08:26

އިސްރާއީލު ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރިގެ ބައެއް ތަންތަން ބަލައި ފާސްކޮށްފި. އޭގެ ތެރެއިން އެއް އޮޕަރޭޝަނަކީ ޖެނިންގެ ހުޅަނގު ދެކުނުގައި އޮންނަ އަރަބާ އަވަށަށް ސިފައިން ޒުވާނުންނާ ކުރިމަތިލުންތަކެއް ހިންގި ކަމަށް ރިޕޯޓްތައް ބުނޭ

އަދި އިސްރާއީލު ސިފައިން ފަލަސްތީނުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނޭ.

 

23:43

ފާއިތުވި މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް 9000 އަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފި.

ހެލްތް މިނިސްޓްރީން ބުނި ގޮތުގައި ހަނގުރާމައިގެ ތެރޭގައި 5،600 ކުޑަކުދިންނާއި 3،550 އަންހެނުން ވަނީ ޝަހީދު ކޮށްލާފަ.

23:31

ހަމާސްގެ ޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު ވިދާޅުވީ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި ތިބި އެގައުމުގެ އަމިއްލަ ފައުޖުތަކަށް ހަމަލާދީފައިވާ ކަމަށް.

23:27

އުރުދުންގެ އެހީގައި ޣައްޒާގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފަށައިފި

 

23:25

ޣައްޒާއާއި ދެކޮޅަށް ހިންގާ ހަމަލާތައް ހުއްޓިއްޖެނަމަ، އިސްރާއީލުގެ އުޅަނދުތަކަށް އަމާޒު ކުރުން ހުއްޓާލާނެ ކަމަށް ޔަމަނުގެ ހޫތީން ބުނެފި.

23:10

އިންކިއުބޭޓަރުގައި ތިބި 31 ކުދިންގެ ތެރެއިން 28 ކުއްޖަކު އެމިރޭޓި ހޮސްޕިޓަލަށް ބަދަލު ކޮށްފި.

22:46

ޣައްޒާގެ ދެކުނުން އޮންނަ ޚާން ޔޫނިސްއަށް ދިން ހަމަލާގައި އެތަކެއް ބަޔަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ.

22:46

އަލް-ޤައްސާމް ބްރިގޭޑްސް: ފާއިތުވި 72 ގަޑިއިރު ތެރޭ އިސްރާއީލުގެ 60 އަސްކަރީ ވެހިކަލެއް ސުންނާފަތި ކޮށްލައިފިން.

22:45

ނިރުބަވެރިންގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 13،300 އަށް އަރާފައިވާ ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާއިން ބުނެފި.

21:05

ޣައްޒާގެ މެދުގެ ސަރަހައްދެއްގައި ހުންނަ އަލް-މުޤާރަޤާގެ ގެއަކަށް ހަމަލާދީ ހަތަރު މީހަކު ޝަހީދު ކޮށްލައިފި

21:05

އެފްރިކަން ޔޫނިއަން ރައީސް: ޣައްޒާއަށް ބޮން އަޅަން ނިރުބަވެރިންނަށް އެއްވެސް ބަހަނާއެއް ނުދެއްކޭނެ.

20:25

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްފައިވާ މީހުންގެ ހަށިތައް އަދިވެސް މަގުތައްމަތީ ތިބި ކަމަށް ރިޕޯޓްތަކުން ބުނެފި

 

19:31

ގެދޮރު ގެއްލިފައިވާ މީހުންގެ ތެރެއިން ހާލުގައި ޖެހިފައިވާ މީހުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ބުރީޖް ކޭމްޕަށް ނިރުބަވެރިން ހަމަލާދީފި.

19:16

ޣައްޒާގެ ހެލްތް މިނިސްޓްރީގެ ސްޕޯކްސްމަން: ޝިފާ ހޮސްޕިޓަލުގައި ތާށިވެފައި ތިބި މީހުންނަށް ވަނީ ވަރަށް ބޮޑަށް ފެނާިއ ކަރަންޓް އަދި ކާބޯތަކެއްޗަށް ބޭނުންވެފަ.

