ނިރުބަވެރި އިސްރާއީލުން ޣައްޒާގައި މީހުން ދިރިއުޅޭ ގެއަކަށް ހަމަލާދީ 14 މީހަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ނުސެއިރަތް ކޭމްޕުގައި ހުންނަ ޚާލިދް ބިން އަލް-ވަލީދް ސްކޫލުގައި ކައިރީގައި ދިރިއުޅޭ އާއިލާކަށް ނިރުބަވެރިން ހަމަލާދިފައިވަނީ އެމީހުން ދިރިއުޅޭ އިމާރާތް ސުންނާފަތި ކޮށްލައިގެންނެވެ.

ވަރުގަދަ ހަމަލާތަކެއް އިމާރާތައް ދިފައިވާއިރު، އެހެން އިމާރާތްތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެހަމަލާގައި މީހުން ދިރިއުޅެމުން ދިޔަ އިމާރާތެއް ސުންނާފަތި 14 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި އިތުރު އެތަކެއް ބަޔަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ޝަހީދުވި މީހުންގެ ހަށިތައް މިވަގުތު ވަނީ ޣައްޒާގައި ހުންނަ އަލް-އަޤްސާ ހޮސްޕިޓަލަށް ގެންދެވިފައެވެ.

ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 12،000 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި އެކިވަރުގެ ޒަަހަމްތައް ލިބުނު މީހުންގެ އަދަދު ވަނީ 25،000 އަށްވުރެ މައްޗަށް އަރާފައެވެ.