ނިރުބަވެރި އިސްރާއީލުގެ އިތުރު ދެ ސިފައިންގެ މީހަކު މަރާލައިފިއެވެ.

ނިރުބަވެރި އިސްރާއީލްގެ ސިފައިންގެ އިދާރާ އައިޑީއެފް އިން މިއަދު ވަނީ ޣައްޒާގައި މުޖާހިދުން ދިން ހަމަލާތަކުގައި މަރާލާފައިވާ ދެ ސިފައިންގެ ނަންތައް އާންމުކޮށްފައެވެ.

މިގޮތުން މަރާލާފައި ވަނީ ޕެރަޓްރޫޕްސް ބްރިގޭޑްގެ 101 ވަނަ ބެޓޭލިއަން | އުމުރުން 21 އަހަރުގެ ސާޖެންޓް ބިންޔާމިން މެއިރް އެއާލީ އާއި އިންޖިނިއަރިން ކޯޕްސްގެ ޔަހަލޮމް ޔުނިޓެ | އުމުރުން 28 އަހަރުގެ ކެޕްޓަން (ރެސް.) ރޯއީ ބައިބަރއެވެ.

މީގެ އިތުރުން ޣައްޒާގެ އުތުރުގައި ހިނގި ހަނގުރާމައިގައި ޕެރަޓްރޫޕާސް ބްރިގޭޑްގެ ރިކޮނިސެންސް ޔުނިޓުގެ ސިފައިންގެ މީހަކު ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

މިދިޔަ މަހުގެ 7 ގެ ފަހުން އިސްރާއީލް ސިފައިންނާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް އައިއިރު ޖުމްލަ އިސްރާއީލް ސިފައިންގެ 380 އަށް ވުރެ ގިނަ ސިފައިން ވަނީ މަރާލައިފައެވެ. އޭގެ ތެރޭގައި ޣައްޒާއަށް ވަނުމުގެ ސަބަބުން މަރުވި 66 ސިފައިންގެ ވެސް ހިމެނޭ ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.