23:19

ޣައްޒާގައި ހުންނަ މިސްރު އެމްބަސީ ކައިރީގައި ނިރުބަވެރިންނާ މުޖާހިދުން މިރޭ ވަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފަ.

20:37

ނިރުބަވެރިން ޣައްޒާއާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން ދިން ހަމަލާއެއްގައި ހަތަރު ޑޮކްޓަރަކު ޝަހީދު ކޮށްލައިފި.

 

20:32

ހަމާސްގެ ސިޔާސީ ބިއުރޯ އިސްވެރިޔާ އިސްމާއިލް ހާނިއްޔާގެ ދޮށީ ކާފަދަރިފުޅު، ޖަމާލް މުހައްމަދު ހަނިއްޔާ ޝަހީދުވެއްޖެ.

20:29

އުރުދުންގެ ބޮޑުވަޒީރު:

ޣައްޒާގެ ދެކުނުގަ ހެދި އުރުދުންގެ ފީލްޑް ހޮސްޕިޓަލް ހުސްކުރަން އިސްރާއީލުން ނޯޓިސް ލިބުނު، މި ޑިމާންޑްތަކަށް އަޅުގަނޑުމެން އިޖާބައެއް ނުދެން.

 

19:07

ޔަމަނުގެ ހޫތީން އިސްރާއީލުގެ އާގު ބޯޓު ހައިޖެކް ކުރާ މަންޒަރު.

 

18:54

މިސްރު ފޮރިން މިނިސްޓްރީ:

ޣައްޒާގެ ދެކުނުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް އަމާޒުކޮށް ބޮން އެޅުމަކީ "ސާފު މަގުސަދެއް" އޮވެގެން ކުރާ ކަމެއް.

އެ މަގުސަދަކީ ރައްޔިތުން ފައްސާލަން މަޖުބޫރު ކުރުން.

18:49

ޣައްޒާގެ އަލްއައުދާ ހޮސްޕިޓަލުގެ ޑިރެކްޓަރު:

އިސްރާއީލުން ދިން ވައިގެ ހަމަލާގައި އަލްއައުދާ ހޮސްޕިޓަލުގައި ތިން ޑޮކްޓަރަކު ޝަހީދުވެ، ބައެއް މެޑިކަލް ސްޓާފުންނަށް އަނިޔާވި.

18:48

ޣައްޒާގެ އުތުރުން އޮންނަ ޖަބަލިއާގައި ހުރި 4 ބުރީގެ މީހުން ދިރިއުޅޭ އިމާރާތަކަށް ނިރުބަވެރި އިސްރާއީލުން ވައިގެ ހަމަލާއެއްދީ ގިނަ ބަޔަކު ޝަހީދުވެއްޖެ.

17:54

މިއަދު ބަލަތާ ކޭމްޕްއަށް ނިރުބަވެރިން ޖެހި ރެއިޑްގެ ބައެއް މަންޒަރުތައް:(ފޮޓޯ)

17:51

އަޤަބަތު ޖަބްރު ކޭމްޕް ކައިރީގައި މުޖާހިދުންނާ ނިރުބަވެރިންގެ ފައުޖުތަކުން ދަނީ ވަރުގަދަ ބަޑީގެ ހަމަލާތަކެއް ބަދަލު ކުރަމުން.

17:47

ފަހުގެ މައުލޫމާތު: ނިރުބަވެރިން ޣައްޒާގެ އުތުރުގައި ހުންނަ އަލް އަވްދާ ހޮސްޕިޓަލަށް ދިން ހަމަލާގައި ހަތަރު މީހަކު ޝަހީދުވެއްޖެ.

17:13

ނިރުބަވެރިން އިސްރާއީލުން ޣައްޒާގެ އަލް އަވްދާ ހޮސްޕިޓަލަށް ހަމަލާދީފި

 

17:05

ނިރުބަވެރިންގެ ހަމަލާތަކުގައި ނޫސްވެރިން ޝަހީދުވެފައިވަނީ އޮޅުމަކުން ދިން ހަމަލާއެއްގައި ނޫން ކަމަށާއި އެއީ ގަސްތުގައި ވަކި ބަޔަކަށް އަމާޒުކޮށްގެން ދިން ހަމަލާތަކެއް ކަމަށް ރިޕޯޓްތަކުން ބުނެފި.