 

18:03

ނިރުބަވެރިން ޝަހީދުކޮށްލި މީހުންގެ ވަޅުލުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަނީ

ނިރުބަވެރިން ޝަހީދުކޮށްލި މީހުން
ނިރުބަވެރިން ޝަހީދުކޮށްލި މީހުން
ނިރުބަވެރިން ޝަހީދުކޮށްލި މީހުން

17:31

ޣައްޒާގައި ގާއިމްކުރާ އުރުދުންގެ ފީލްޑް ހޮސްޕިޓަލަށް ބޭނުންވާ ސާމާނު އުފުލާ އުރުދުންގެ ޓްރަކްތައް މިހާރު ދަނީ ޣައްޒާ އަށް ވަންނަމުން.

16:05

ބެއިތު ހަނޫންގައި ނިރުބަވެރި ޒަޔަނިސްޓުންނާ މުޖާހިދުން ދަނީ ވަރުގަދަ ހަމަލާތައް ބަދަލު ކުރަމުން ކަމަށް ރިޕޯޓްކޮށްފި.

15:50

ދުވަސް ނުފުރާ ވިހެއި 28 ތުއްތު ކުދިން މިސްރަށް ގެންދިއުމަށްޓަކައި ފަލަސްތީނުގެ ރެޑް ކްރެސެންޓް އެމްބިއުލާންސްތައް މީގެ ކުޑަ އިރުކޮޅެއް ކުރިން އެމިރާޓީ ހޮސްޕިޓަލް އިން ނައްޓާލައިފި.

ٱلْحَمْدُ لِلَّٰهِ

15:30

މުޖާހިދުންގެ ވަރުގަދަ ރައްދު ހަމަލާ ތަކުގައި ނިރުބަވެރިންގެ މީހަކު އަނެއްކާވެސް މަރުވެއްޖެ ކަމަށް އައިޑީއެފް އިން އިއުލާނުކޮށްފި.

މަރާލާފައި ވަނީ ސްޓާފް ސާޖަންޓް އެއިޓަން ޑިޝޮން، 21 އަހަރު.

މީނާ އަކީ ގިވާޓީ ބްރިގޭޑްގެ ރިކޮނައިސަންސް ޔުނިޓް މީހެއް.

15:29

އިސްރާއީލުން ރަފާހްއަށް ދެމުން ގެންދާ ހަމަލާތައް އަދިވެސް ކުރިއަށް - ފޮޓޯ: އޭޕީ
އިސްރާއީލުން ރަފާހްއަށް ދެމުން ގެންދާ ހަމަލާތައް އަދިވެސް ކުރިއަށް - ފޮޓޯ: އޭޕީ
އިސްރާއީލުން ރަފާހްއަށް ދެމުން ގެންދާ ހަމަލާތައް އަދިވެސް ކުރިއަށް - ފޮޓޯ: އޭޕީ
އިސްރާއީލުން ރަފާހްއަށް ދެމުން ގެންދާ ހަމަލާތައް އަދިވެސް ކުރިއަށް - ފޮޓޯ: އޭޕީ

15:27

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާގެ ގެތަކަށް އިސްރާއީލުން ދިން ދެ ވައިގެ ހަމަލާގައި 14 މީހުން ޝަހީދުވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެފި.

15:12

ނިރުބަވެރިންގެ މީޑިއާތަކާ ހަވާލާދީ:

ހިޒްބުالل އިން މިއަދު ބިރްނިޓްގައި ހުންނަ ނިރުބަވެރި އައިއޯއެފްގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާގަ އެ މަރުކަޒު ބޮޑު ބައެއް ވަނީ ބިމާ ހަމަވެފައި. (ވީޑިއޯ)

14:59

ހިޒްބުالله އިން މިއަދު ހެނދުނު ބިރްނިޓްގައި ހުންނަ ނިރުބަވެރި އައިއޯއެފްގެ އަސްކަރީ މަރުކަޒަށް ފޮނުވާލި ބުރުކާން މިސައިލްތައް އެރި ވަގުތުގެ ވީޑިއޯ.

14:53

ޣައްޒާގެ މެދުތެރޭގައި އޮންނަ ބުރެއިޖް ރެފިއުޖީ ކޭމްޕްގެ ބްލޮކް 12 ގައި ހުންނަ ސްކޫލަކަށް ނިރުބަވެރި އިސްރާއީލު އާޓިލަރީއިން ހަމަލާދީފި.

