝަހީދުކޮށްލައިފިއެވެ.

އަލް-ޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުން ވަނީ ޣައްޒާގައި ހުންނަ އަލް-ފަހޫރާ ސްކޫލަށް ބޮން އަޅައި އެތަނުގައި ތިބި އެތައް ބަޔަކު ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. އެ ތަނަކީ 200 އަށް ވުރެ ގިނަ މީހުން ހިޔާވަހިކަން ހޯދަމުން އަންނަ ސްކޫލެކެވެ. އިސްރާއީލް ސިފައިން ހިންގި މި ގަތުލުއާންމާ ގުޅިގެން ޝަހީދުވި މީހުންނާއި އަނިޔާ ލިބުނު މީހުން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެމީހުން ޝަހީދުވެގެން ވެއްޓިފައިވާ މަންޒަރުގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ދަނީ ދައުރުވަމުންނެވެ.

އޭގެތެރެއިން އެއް ވީޑިއޯއެއްގައި ފެންނަނީ ސްކޫލްގެ ގޯތިތެރޭގައި އާއި ކްލާސްރޫމްތަކާއި ސިޑިތަކުގެ މަތީގައި ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން ވެސް ލެއިން ތަތްތެޅި ޝަހީދުވެފައިވާ ތަނެވެ. ބައެއް މީހުން ޒަހަމްވެގެން ގުޑާވެސް ނުލެވި އޮތް މަންޒަރު ވީޑިއޯ އިން ފެނިގެންދެއެވެ. ޝަހީދުވެފައިވާ މީހުންގެ ގައިމަތީގައި ފޮތިގަނޑުތައް އަޅާފައިވާ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.

ޣައްޒާގައި ހުރި އަލް-ފަހޫރާ ސްކޫލަށް ދިން ހަމަލާއާ ގުޅިގެން ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުން ސްކޫލަށް ހަމަލާ ދިނުމުގެ ބޭނުމަކީ އުތުރު ޣައްޒާގައި ދިރިއުޅޭ ރައްޔިތުން އެ ތަނުން ހުސް ކުރުން ކަމަށެވެ. މިއީ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހަނގުރާމަ އިއުލާންކޮށްފައިވާ ކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އިސްރާއީލުން މިދިޔަ މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާތައް ދޭން ފެށުމާއެކު، ފަލަސްތީނުގެ ޣައްޒާގެ އުތުރުގައި ދިރިއުޅޭ ވަރަށް ގިނަ ރައްޔިތުން ހިޔާވަހިކަން ހޯދުމަށް ގޮސްފައި ވަނީ ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށެވެ. އެކަމަކު، އެ ތަންތަނުގައި ދިރިއުޅެން ފެށި ރައްޔިތުންނަށް އެއްވެސް ސަލާމަތްތެރިކަމެއް ނެތެވެ. އިސްރާއީލުން ބޮން އެޅުމުގައި ސްކޫލެއް، ހޮސްޕިޓަލެއް އަދި މިސްކިތެއް ވެސް ބެލުމެއް ނެތެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ސިފައިން ވަނީ 2009 ވަނަ އަހަރާއި 2014 ވަނަ އަހަރު ވެސް މި ސްކޫލަށް ބޮން އަޅައިފައެވެ. މިދިޔަ މަހު ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން ވަނީ މި ސްކޫލަށް ޖުމްލަ ދެ ފަހަރެއްގެ މަތިން ބޮން އަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގ

    އިޒުރޭލުގެ ނުބައިކަމާ ނުލަފާކަން މިޖެނޮސައިޑް މިދަނީ ދުނިޔޭގެ ތާރީޚު ތެރެއަށް ވަދެގެން. ހުޅަނގު މީޑިޔާތައް ފޮރުވިޔަސް ސޯސަލް މީޑިޔާ އިން ޝެއާކުރައްވާ.

    35
  2. އ

    އިޒުލޭލު އެންމެ ބިރުގަންނަނީ މީޑިޔާ ދެކެ. ހުރިހާ އެންމެން ޓެރަރިސްޓް އިޒުރޭލު ދުނިޔެއަށް ފަލީހަތް ކޮށްލާ!!!

    35
  3. ޕާސް

    އިޒުރޭލު ޕާސްޕޯޓު ބޭން ކުރުމަށް ހުރިހާ ދިވެހިން ނިކުންނަމާ... މަޖިލީހުގަ ތިބި މުނާފިގުންނަށް މިކަމެއް ނުވިއެއްނު

    52
    0
  4. ޅިޔަނުބެ

    އިސްލާމީ ގައުމުތަކާ ޖަމާއަތްތަކަށް މިމަންޒަރު ހަމަ ނުފެންނަނީބާއެވެ! މީއާދައިގެ ކަމަކަށްހަދައިގެން ތިބެނީ ހެއްޔެވެ؟! ކާފިރުންނާ ގުޅުންބާއްވަންޖެހެނީ އެމީހުންވެސް އެގުޅުން ބާއްވަން ބޭނުންވާނަމައެވެ. މުސްލިމުން އެކަތިގަނޑަކަށްވެ އެކީއެކައްޗަކަށް އިޒުރޭލަށް އަރައިގަތުންނޫންގޮތެއް މަށަކަށް ނުފެނެއެވެ. ރަޝިޔާއަށް ދަތިކުރި ޖަރީމާތަކަށްވުރެ އިސްރާއީލުން ހިންގާ ޖަރީމާ ކުޑައީ ހެއްޔެވެ؟

  5. ޖަމިއްޔާ

    އިޒުރޭލާ އެމެރިކާއާ އަދި އިޒުރޭލަށް ތާއީދުކުރާ ކޮންމެ މީހަކު ފެންނަތަނުން މަރާލަންވީ.

  6. ހަސަން

    އަދިވެސް ''މޮޑެރޭޓް'' މުސްލިމުންނަށް ވާންހިނގާ!