16:41

މިދިޔަ މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާތަކުގައި މަރުވި އިސްރާއީލް ސިފައިންގެ އަގުވަޒަން ކުރުމަށް ކަމަށް ބުނެ އިސްރާއީލުން ޣައްޒާގެ މީހުން ދިރިއުޅޭ އިމާރާތެއް ގޮއްވާލައިފި.

 

16:33

ނިރުބަވެރިން ޝަހީދު ކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ ހަށިތައް އަލް-އަޤްސާ ހޮސްޕިޓަލް ބޭރުގައި.

ނިރުބަވެރިން ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިތުން
ނިރުބަވެރިން ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިތުން
ނިރުބަވެރިން ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިތުން

16:18

ހިޒްބުالله:

މީޑިއާގެ ޕްރޮފެޝަނަލުންނަށް ނިރުބަވެރިން ސީދާ އަމާޒުކޮށް ހަމަލާދިނުމުން އެނގިގެންދަނީ މީޑިއާގެ މުހިންމު ދައުރުގެ ސަބަބުން ނިރުބަވެރިން ކަންބޮޑުވާކަން.

15:59

ޑްރޯންތަކާއި، ޚާއްޞަ ބާރުތަކާއި، ބުލްޑޯޒަރާއި، އަސްކަރީ އުޅަނދުތަކާއި، އެތައް ސަތޭކަ އިންފެންޓްރީ ސިފައިންނާއި، ޖާސޫސުކުރުމުގެ އާލާތްތަކާއި އެކު ނިރުބަވެރިން ހިނގި އޮޕަރޭޝަންގަ ކުރިއެރުމެއް ނުލިބި ބަލަތާ ކޭމްޕުން ފައިބަން މިސްރާބު ޖަހައިފި.

15:39

ބަލާތާ ކޭމްޕް އިން ޒުވާނަކު ހައްޔަރުކޮށްފި ކަމަށް ރިޕޯޓްކޮށްފި.

15:29

ނިރުބަވެރިން މިއަދު ވަނީ ބައިތު ލަހިޔާ އަވަށު 9 ގެއަކަށް ބޮން އަޅާ ސުންނާފަތިކޮށްލާފަ.

15:27

 

15:15

އަލްމަޔާދީން ޓީވީގެ ރިޕޯޓަރެއް ކަމަށްވާ ފަރާ އުމަރު އަދި އޭނާގެ އެކުވެރި ފޮޓޯގްރާފަރު ރަބީހް އަލް މާމަރީ، ލުބުނާން ދެކުނު ސަރަހައްދަކަށް ނިރުބަވެރިން ދިން ހަމަލާތަކެއްގަ ޝަހީދުވެއްޖެ.

 

ފަރާ އުމަރު އަދި ރަބީހް އަލް މާމަރީ

15:00

ޣައްޒާގެ ދެކުނުން ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ ބަނީ ސުހައިލާ އަވަށަށް އިސްރާއީލު ނިރުބަވެރިން ވައިގެ ހަމަލާތަކެއް ދޭކަމަށް ރިޕޯޓްކޮށްފި.

14:57

ބަލަތާ ކޭމްޕް ތެރޭގައި ބަޑީގެ ހަމަލާ ބަދަލު ކުރާ އަޑު އިވޭ ކަމަށް ރިޕޯޓްކޮށްފި.

14:52

ފިނޑި އިސްރާއީލުގެ ނިރުބަވެރިން ވަނީ މިވަގުތު ބަލަތާ ކޭމްޕަށް ވަދެވެން ހުރި ހުރިހާ މަގުތަކެއް އެމީހުންގެ އަސްކަރީ އުޅަނދުތައް ބޭނުންކޮށްގެން ބަންދުކޮށްފަ.

14:49

ނިރުބަވެރި އިސްރާއީލުގެ ސްޕެޝަލް ފޯސަސް ޔުނިޓެއް ބަލާތާ ކޭމްޕްއަށް ވަދެ ގެއެއް ވަށާލައިފި.