14:49

އަލްޤުދުސް ބްރިގޭޑްސް:

ބައިތުލާހިޔާގެ ހުޅަނގުން އޮންނަ އަލްތަޤައްދުމް ސަރަހައްދުގައި މެޝިންބަޑިއާއި އާރްޕީޖީ ބޭނުންކޮށްގެން ނިރުބަވެރިންނާ ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި އަޅުގަނޑުމެންގެ މުޖާހިދުން ވަނީ ނިރުބަވެރިންގެ 6 ސިފައިން މަރާލައިފައި.

14:32

ރަޝިޔާއިން ޔޫކްރެއިންއަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކުރުމަށް ގޮވާލުމުން މުޅި ދުނިޔޭގައި އޮތް މުޑުދާރުކަން ފާހަގަކުރައްވައި ފަލަސްތީނަށް ދެމުން ގެންދާ ޖަރީމާތަކާ މެދު ބައެއް ލީޑަރުން "ހިމޭނުން" ތިއްބެވި ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ

14:30

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި 5500 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށް ބުނެފި.

އެހީދޭ ޖަމާއަތެއް ކަމަށްވާ ސޭވް ދަ ޗިލްޑްރަން އިން ބުނި ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން ހަނގުރާމައިގެ ސަރަހައްދުތަކުގައި ޝަހީދުވި ކުޑަކުދިންގެ އަދަދު ވަނީ އަހަރީ އަދަދަށް ވުރެ އިތުރުވެފައި

14:09

އިސްރާއީލުން ރަފާއަށް ދިން ހަމަލާތަކަށް ފަހު - ފޮޓޯ: އޭޕީ
އިސްރާއީލުން ރަފާއަށް ދިން ހަމަލާތަކަށް ފަހު - ފޮޓޯ: އޭޕީ
އިސްރާއީލުން ރަފާއަށް ދިން ހަމަލާތަކަށް ފަހު - ފޮޓޯ: އޭޕީ
އިސްރާއީލުން ރަފާއަށް ދިން ހަމަލާތަކަށް ފަހު - ފޮޓޯ: އޭޕީ

14:07

ޣައްޒާއިން 100 އަށްވުރެ ގިނަ މީހުން ތުރުކީއަށް އައުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި އެތަނުގައި ބޭސްފަރުވާ އަށް ދާ އެތައް ބަޔަކު ވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

ތުރުކީގެ ސިއްހަތާ ބެހޭ ވަޒީރު ފަހްރެޓިން ކޮކާ ވިދާޅުވީ ގާތްގަނޑަކަށް 49 ގާތް ތިމާގެ މީހުންނާއެކު 61 މީހަކު އާދީއްތަ ދުވަހުގެ ހަވީރު ޣައްޒާއިން މިސްރަށް އައިސްފައިވާ ކަމަށާއި، ހޯމަ ދުވަހުގެ ހެނދުނު އަންކާރާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް

 

14:06

ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ގެދޮރު ހަލާކުވެ، ޓެންޓުތަކުގައި ދިރިއުޅެން ދަތިވެއްޖެ

14:04

އިސްރާއީލުން ރަފާގެ ގެއަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވެެއްޖެ

13:43

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެނުންގެންދާ އަނިޔާތަކާއި ގުޅިގެން އިޒްރޭލުގެ ރައްޔިތުން ރާއްޖެ އތެރެވިޔަ ނުދިނުމަށް ކުރިއަށް ގެންދިޔަ މުޒާހަރާގައި ހާރިޖީ ވަޒީރު މޫސާ ޒަމީރު ބައިވެރިވެ ވަޑައިގަންނަވާ އަޑު އުފުއްލަވައިފި

12:44

ޣައްޒާގައި ހުންނަ އިންޑޮނޭޝިއާގެ ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާތަކުގައި ޝަޙީދުވި މީހުންގެ އަދަދު 12 އަށް އަރާފައިވާ ކަމަށް އެންކްލޭވްގައި ތިބި ހެލްތު މިނިސްޓްރީގެ އޮފިޝަލުން ބުނެފި.

12:44

އިސްރާއީލުން މަސައްކަތް ކުރަނީ އެގައުމުގެ ތާރީޚީ ބިމުގައި ފަލަސްތީނުގެ ރައްޔިތުން ތިބުން ނިމުމަކަށް ގެނައުމަށް ކަމަށް ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދު އަލް މާލިކީ ވިދާޅުވެއްޖެ.

އޭނާ މިހެން ވިދާޅުވީ އަރަބި އަދި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގެ ޑިޕްލޮމެޓުންގެ ސަމިޓެއްގައި ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ސަމިޓުގައި.

