ގާނޫނާއި ހިލާފު ކަމަށް ބުނެ ހަލާލު ކަމުގައި ކަނޑައަޅާފައިވާ ބައެއް މުދާ އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ އުއްތަރް ޕްރަދޭޝްގައި މަނާ ކޮށްފިއެވެ.

އުއްތަރް ޕްރަދޭޝްގެ ސަރުކާރުގެ އިއުލާނެއްގައި ބުނެފައިވަނީ އުފައްދާ ފަރާތުން ހަލާލު ކަމުގައި ލޭބަލް ކޮށްފައިވާ ބޭކަރީގައި އުފައްދާ ބާވަތްތަކާއި، ހަކުރާއި، ކެއުމަށް ބޭނުންކުރާ ތެލާއި އަދި އެނޫންވެސް ތަކެތި ގަނެވިއްކުން މަނާ ކޮށްފައިވާ ކަމަށެވެ.

ކާބޯތަކެތި ހަލާލު ކަމުގައި ކަނޑައަޅައި ލޭބަލް ކުރުމުގެ ސިސްޓަމުގެ ސަބަބުން ކާބޯތަކެތީގެ ކޮލިޓީ އާއި ގުޅިގެން ޝައްކުތައް އުފެދޭ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އަދި އޭގެ އިތުރުން އިންޑިއާގައި ވިއްކާ ގިނަ ކާބޯތަކެތީގެ މިންގަނޑު ކަނޑައަޅާ ފަރާތަކީ ފުޑް ސޭފްޓީ އެންށް ސްޓެންޑާޑްސް އޮތޯރިޓީ އޮފް އިންޑިއާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އުއްތަރް ޕްރަދޭޝްގައި ވެރިކަން ކުރަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔަ ޖަނަތަ ޕާޓީއަށް ނިސްބަތްވާ ހިންދޫ ހާމުދުރެއް ކަމަށްވާ ޔޯގީ އަދިތްޔާނަތް އެވެ. އުއްތަރް ޕްރަދޭޝްއަކީ އިންޑިއާގެ އެންމެ ބޮޑު އަދި އެންމެ އާބާދީ ބޮޑު ސްޓޭޓެވެ.

އަދިތްޔާނަތް އާއި އޭނާގެ ސަރުކާރުން އުއްތަރް ޕްރަދޭޝްގެ މުސްލިމު އާބާދީ އާއި ދެކޮޅު އެޖެންޑާއެއް ގެންގުޅޭ ކަމަށް ފާޑުކިޔާ ފަރާތްތަކުން ގިނަ ތުހުމަތުތައް ކުރެއެވެ. ނަމަވެސް އެ ތުހުމަތުތައް އެމީހުން ވަނީ ދޮގު ކޮށްފައެވެ.

”ކާއެއްޗެހީގެ ތެރެއަށް ދީން ވައްދާކަށް ނުޖެހޭ. ހަކުރާއި އަދިވެސް ވަރަށް ގިނަ ތަކެތި ހަލާލު ކަމުގައި ލޭބަލް ކުރެވެމުން އެބަދޭ، އެއީ ގާނޫނާއި ހިލާފު ކަމެއް.” ބީޖޭޕީ ގެ ތަރުޖަމާނު ރާކޭޝް ޓްރިޕާތީ ބުނެފައި ވެއެވެ.

ބޮޑުވަޒީރު މޯދީގެ ބީޖޭޕީ އަކީ އަބަދުވެސް މުސްލިމުންނާއި ދެކޮޅު އަމަލުތައް ހިންގާ ޕާޓީއެއް ކަމަށް އިންޑިއާގެ މުސްލިމުންނާއި، ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    ގެރިމަސް ހަލާލް!

  2. ަސދަސދ

    ތިއީ ސައުފުތާހިރުކަމެއް އޮންނަ ގައުމެއްނޫން.
    ޑަސްބިން ހޮވަިގެން ކައިބޮއި އުޅޭ މީހުންވެސް މަދެއްނޫން.
    ދެން ތިކަހަލަ ޖޯކް ކަންތައް ނުކޮށް ރީޢްޗަށް ހުރެބަލަ.

  3. ހުސޭނުބޭ

    ނަޖިސް ތަކެތި ކާ މީހުންނަށް ހަލާލު ތަކެތީގައި ރަހައެއްވެސް ނުލާނެ!

    10
  4. ކާފަރުންނާ ދެކޮޅަށް ނުކުންނަ މުސްލިމުން ނިކަމެތި ނުވާނެ!

    ދިވެހިރާއްޖެ އިންޑިއާއާ ގުޅުން ބާއްވަނީ ﷲ ހަރާމްކުރެއްވި ތަކެތި މުސްލިމުންގެ ގޮހޮރަށް އަޅަން މަސައްކަތްކުރާ އިރުގަވެސްތަ؟
    ރާއްޖޭގެ ވިޔަފާރިވެރިން ހަލާލު ސެޓްފިކެޓް ނެތް އެއްޗެހި ކާފަރު ގައުމުތަކުން ގެނެސްގެން ރާއްޖޭގެ ބާޒާރުގަ މުސްލިމުން ކެއުމަށް ހަރާން ތަކެތި ނުވަތަ ޝައްކުވާ އެޒާތުގެ ތަކެތި ވިއްކާކަމަށް ވަނީނަމަ އެތަންތަނުގާ ހުޅުޖަހައި އަންދާލަން ޖެހޭނެ. ﷲ ގެ ދީނަށްވުރެ ކާއެއްޗިއްސެއް މާތްވެގެން ނުވާނެ!
    ކާބޯތަކެތީގެ ތެރެއިން ޙަރާމް ތަކެތި ކަނޑައަޅަނީ މާތްﷲ.
    ޙަރާމް، ޙަލާލް މިންގަނޑު ކަނޑައަޅާ ފަރާތަކީ ފުޑް ސޭފްޓީ އެންށް ސްޓެންޑާޑްސް އޮތޯރިޓީ އޮފް އިންޑިއާއެއް ނޫން! މިފަދަ ހަރުކަށި ކަންތައް ކުރާކަމުގާވަނީނަމަ އެފަދަ ތަކެތި ވިއްކާ ތަންތަނުގައި ހުޅުޖަހަން ގޮވާލަން!

  5. ހެނލެބެލިއަހުމަދު

    އަޅުގަޑު ގޮވާލަން....އިންޑިޔާގެ ތަކެތި ބޮއިކޮޓް ކުރަން....