ސްޕެޝަލް ފޯސަސް މި ޔުނިޓް ބަލާތާ ކޭމްޕް އަށް ވަދެގަތީ އެއްގަމު އަސްކަރީގެ ފައުޖުތަކެއްގެ ނިވަލުގަ

މި ފައުޖާއެކީ ބުލްޑޯޒަރު ތަކެއް ބަލަތާ އަށް ވަަންތަންް ވަނީ ސޯޝަލް މީޑިއާގަ ދައުރުވި އެއްބައި ވީޑީއޯއިން ފެނިފަ.

14:42

އަލްޤުދުސް ބްރިގޭޑްސް:

ބައިތުު ހަނޫން، ބައިތު ލަހިޔާ، ޖަބަލިއާ އަދި އަލްތަވާމް އަވަަށްތަކަށް ވަދެ އުޅުނު 9 ޓޭންކް، 3 މީހުން އުފުލާ އުޅަނދެއް، އަދި އަސްކަރީ އުޅަނދަކަށް ޓެންޑަމް އަދި އާރްޕީޖީ ޝެލްތަކުން ހަމަލާދީ ސުންނާފަތިކޮށްލި.

14:36

ޣައްޒާގައި ހުންނަ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު:

  • އިންޑޮނޭޝިއަން ހޮސްޕިޓަލުން ޚާން ޔޫނިސްގެ ނައްސާރު ހޮސްޕިޓަލަށް 120 އެއްހާ ބަލި މީހުން ބަދަލުކޮށްފި.
  • އިސްރާއީލުގެ ނިރުބަވެރިން ދަނީ އަލް ޝިފާ ހޮސްޕިޓަލަށް ބޮން އަޅައި އެތަނުގެ ބައެއް ތަންތަން ހަލާކު ކުރަމުން.
  • ޣައްޒާގެ ހޮސްޕިޓަލްތަކުގެ އޮކިއުޕެންސީ ރޭޓަކީ %190
  • ޣައްޒާގެ އުތުރުގެ ހޮސްޕިޓަލްތަކުގެ ޚިދުމަތް މުޅިން ހުއްޓިއްޖެ.
  • އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގައި ހުރި ހަމައެކަނި ޑައިލިސިސް ހޮސްޕިޓަލް ހިސޯރުކުރިތާ މިއަދަކީ ދެވަނަ ދުވަސް.
  • އެތައް ސަތޭކަ ޒަޚަމްވެފައިވާ މީހުން ނެރެ، މެޑިކަލް މީހުންނާއި މެޑިކަލް ސާމާނު އެތެރެކުރުމަށް ރައްކާތެރި މަގެއް ހަމަޖެއްސުމަށް އަޅުގަނޑުމެން ޑިމާންޑް ކުރަން.
  • އިންޑޮނޭޝިއާގެ ހޮސްޕިޓަލުގަ ނިރުބަވެރިން ދަނީ ޝިފާ ހޮސްޕިޓަލުގަ ހެދިހެން ޕްރޮޕަގަންޑާ ޑްރާމާއެއް ކުޅެން ތައްޔާރުވަމުން.

13:43

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ކުރިން އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 5،200 މީހުން ތިބިިއިރު،
އޭގެ ފަހުން އިސްރާއީލު ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރި ހުރަސްކޮށް އިރުމަތީ ގުދުސް ހިފާފައިވާ ސަރަހައްދުތަކުގައި 2،960 މީހުން ހައްޔަރުކޮށްފައި.

13:41

ޣައްޒާގައި ޖަބަލިއާ ސިފައިން ވަށާލުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް މަރުހަލާއަށް ތައްޔާރުވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި

އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި ދުވަހުގެ ތެރޭގައި ހަމާސްގެ 250 އަމާޒަކަށް ހަމަލާދީ، އޭގެ ތެރޭގައި ޖަބަލިއާ ސަރަހައްދުގައި ހުރި ތިން ޓަނަލް ޝާފްޓް ހިމެނޭ ކަމަށާއި ފަލަސްތީނުގެ އެތައް ހަނގުރާމަވެރިންނެއް ޝަހީދުކޮށްލާފައިވާ ކަމަށް.