12:42

މި ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ރަޝިއާއިން މިހާރަށްވުރެ ހަރުދަނާ ދައުރެއް އަދާ ކުރުމަށް އީރާނުގެ އެންމެ އިސް ޑިޕްލޮމެޓް ހުސެއިން އަމީރަބްޑޮލަހިއަން ގޮވާލައްވައިފި.

12:41

އިސްރާއީލުން ފަލަސްތީނަށް ބާރު އަޅަނީ ޣައްޒާ ދޫކޮށް ދިއުމަށް ކަމަށް މިސްރުން ބުނެފި.

12:40

ނިރުބަވެރި އިސްރާއީލުގެ އިތުރު ދެ ސިފައިންގެ މީހަކު މަރާލުމާއެކު، ހަނގުރާމަ ފެށިފަހުން މަރުވި އިސްރާއީލުގެ ސިފައިންގެ އަދަދު 387 އަށް އަރައިފި

12:31

އިންޑޮނީޝިއާގެ ހޮސްޕިޓަލުގެ ތެރޭގައި ހުރި މައި އޮޕަރޭޝަން ރޫމް ހަލާކުވެ، ސާޖަރީތަކަށް މިހާރު ނުލިބޭ ކަމަށް އެ ހޮސްޕިޓަލުގެ އެތެރޭގެ މަސްދަރަކުން ބުނެފި

އަދި ފަތިހުން ފެށިގެން އިސްރާއީލުން އެންމެ ފަހުން ދިން ހަމަލާތަކުގެ ސަބަބުން ޑޮކްޓަރުންނާއި ބަލި މީހުން ހިމެނޭ ގޮތަށް އެތައް ބަޔަކު ޝަހީދުވެފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނޭ.

 

12:30

އަލްޤުދުސް ބްރިގޭޑްސް:

ޣައްޒާގެ އުތުރުގައި ކުރިއަށް ޖެހެން މަސައްކަތްކުރި ނިރުބަވެރިންނާ ބަދަލުކުރި ހަމަލާތަކުގައި އަޅުގަނޑުމެން ޓެންޑަމް ޝެލްތަކާއި އައިއީޑީތަކުން 7 އަސްކަރީ އުޅަނދު ސުންނާފަތިކޮށްލިން.

12:29

މެދުއިރުމަތީގެ ސުލްހަ ގާއިމުކުރުމަށް އެހީތެރިވުމަށް ބެއިޖިންއިން ތައްޔާރަށް އޮތް ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ އަށް ޒިޔާރަތްކުރައްވާ މުސްލިމް އޮފިޝަލުންގެ ވަފުދަށް ވިދާޅުވެއްޖެ

12:28

އިސްރާއީލު ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ހުޅަނގު އުތުރުގައި އޮންނަ ދީރް އަލް ގުސުން އާއި އަވަށްޓެރި އަވަށެއް ކަމަށްވާ އަޓިލް އަށް ވަދެ ފަލަސްތީނުގެ 30 މަސައްކަތްތެރިން ހައްޔަރުކޮށްފި

12:27

އިންޑޮނޭޝިއާ ހޮސްޕިޓަލު އާއި ވަރަށް ކައިރިއަށް ނިރުބަވެރި ދުޝްމަނުންގެ ޓޭންކުތައް އަތުވެއްޖެ.

12:16

މިދައުރުގައި މަޖިލީހަށް ހުށަހެޅި އެންމެ ގިނަ ސޮޔާއެކު އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ޕެޓިޝަން މިއަދު ހުށަހަޅައިފި

12:15

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ނިރުބަވެރިން ކުރަމުން އެދަނީ ހަނގުރާމައެއް ނޫން ކަމަށާއި އެމީހުންގެ ބޭނުމަކީ ފަލަސްތީނުގެ ނަންވެސް ފޮހެލުން ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ

11:54

ހިޒްބުالله:

ބުރުކާން މަރުކާގެ ދެ މިސައިލަކުން ޒަޔަނިސްޓު އިސްރާއީލުގެ ޕްރަނިޓް އަސްކަރީ މަރުކަޒުގައި އިން 91 ވަނަ ޑިވިޝަންގެ ކޮމާންޑް ސެންޓަރަށް ހަމަލާދީފިން.

