ނިރުބަވެރި އިސްރާއީލުގެ އިތުރު ދެ ސިފައިންގެ މީހަކު މަރާލުމާއެކު، ހަނގުރާމަ ފެށިފަހުން މަރުވި އިސްރާއީލުގެ ސިފައިންގެ އަދަދު 387 އަށް އަރައިފިއެވެ.

ނިރުބަވެރި އިސްރާައީލާއި، ފަލަސްތީނުގެ ހަމާސްއާ ދެމެދު މިފަހުން ހަނގުރާމަ ފެށީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާގެ އުތުރުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އެގައުމުގެ އިތުރު ދެ ސިފައިން މަރުވެފައިވާ ކަމަށެވެ.

އެއީ އުމުރުން 20 އަހަރުގެ ޔިނޮން ތަމީރާއި ދިވީރު ބަރަޒާނީއެވެ.

މި މީހުން މަރުވެފައި ވަނީ ޣައްޒާގެ އެތެރޭގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

މިދިޔަ މަހުގެ 7 ގެ ފަހުން އިސްރާއީލް ސިފައިންނާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް އައިއިރު ޖުމްލަ އިސްރާއީލް ސިފައިންގެ 380 އަށް އަރާފައިވާ ކަަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ. އޭގެ ތެރޭގައި ޣައްޒާއަށް ވަނުމުގެ ސަބަބުން މަރުވި 66 ސިފައިންގެ ވެސް ހިމެނޭ ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    މަރާލި އިސްރައީލުގެ ސަފައިނެއް ނޫން! އެއީ އިސްރާއީލުގެ ހަނގުރާމަވެރިން! ހަމާސްގެ ޓެރެރިސްޓުން ކަމަށް ވަންޏާ އިސްރާއީލްގެ ވެސް ތިބޭނީ ޓެރެރިސްޓުން!