13:10

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާގެ އުތުރުގައި ވާ ޖަބާލިއާ ރެފިއުޖީ ކޭމްޕްގެ އާބާދީ ބޮޑު އަވަށެއް ހަލާކުކޮށްލައި، ކުށެއް ނެތް އެތައް އާންމުން ޝަހީދުކޮށްލަައިފި

13:08

އިސްރާއީލުން ރޭ ދީރް އަލް ބަލާހުގައި ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި ތުއްތު ކުއްޖެއްގެ ހަށިގަނޑު ފަލަސްތީނުގެ ކުއްޖަކު ހިފަހައްޓައިގެން

12:51

ނިރުބަވެރި އިސްރާއީލުން މިއަދު ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލް މަގުގައި ހުރި އަށް ގެއަކަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފީ

11:52

ހުޅަނގު އައްސޭރީގެ ޖެނިން، ނާބްލުސް، ޙަލީލް ސަހަރު، ބައިތު ލަހަމް އަދި ގުދުސް އިން މަދުވެގެން 35 ފަލަސްތީނު އާންމުން ކަމަކާ ނުލައި ވަނީ ހައްޔަރުކޮށްފަ.

ފިނޑި އިސްރާއީލުން ދަނީ ގިނަ އަވަށްތަކަށް ބޮޑެތި ފައުޖުތަކާ އެކު ވަދެ ގިނަ ބަޔަކު ހައްޔަރުކުރަމުން.

11:51

ލުބުނާނުގެ ދެކުނުގައި އޮންނަ ކިއާމް އަވަށުގެ ގެއަކަށް އިސްރާއީލުން ބޮން އަޅައި ހަލާކުކޮށްލައިފި

11:47

ހުޅަނގު އައްސޭރީގައި އޮންނަ އަރީޙާ (ޖެރިކޯ) އަށް ނިރުބަވެރިންގެ ފައުޖުތައް ވަދެގަނެއްޖެ.

11:03

އަލްއަގްސާ ޝަހީދުންގެ ހޮސްޕިޓަލް ކައިރީގައި ބޮޑު ގޮވުމެއް ގޮވި އަޑު އިވުނު ކަމަށް ރިޕޯޓްކޮށްފި.

11:02

މިއަދު ފަތިހު ނިރުބަވެރިން ޖެހި ރެއިޑުގައި އިމާރާތްތަކުގައި ފާރައަށް ބަހައްޓާފައި ތިބި ސްނައިޕަރުން އަނބުރާ ގެންދިއުމަށް ނިރުބަވެރިންގެ ފައުޖުތައް އަނެއްކާވެސް ނާބްލުސްގެ އިރުމަތީގައި އޮންނަ ބަލާތާ ކޭމްޕް އަށް ވަދެއްޖެ.

11:00

ޣައްޒާގެ މެދުތެރޭގައި އޮންނަ ނޫސެއިރާތު ރެފިއުޖީ ކޭމްޕްގެ މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް ނިރުބަވެރި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނު އާންމުންގެ 20 މީހަކު ޝަހީދުވެއްޖެ.

10:56

ހިޒްބުﷲ އިން “މެޓޫލާ”ގައި ނިރުބަވެރިން ވެރިވެގެން ފިލާ ތިބި ގެއަކަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ދީފި.

10:54

ބައިތު ލަހިޔާގައި މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް ނިރުބަވެރިން ދިން ވައިގެ ހަމަލާއެއްގައި 10 މީހުން ޝަހީދުވެ ގިނަ ބަޔަކު ޒަހަމްވެއްޖެ.

10:52

ޣައްޒާގައި ހުންނަ އިންޑޮނޭޝިއާގެ ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާ ގަތަރުން ކުށްވެރިކޮށްފި

ގަތަރު ސްޓޭޓުން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާގައި 12 މީހުން ޝަހީދުވެ، ހޮސްޕިޓަލުގައި އެތައް ބަޔަކު ޒަހަމްކޮށްލި ހާދިސާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

 

10:51

މުވާސަލާތީ ޓަވަރުތަކަށް އަމާޒުކޮށް ނިރުބަވެރި އިސްރާއީލުން ވައިގެ ހަމަލާތަކެއް ދިނުމުން ޣައްޒާ އާއި ޣައްޒާގެ އުތުރު ސަރަހައްދުތަކުގައި މުވާސަލާތީ ހިދުމަތް ކެނޑިއްޖެ.