11:48

އަލްޖަޒީރާގެ މެޑިކަލް ދާއިރާ މަސްދަރުތައް:

އިސްރާއީލު ނިރުބަވެރިން ނޫސެއިރާތާއި ބުރޭޖް ކޭމްޕްގެ ގެތަކަށް ބޮން އެޅުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 30 އަށް އަރައިފި.

11:46

ފަލަސްތީނު ސަރުކާރު މީޑިއާ އޮފީސް:

ޣައްޒާއާއި ޣައްޒާގެ އުތުރުގެ ހޮސްޕިޓަލްތަކުގެ ހިދުމަތް ހުއްޓާލަން ނިރުބަވެރިން ދަނީ މަސައްކަތް ކުރަމުން.

11:44

ނިރުބަވެރި އިސްރާއީލު ސްނައިޕަރުން އިންޑޮނޭޝިއާ ހޮސްޕިޓަލާ ކައިރި އަލް އަވްޑާ ހޮސްޕިޓަލްގެ ތެރޭ ތިބި މީހުންނަށް ހަމަލާތަކެއް އަމާޒުކުރާކަމަށް ރިޕޯޓްކޮށްފި.

11:15

މުސްލިމުންގެ އަޅުވެތިކަމާ ދެކޮޅަށް ޖިހާދުކުރާ ހަމާސްގެ ފިކުރު ނައްތާލަން ބައެއް ޤައުމުތަކުން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެ ފިކުރު ނައްތާނުލެވޭނެ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް، އަދި މިހާރު މަންޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ

10:23

މުޖާހިދުން މިވަގުތު ނިރުބަވެރިންގެ ލަޝްކަރުތަކާ ކުރިމަތި ލަމުންދާ ބައެއް ސަރަހައްދު:

  • އަލް ނަޞްރު ވަށައިގެންވާ ސަރަހައްދުތައް.
  • ޝައިޚް ރަދުވާން.
  • ބައިތު ހަނޫން.
  • ތަލް އަލް ހަވާ.

10:04

މިއަދު ފަތިހު ބުރެއިޖް އަދި ނޫސެއިރާތު ކޭމްޕަށް އަމާޒުކޮށްގެން ޒަޔަނިސްޓު އިސްރާއީލުން ދިން ހަމަލާތަކަށް ފަހު 30 އަށް ވުރެ ގިނަ ޝަހީދުންގެ ހަށިގަނޑު ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް އަގްސާ ޝަހީދުންގެ ހޮސްޕިޓަލަށް ވައްދައިފި.

10:02

އިންޑޮނޭޝިއާގެ ހޮސްޕިޓަލުގެ ނަރުހަކު:

ނިރުބަވެރިން ގެ ފައުޖުތަކުން ވަނީ އެމްބިއުލާންސްތައް ހޮސްޕިޓަލް ކައިރި އައުން ހުއްޓުވާފަ.

09:59

ރަފަޙް އިރުމަތީގައި އޮންނަ އަލްނަޖާރު ހޮސްޕިޓަލް ކައިރީގައި ހުރި ދެ ގެއަކަށް ނިރުބަވެރިން ބޮން އެޅުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 17 އަށް އަރައިފި.

09:55

ފަލަސްތީނުގެ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، ޝިފާ ހޮސްޕިޓަލްގައި ތިބި ތުއްތު ކުދިން ޣައްޒާގެ ދެކުނުގެ ހޮސްޕިޓަލަކަށް އިއްޔެ ގެންގޮސްފި.

09:53

އިސްރާއީލު ނިރުބަވެރިން ޙަލީލް ސަހަރު ކައިރިން ފަލަސްތީނުގެ ޒުވާނެއް ގަޔަށް ބަޑިޖަހާ ޝަހީދުކޮށްލައިފި.

ޝަހީދުކޮށްލާފައި ވަނީ 21 އަހަރުގެ މުޙައްމަދު ޢާދިލް މުޙައްމަދު އަލް ސަރާހީން.

