ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން މުސްލިމު ގައުމުތަކުން ނިރުބަވެރި އިސްރާއީލާއި އޮންނަަ ސިޔާސީ ގުޅުން ކަނޑާލަން ޖެހޭ ކަމަށް އީރާނުން ބުނެފިއެވެ.

އިސްރާއީލާއި އޮންނަ ސިޔާސީ ގުޅުން ކަނޑާލުމަށް އީރާނުން ގޮވާލާފައިވާއިރު، އީރާނުން ވަނީ ގައުމުތަކުން ނިރުބަވެރި އިސްރާއީލަށް ދަތިކުރުގެ ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައެވެ.

އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަނާއި އަރަބި ލީގުގެ މެމްބަރުން ގުޅިގެން ސައުދީ އަރަބިއްޔާގެ ވެރިވަރުގައި މިދިޔަ ހަފްތާގައި ބޭއްވި ސަމިޓުގައި އީރާނުގެ ސުޕްރީމް ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީ އެދިވަޑައިގެންނެވި ގޮތަށް އިސްރާއީލާއި ދެކޮޅަށް ފުޅާ ދާއިރާއެއްގައި ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މުސްލިމު ގައުމުތަކުން އެއްބަސްވެފައެއް ނުވެއެވެ.

އެހެން ކަމުން އޭނާ ވަނީ އެންމެ ކުޑަމިނުން ވަކި މުއްދަތަކަށް ވިއަސް އިސްރާއީލާއި އެކީ އޮންނަ ސިޔާސީ ގުޅުން ކަނޑާލުމަށް މުސްލިމު ގައުމުތަކަށް ގޮވާލާފައެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން މީގެ ކުރިން އީރާނުން ވަނީ ހަނގުރާމަ ހުއްޓާލުމަށް ވެސް ގޮވާލާފައެވެ. އަދި އެ ހަނގުރާމަ ހުއްޓާނުލައިފިނަމަ، މެދުއިރުމަތީގައި އިތުރަށް ހަމަނުޖެހުން ހިނގާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން އީރާނުން ކުށްވެރި ކޮށްފައިވަނީ އެމެރިކާއެވެ. އެއީ އެމެރިކާއިން އަބަދު ވެސް އިސްރާއީލަށް ތާއިދުކޮށް، ހަނގުރާމުގައި ބޭނުން ކުރާ ހަތިޔާރުތައް އިސްރާއީލަށް ފޯރުކޮށްދޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތިކަމެއްނުކުރާނެ. ދުނިޔޭގެ އަރަބިއިސްލާމީ ގައުމުތަކުގެ ވެރިން މިއަދާ ހަމައަށް އިސްކުރީހުސްއަނގަތެޅުން. އީރާނު
    ވެސް މޮޅުވާހަކަ ދައްކަނީ "ބުނި" ގާޒާ އެތެރެއަށް އިސްރާއީލުންވަދެއްޖެނަމަ އެއީއިސްރާއީލްގެ ގަބުރުސްތާނަކަށް
    ހަދާލާނެކަމައް. ދިމާއިދިކޮޅައް އެތަންވީ ފަލަސްތީން ރައްޔިތުންގެ ގަބުރުސްތާނަކައް. ޕޫޓިންވެސް ތިއަރަބިންްނައްތުރެ މާރަންގަޅު.

  2. ކަލޯ

    އެވަރަށް ލާރި ކެވުނީމަ، އެވަރަށް އެޤައުމުގެ ލާރިއާ އިންވެސްޓްމަންޓް ތަކަށް ހެއްލެވުނީމަ، ދެން ވާހަކަ ދެއްކޭނީ ލާރީގެ ބަހުރުވައިން! ލާރީގެ ބަހުރުވައިގައި ހެވާ ނުބައެއް ނޯވޭ! އަޚްލާޤީ ސިފަތަކެއް ނޯވޭ! ދަހިވެތިކަމާ ނުބައިނުލަފާކަން ފިޔަވައި އެހެން އެއްޗެއް ނޯވޭ!