އެޑިޓަރުގެ ނޯޓް:

  • ޣައްޒާގައި ހުންނަ ފަލަސްތީން ޓެލެކޮމިއުނިކޭޝަންސް ކޮމްޕެނީ (ޕަލްޓެލް) ގެ 750 މުވައްޒަފުން ދަނީ ނިރުބަވެރިން ދޭ ހަމަލާތަކަށް ނުބަލައި ފުރާނަ އަތްމައްޗަށް ލައިގެން މުވާސަލާތީ ގުޅުން ކެނޑޭ ހާލަތުގައިވެސް ހަނގުރާމައިގެ މައިދާނަށް ނިކުމެ މުވާސަލާތީ ޓަވަރުތައް މަރާމާތުކުރަމުން.
  • ނިރުބަވެރި އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގައި ތިބި ޕަލްޓެލްގެ ފަސް މުވައްޒަފަކު ޝަހީދުވެފައިވ.ޭ

10:51

ގާތްގަނޑަކަށް 2.3 މިލިއަން މީހުން ދިރިއުޅޭ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް އދގެ ފުޑް އެޖެންސީން ގޮވާލައިފި.

"މިހާރު ހުރި ކާބޯތަކެތީގެ ނިޒާމުތައް ފުނޑުފުނޑުވަމުން އަންނަ އިރު، ހާލުގައި ޖެހިފައިވާ ފަރާތްތަކާ ހަމައަށް ވާސިލްވުމަށް ޑަބްލިއުއެފްޕީ އާއި އަޅުގަނޑުމެންގެ ޕާޓްނަރުންނަށް ބޭނުންވާ ވަސީލަތްތަކާއި ތެލާއި ގޭހާއި ކަނެކްޓިވިޓީ ފަދަ ވަސީލަތްތައް އިތުރުކުރަން ޖެހޭ،" ވޯލްޑް ފުޑް ޕްރޮގްރާމުން ބުނި.

10:47

އިސްރާއީލުން މިހާރު ޣައްޒާގައި ކުރަމުން ގެންދާ ހަނގުރާމައިގައި ސުލްހައިގެ އެއްބަސްވުމަކާއި ކައިރިއަށް އާދެވިއްޖެ ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާ ހަމާސް ޖަމާއަތުން ބުނެފި

10:46

ޣައްޒާގެ އުތުރުގައި އޮންނަ ކަމާލް އަދުވާން ހޮސްޕިޓަލް ކައިރި ނިރުބަވެރިން ދަނީ އާޓިލަރީ ބޭނުންކޮށްގެން ހަމަލާ ދެމުން.

09:40

ޣައްޒާގެ ބައެއް ސަރަހައްދުތަކާއި ޣައްޒާގެ އުތުރު ސަރަހައްދުގައި މުޖާހިދުން މިވަގުތުު ދަނީ ނިރުބަވެރިންނާ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުން.

09:30

ނިރުބަވެރި އިސްރާއީލުން ބައިތު ލަހިޔާ ދެކުނުގައި އޮންނަ ދިޝޭ ކޭމްޕަށް ވަދެ ޒުވާނަކު ހައްޔަރުކޮށްގެން ގެންގޮއްސި.

09:27

ޣައްޒާގައި މުޖާހިދުންނާ ދެމެދު ބަދަލު ކުރި ހަމަލާތަކުގައި މަރާލި ދެ ސިފައިންގެ ނަންތައް ކުޑަކުދިން ގަތުލުކުރާ އައިޑީއެފް އިން އާއްމުކޮށްފި.

  • ގިވާޓީ ބްރިގޭޑްގެ ރިކޮނައިސަންސް ބެޓޭލިއަންގެ އޮފިސަރެއް ކަމަށްވާ ކެޕްޓަން އާނަން މޮޝޭ އަވްރަހަމް ބެންވެނިސްޓީ ވަސްޕީ، 26 އަހަރު
  • ގިވަޓީ ބްރިގޭޑްގެ ރޮޓެމް ބެޓޭލިއަންގެ އޮފިސަރެއް ކަމަށްވާ ސްޓާފް ސާޖަންޓް ނޮފް ހަގަލިލްގެ އިލްޔާ ސެންކިން، 20 އަހަރު

މީގެ އިތުރުން ނިރުބަވެރިން އިއުލާނުކުރި ގޮތުގައި ހަނގުރާމައިގައި ސިފައިންގެ ފަސް މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް.