 

09:32

އިސްރާއީލުގެ ސިފައިން ޣައްޒާގެ އިންޑޮނޭޝިއަން ހޮސްޕިޓަލު ވަށާލައިފި ކަމަށް އެ ސަރަހައްދުގައި ތިބި މީހުންނާއި ހަވާލާދީ މީޑިއާ ތަކުން ރިޕޯޓު ކޮށްފި

09:26

އިންޑޮނޭޝިއަން ހޮސްޕިޓަލަށް ނިރުބަވެރިން ހަމަލާދިނުން:

  • 8 މީހަކު ޝަހީދުވި.
  • 2 ޑޮކްޓަރުން ޒަހަމްވި.
  • އަލްޖަޒީރާއަށް މައުލޫމާތު ދެމުން މެޑިކަލް ޓީމުން ބުނީ އެ ހޮސްޕިޓަލަށް ނިރުބަވެރިން ހަމަލާ އަމާޒުކޮށްފައި ވަނީ ކުރިން އިންޒާރެއް ނުދީ.
  • ފަލަސްތީނުގެ ނޫސް އެޖެންސީ، ވަފާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އާޓިލަރީގެ ބަޑިން ހަމަލާ ދިނުމުގެ ސަބަބުން އެ ހޮސްޕިޓަލުގެ ދެވަނަ ފަންގިފިލާއަށް ގެއްލުން ލިބުނު.

 

09:18

އިންޑޮނޭޝިއަން ހޮސްޕިޓަލް ކައިރީގައި ހުންނަ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ކުވައިތު ސްކޫލަށް ދިން ބޮމުގެ ހަމަލާއެއްގައި ގިނަ އަދަދެއްގެ މީހުން ޝަހީދުވެ ބަޔަކު ޒަހަމްވެއްޖެ.

09:16

އަލް ޝިފާ ހޮސްޕިޓަލުން ނެރެވުނު ދުވަސްނުފުރާ ވިހާފައި ތިބި 31 ކުދިންވެސް ވަރަށް ބަލި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބުލިއުއެޗްއޯ އިން ބުނެފި.

09:15

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ އިތުރު މެޑިކަލް ސާމާނާއި ދެވަނަ ހޮސްޕިޓަލް ބޯޓެއް ޣައްޒާއަށް ފޮނުވާނެކަން އިއުލާން ކުރައްވާފަ.

މެކްރޮންގެ އޮފީހުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފްރާންސުން މި ހަފްތާގައި 10 ޓަނަށް ވުރެ ގިނަ މެޑިކަލް ސާމާނު ހިމެނޭ މަތިންދާބޯޓެއް މި ހަފްތާގެ ތެރޭ ފޮނުވާނެ ކަމަށް.

09:13

ފަލަސްތީނު މުޖާހިދުން މަރާލާފައިވާ ކުޑަކުދިން ގަތުލު ކުރާ އައިޑީއެފް ގެ 2 ސިފައިންގެ މީހެއްގެ ނަން އާންމުކޮށްފި:

  • ސްޓާފް ސާޖަންޓް ދުވީރު ބަރަޒާނީ، 20 އަހަރު.
  • ސާޖަންޓް ޔިނޯން ތަމީރު، 20 އަހަރު.

މި ދެމީހުންނާކީވެސް 890 ޕެރަޓްރޫޕަރ ބެޓޭލިއަން ގެ މީހުން އަދި މިމީހުން މަރާލާފައިވަނީ ޣައްޒާގެ އުތުރުން މުޖާހިދުންނާ ހިނގި ކުރިމަތިލުންތަކެއްގަ.

 

09:11

އޮސްޓްރޭލިއާގެ އިތުރު 31 މީހަކު ޣައްޒާ މިސްރަށް ގެންގޮސްފި

އޮސްޓްރޭލިއާގެ ގައުމީ ބްރޯޑްކާސްޓަރު ން ރިޕޯޓްކުރާ ގޮތުގައި އޮސްޓްރޭލިއާގެ އިތުރު 31 މީހަކު ޣައްޒާއިން ރަފާހް ހުރަސްކޮށް މިސްރަށް އެތެރެވެފައިވާ ކަމަށް.

09:10

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތޫބާސް ކައިރީގައި އިސްރާއީލް ސިފައިން ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ޒުވާނަކަށް އަނިޔާވެއްޖެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ބުނި ގޮތުގައި އެ ޒުވާނާގެ ގަޔަށް އިސްރާއީލް ސިފައިން ބަޑި ޖަހާފައި ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ އުތުރުގެ ތުބާސް ކައިރީގައި ވާދީ އަލް ފަރާ ސަރަހައްދުން ކަމަށް.

08:46

ޣައްޒާގެ ދެކުނުން ރަފަޙްގެ އިރުމަތީގައި އޮންނަ އަލްނަޖާރު ހޮސްޕިޓަލް ކައިރީގައި ހުރި ދެ ގެއަކަށް ބޮން އެޅުމުގެ ސަބަބުން 11 މީހަކު ޝަހީދުވެ ގިނަ އަދަދެއްގެ މީހުން ޒަހަމްވެއްޖެ.

