ފަލަސްތީނުގެ ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލިހާ އަވަހަށް ޣައްޒާ އަލުން ބިނާ ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ތުރުކީގެ ރައީސް ތޮއްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ރައީސް ވިދާޅުވީ ހަނގުރާމަ ހުއްޓާލިހާ އަވަހަށް ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އެހެނިހެން ހަލާކުވެފައިވާ އިންފްރާސްޓްރަކްޗާތައް އަލުން ބިނާކުރުމަށް ތުރުކީން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ޣައްޒާގެ ހަލާކުވެފައިވާ އިންފްރާސްޓްރަކްޗާ އަލުން ބިނާކުރުމަށާއި ހަލާކުވެފައިވާ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ފެނާއި ހަކަތައާ ބެހޭ ވަސީލަތްތައް އަލުން ބިނާކުރުމަށް މަސައްކަތް ކުރާނަން،" ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ އަތުގައި ނިއުކްލިއާ ހަތިޔާރު ހުރި ކަމަށް ބުނަމުން އަންނަ މައްސަލައިގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ އެއީ ޝައްކެއް ވެސް ނެތް ގޮތުގައި ބަލަން ޖެހޭނެ ކަމެއް ކަމަށެވެ.

"ތުރުކީން މި ގޮވާލަނީ. އިސްރާއީލުގެ ނިއުކްލިއާ ހަތިޔާރު ހުރި ނަމަ، އެކަން ބަލަން މާ ލަސް ނުވަނީސް. އަޅުގަނޑުމެން ފްލޯއަޕް ކުރާނަން،" އުރުދުގާން ވިދާޅުވިއެވެ.

ހަނގުރާމަވެރި ޖަމާއަތް ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލުގެ އާއިލާތަކުން އެމީހުން ދޫކޮށްލުމަށް ތަދައްޚުލްވުމަށް އެދި ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ މައްސަލަ ބެލުމަށް ތުރުކީގެ ޖާސޫސީ އިދާރާ އެކްޓިވޭޓްކޮށްފައިވާ ކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ.

ޖަރުމަނުގެ ޗާންސެލަރު އޮލަފް ޝޮލްޒްއާ އެކު ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރުދުޣާން ވިދާޅުވީ އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމައިގައި ވާހަކަ ނުދެއްކިގެން އުޅެނީ އިސްރާއީލަށް ދަރަނިވެރިވެފައިވާ މީހުން ކަމަށާއި ތުރުކީން މިނިވަންކަމާއެކު ވާހަކަ ދައްކަނީ އެއްވެސް ދަރަންޏެއް ނެތުމުން ކަމަށެވެ.

"އިސްރާއީލަށް ދަރަނިވެރިވާ ކަމަށް ހީވާ މީހުންނަށް މިނިވަންކަމާއެކު ވާހަކަ ނުދެއްކޭނެ. އަޅުގަނޑުމެން ހޮލޮކޯސްޓް ޕްރޮސެސް ތެރެއިން ނުދިޔައީ، އަޅުގަނޑުމެންނަށް އެފަދަ ހާލަތެއް ނެތް، އިންސާނިއްޔަތަށް ކުރާ އިހުތިރާމް ތަފާތު ކަމުން،" ތުރުކީގެ ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ހުރިހާ ފުރާނައަކީ ހަމަހަމަ އަގުހުރި ދިރިއުޅުމެއް ކަމަށާއި ޣައްޒާގެ ރައްޔިތުން ވެސް މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްގު ދޭން ޖެހޭ ކަމަށް ތުރުކީގެ ރައީސް ވިދާޅުވިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރިއަށްދާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު 12،000 އަށް ވުރެ މައްޗަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ކަލެއަށް ކެނޑޭނީ ހުސް ފޮނި. އެއް ކަމެއްވެސް ނުވާނެ. މަސްރަހު ފިނިކޮށްލަން ކޮންމެސް ރީތި ޖުމްލައެއް ބުނެވޭނީ. ހަމަ ކަނޑައެޅިގެން އެއް ކަމެއްވެސް ނުކުރެވޭނެ.

    7
    1
  2. ޙާނީ

    މިހާރު ދެން ބޭކާރު ވާހަކަ ނުދައްކާ .ތުރުކީއަކީ ތާރީހުގަ މުސްލިމުންނައް އިންސާފުހޯދައިދީ ނަސްރު ހޯދަދިން ބައެއް .