 

09:07

އިސްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ޝާހީދުކޮށް، ޣައްޒާ ސުންނާފަތި ކުރަމުން ދިއުމާ ގުޅިގެން ޔަމަންގެ ހޫތީ ހަނގުރާމަވެރިން، ރަހީނު ކުރި އިސްރާއީލްގެ އާގުބޯޓުގެ ވީޑިއޯ އާންމުކޮށްފި.

08:48

ފަލަސްތީނުގެ ޣައްޒާގައި އިންޑޮނޭޝިއާގެ ހޮސްޕިޓަލުގައި ވޮލަންޓިއާކޮށް ކިޔަވަމުން އަންނަ އިންޑޮނޭޝިއާގެ ތިން ދަރިވަރެއްގެ ހަބަރެއް ވެފައި ނުވާ ކަމަށް އިންޑޮނޭޝިއާގެ ފޮރިން މިނިސްޓްރީން ބުނެފި.

08:30

ނާބްލުސްގެ އިރުމަތީގައި އޮންނަ ބަލަތާ ކޭމްޕަށް ނިރުބަވެރިން އަރައިގަތް ވަގުތު މުޖާހިދުން ކުރިއަށް ޖެހި ނިރުބަވެރިންނާ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި.

08:27

ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ ގާތްގަނޑަކަށް 240 އެއްހާ މީހުންގެ އާއިލާތަކާ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބައްދަލުކޮށް، ގައިދީން ރައްކާތެރިކަމާއެކު އެނބުރި އައުމަކީ މާތް އަދި އެންމެ މުހިންމު މިޝަންގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށް ޓައިމްސް އޮފް އިސްރާއީލުން ބުނެފި.

08:23

ފަލަސްތީނުގެ ޣައްޒާގައި ހުންނަ ނުސޭރަތު ރެފިއުޖީ ކޭމްޕަށް ނިރުބަވެރި އިސްރާއީލުން ދިން ހަމަލާއެއްގައި މިހާތަނަށް 17 މީހުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާ ނޫހުން ބުނެފި.

08:16

ފަލަސްތީނުގެ އެންކްލޭވްގެ އުތުރުގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލަށް ދިން ބޮމުގެ ހަމަލާއެއްގައި 12 މީހުން ޝަހީދުވުމާ ގުޅިގެންނާއި އިސްރާއީލު ސިފައިން އެންމެ ފަހުން ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާއާ ގުޅިގެން ހިތާމަކުރާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފި

08:15

ޖަބަލިއާގައި މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލް ސިފައިން ހަމަލާދިނުމުން ތިން މީހަކު ޝަހީދުވެއްޖެ. ޝަހީދުވި މީހުންގެ ހަށިގަނޑުތައް ނަގާފައި ވަނީ ބިމާހަމަވެފައިވާ އިމާރާތްތަކުގެ ދަށުން.

08:13

ފަލަސްތީނުގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއަކަށް އިންޒާރު ދިން ކަމުގެ ތުހުމަތުގައި އެމެރިކާގެ އުޓާ ސްޓޭޓުގައި މީހެއްގެ މައްޗަށް ދައުވާކޮށްފި.

08:12

ފަލަސްތީނުގެ ހަނގުރާމަވެރިންނަށް މަރުގެ އަދަބު ދިނުމާ ބެހޭ ގާނޫނެއް ފާސް ނުކުރުމަށް އިސްރާއީލުގެ ލީޑަރުންގެ ކިބައިން ގައިދީންގެ އާއިލާތަކުން "އެދިއްޖެ"

08:12

ޣައްޒާގެ ދެކުނުގެ ރަފާހްގައި މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުން ދިން ޙަމަލާއެއްގައި ގިނަބަޔަކު ޒަޚަމްވެއްޖެ

ޒަހަމްވި މީހުން ވަނީ ޣައްޒާގެ ދެކުނުގައި ހުންނަ މުހައްމަދު ޔޫސުފް އަލް ނައްޖާރު ހޮސްޕިޓަލަށް ގެންގޮސްފައި.

ވަފާ ނޫހުން ބުނެފައިވާގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓަކުން ބޮން އަޅާފައި ވަނީ ރަފާހް ގަވަރުނަރޭޓްގެ އިރުމަތީގައި އޮންނަ ޝާއިރު އާއިލާގެ މީހުން ދިރިއުޅޭ އިމާރާތަކަށް ކަމަށް.