08:22

ޣައްޒާގެ އިންޑޮނޭޝިއާ ހޮސްޕިޓަލް އިސްރާއީލް ސިފައިން މިހާރުވެސް ވަށާލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

08:22

އަލްޝިފާ ހޮސްޕިޓަލުގައި ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ 250 އެއްހާ މީހުން ތިބިއިރު، މެޑިކަލް ފެސިލިޓީ ހުސްކުރަން އިސްރާއީލުން އަންގާފައިވީ ނަމަވެސް ހޮސްޕިޓަލުން ނުނިކުމެވޭ ވަރަށް ގިނަ މީހުން ތިބި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

08:14

ޣައްޒާގެ އުތުރުގައި ހުންނަ އިންޑޮނޭޝިއާގެ ހޮސްޕިޓަލަށް ސީދާ ބަޑީގެ ހަމަލާތަކެއް ދީފި.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ މަސްދަރަކުން އަލްޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި މި ހަމަލާގެ ސަބަބުން ޑޮކްޓަރަކަށް ވަނީ އަނިޔާވެފައި.

08:10

ޣައްޒާގެ އިންޑޮނޭޝިއާ ހޮސްޕިޓަލް ކައިރީގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގަމުންދާއިރު، ފަހަތުން ބާރު ގަދަ ގޮވުމެއްގެ އަޑު އިވެމުންދާ ވީޑިއޯއެއް އަލްޖަޒީރާ އަރަބިކް އިން އެކްސްގައި އާންމުކޮށްފި.

އެ ޕޯސްޓުގައި ވާގޮތުން އިސްރާއީލު ސިފައިން ޣައްޒާގެ އުތުރުގެ ސަރަހައްދަށާއި އިންޑޮނޭޝިއާ ހޮސްޕިޓަލްގެ ކައިރީގައި ބޮން އެޅުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ ހޮސްޕިޓަލް މިހާރު ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުމެއް ނުކުރޭ. ނަމަވެސް އަދިވެސް ގެދޮރު ދޫކޮށް ފަލަސްތީނު މީހުން އެތަނުގައި ދިރިއުޅެމުންދޭ.

08:08

ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސީރަތު ކޭމްޕަށް އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 22 އަށް އަރާފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި.

08:07

ނޮވެމްބަރު 18 ގައި ޚާން ޔުނިސްއަށް އިސްރާއީލުން ދިން ހަމަލާގައި 70 މީހުން ޝަހިދުވި ކަމަށް ބުނެފި

ޑޮކްޓާސް ވިތައުޓް ބޯޑާސް (މެޑެސިންސް ސެންސް ފްރޮންޓިއާސް، ނުވަތަ އެމްއެސްއެފް) އިން ބުނި ގޮތުގައި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ޚާން ޔުނިސްއަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއަށް ފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 122 މީހުން ނާސިރު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށް.

**************

 

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ނުރައްކާތެރި ހަމަލާތައް ދެމުން ދަނީ އިންޑޮނޭޝިއާގެ ހޮސްޕިޓަލްގެ ވަށައިގެންވާ ސަރަހައްދުގެ އިތުރުން އެންކްލޭވްގެ ގިނަ ސަރަހައްދުތަކަކަށް އަމާޒުކޮށްގެންނެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ބޮން އަޅަން ފެށިފަހުން މިހާތަނަށް ފަލަސްތީނުގެ 13،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އިސްރާއީލާއި ހަމާސްގެ ހަމަލާތަކުގައި މަރުވި މީހުންގެ ރަސްމީ އަދަދު އުޅެނީ ގާތްގަނޑަކަށް 1،200 ގައެވެ.

ޣައްޒާގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޝަހީދުވަމުން ދެއެވެ. އަދި އެތައް ތަނެއް ބިމާ ހަމަކޮށްލާއިރު، ރައްކާތެރި ކަމަށް ބެލެވޭ އެއްވެސް ތަނެއް ޣައްޒާގާއި ނެތެވެ.

މި ލައިވް ބްލޮގުގައި އަޅުގަނޑުމެން ގެނެސްދޭނީ ނިރުބަވެރި އިސްރާއީލާއި ޣައްޒާއާއި ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.