  3. އަވަށުމީހުން

    ކީއްކުރަން އަނެއްކާވެސް އިޒްރާއީލްލައްވާ ބޮންއަޅުވާ ޙަލާކްކުރަންތަ ތިހާ ފަލަސްތީން ރައްޔިތުންދެކެ ލޯބިވަންޔާ މިހާރުވެސް އެބިން މިނިވަންކުރަން ލަޝްކަރެއް ފޮނުވާދީބަލަ

  4. ހޒމ

    ހުރިހާ މީހުން މަރުވީމަތަ. ކަލޭމެން ހުރިހާ މުސްލިމުން މަރުވާ އިރު ބަލަހްޓައިގެން ތިބެނީ.

    11
  5. ނަން ބުނާކަށް ނުޖެހޭ

    ޣައްޒާގެ ހުރިހައި ކުޑަކުދިންނާއި އަންހެނުން ޝަހީދުކޮށް ހުސްކުރާއިރު ތީ ކަލެއަށް ކުރަން އެނގުނު ކަމަކީ... ތީ ކަލެއަށް ވާނެ ވަރަކީ... އެހެންވެގެންނޭ އަހަރުމެން މިކިޔަނީ ކަލޭތީ އެއްވެސް ކަމެއްވާ މީހެއް ނޫނެކޭ... މޮޅުވާހަކައޭ ދައްކަނީ...

  6. ގައްބަރޭ

    މިބޭޅާވެސް ކަޑަ.

  7. ހެ

    ބޭކާރު. ފެނޭތަ އެހެރަ ރީތި ބޮޑެތި އިމާރާތްތައް މުޅިދުނިޔޭގެ ލޯމަތީ އިޒްރާއީލް އިން ބޮންއަޅާ ހަލާކު ކުރަމުން ދާތަން. ކަމެން ކުަރަންޏާ ލަޝްކަރެއް ފޮނުވައިގެން އެމިހުންނާ އެ ބިން މިނިވަންް ކޮށްދީބަލަ. އޭގެ ފަހުގަ ޢާރާސްތޭ ކިޔާބަލަ.

  8. ޖުހާ.

    ތިއަކަހަލަ އެއްޗެއް މަނިކުފާނު ވިދާޅުވީމަ ވަރަށް އުފާވޭ. އެކަމަކު މަނިކުފާނަކީ ސޫރިއާ ސުންނާފަތިކޮށްލުމުގެ އެންމެ އިސް އެކަކު. މަނިކުފާނު އެކަންކުރެއްވީ ޔަހޫދީންނާއި ގުޅިގެން. ސޫރިއާއިން ވަގަށް ބޭރުކުރި ތެލުގެ އެތައް މިލިއަން ޑޮލަރެއް ޖަމާވީ މަނިކުފާނުގެ ބިޔަ އެކައުންޓަށް. ސޫރިއާގެ އެތައްލައްކަ ފުރާނައެއް ނެތިދިއުމުގެ ޒިންމާ މަނިކުފާނު އުފުއްލަވަންޖެހޭނެ.

  9. ހަސަނު

    ގައްޒާ އާރާސްތު ކުރާނެ ބަޔެއް ނޫން ބޭނުންވެގެން މިއުޅެނީ، ޔަހޫދީންނާ ގުޅިގެން މުސްލިމުންގެ ވެރިންތިބީމަ މިއުޅެނީ، ކަލޭތީ އޭގެއެންމެބޮޑު މުނާފިގު!

  10. Anonymous

    ތުރުކީގައި އޮތް އިސްލާމީ ޚިލާފަތު 1924 ގައި ޔޫރަޕްގެ އިސްތިޢުމާރީ ބާރުތަކާއި ޔަހޫދީންނާ އެމެރިކާނުން ގުޅިގެން ވައްޓާލީ ހަމަ ކަލޭމެން. ކަލޭމެންގެ އަތްތަކުން ކުރި ކަންތަކުން. އެމީހުންގެ ބަހަށް ހެއްލިގެން. އެމީހުންގެ އެހީ ނުލިބިދާނެތީ. ދެން މިއަދު ޓައީއަޅާފާ އެމީހުންގެ ކިހިލީގައި އުރިގެން ތިބެ ކޮން ވާހަކައެއްތޯ މި ދައްކަނީ. އެއްކަމެއްވެސަ ނުވާނެ.

  11. ގައުުމު

    ލަދުން ހަލާކް
    ލަދު ކުޑަކޮށްވެސް ހުރިނަމަ ތިހެން ބުނަން ނުކެރުނީސް
    ފާޅުގަ އެމެރިކާއިން އިސްރާއީލަށް އެހީވާއިރު އަރބީން މި ތިބެނީ މަރާމާތޭ އިމާރާތޭ
    ކަމެއްކުރަން ނުކެރެން އަނގަމައިތިރި ކޮށްގެން ހުރެބަލަ