ނަމަވެސް އަނިޔާ ލިބުނު މީހުންގެ ޒަހަމްތަކުގެ ސީރިއަސްކަން އަދި ސާފެއް ނުވާ ކުވޭ

 

08:08

އިންޑޮނޭޝިއާ ހޮސްޕިޓަލްގެ ޑިރެކްޓަރާއި މެޑިކަލް ޓީމުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފަރާތުން ލިބެން ހުރި މައުލޫމާތަށް ބަލާއިރު، އެ ހޮސްޕިޓަލުގެ ހާލަތު އޮތީ ވަރަށް ނުރައްކާތެރިކޮށް ކަން އެނގިއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

07:51

ރޭގެ ބައެއް ޙަބަރު ތަކުގެ ހުލާސާ:

  • އިސްރާއީލު ނިރުބަވެރިން ދިން ހަމަލާއެއްގައި ޣައްޒާގެ ދެ ނޫސްވެރިން ކަމުގައިވާ އަލާއާ ހަސަނަތު އަދި އާޔަތު އަލް ޚައްދޫރު ޝަހީދުވެއްޖެ.
  • ނޫސެއިރާތު ރެފިއުޖީ ކޭމްޕަށް އިސްރާއީލު ނިރުބަވެރިން ދިން ވައިގެ ހަމަލާތަކެއްގައި 17 މީހަކު ޝަހީދުވެއްޖެ.
  • ހުޅަނގު އައްސޭރީގެ އަރާބާ އަވަށުގައި އިސްރާއީލު ނިރުބަވެރިން ޒުވާނަކު ރަހީނުކޮށް އެހެން ޒުވާނެއް ގަޔަށް ބަޑިޖަހައިފި.
  • ޓޫލްކަރެމްގެ ހުޅަނގު އުތުރުގައި އޮންނަ ޤިފިންއަށް ނިރުބަވެރިންގެ ފައުޖެއް އަރާ "ބަލާ ފާސްކުރުމުގެ" އޮޕަރޭޝަން އެއް ހިންގުން.
  • ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް އަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުން.

************

 

 

ނިރުބަވެރި އިސްރާއީލުން ރޭވެސް ފަލަސްތީނުގެ ޣައްްޒާގެ އެތަންމިތަނަށް ދިޔައީ ބޮން އަޅަމުންނެވެ. މިގޮތުން ރޭ ވަގުތުތަކުގައި ވައިގެ ހަމަލާތައް ދިން ތަންތަނުގެ ތެރޭގައި އަލްބުރައިޖް ކޭމްޕާއި ރަފާހު އަދި ޣައްޒާ ސިޓީގެ އިތުރުން އެހެނިހެން ސަރަހައްދުތަކައް ފާހަގަކޮށްލެވެއެވެ. މި ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ، އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އެތަންމިތަނަށް ބޮން އަޅާ ސުންނާފަތި ކުރަމުންދާއިރު، މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 13،000 އަށްވުރެ މައްޗަށް އަރައިފައެވެ.

ޣައްޒާގެ ވަކި ތަނަކަށް ނުބަލާ ހަމަލާދެމުން އަންނައިރު، އޭގެ ތެރޭގައި ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް ޝިފާ ހިމެނެއެވެ.

ޑޮކްޓާސް ވިތައުޓް ބޯޑާސް (މެޑެސިންސް ސެންސް ފްރޮންޓިއާސް، ނުވަތަ އެމްއެސްއެފް) އިން ބުނީ އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ބޭރަށް ނުދެވޭ ކަމަށާއި އިސްރާއީލުގެ ހަމަލާއެއްގައި އެ ހޮސްޕިޓަލުގައި 12 މީހުން ޝަހިދުވެފައިވާއިރު، އެތައް ސަތޭކަ ބަޔަކު ވެސް އިންޑޮނޭޝިއާ ހޮސްޕިޓަލުގައި ތާށިވެފައިވާ ކަމަށެވެ.

މި ލައިވް ބްލޮގުގައި އަޅުގަނޑުމެން ގެނެސްދޭނީ ނިރުބަވެރި އިސްރާއީލާއި ޣައްޒާއާއި ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.