ނިރުބަވެރި އިސްރާއީލާއި ލުބްނާންއާ ދެމެދު ހިނގަމުންދާ ކުރިމަތިލުމުގައި ބޯޑަރު ކައިރީގައި ދިން ރޮކެޓް ހަމަލާއެއްގައި ދެ ނޫސްވެރިޔަކާއި އިތުރު މީހަކު މަރުވެފައިވާ ކަމަށް ލުބުނާނުގެ ދައުލަތުގެ ނިއުސް އެޖެންސީން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިސްރާއީލްގެ ބޯޑަރާ ގާތްގަނޑަކަށް އެއް މޭލު ދުރުގައި އޮންނަ ތިރް ހަރްފާ އަވަށުގެ ކައިރީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނާ ގުޅިފައިވާ އަލް މަޔާދީން ޓީވީން ބުނީ ދެކުނުގެ ހާދިސާތައް ކަވަރުކުރާ އެ ގައުމުގެ ދެ ނޫސްވެރިންނަށް އިސްރާއީލުން ހަމަލާ އަމާޒުކުރިއިރު، ނޫސްވެރިޔާ ފަރާ އުމަރާއި ކެމެރާމަން ރާބިހް އަލް މާމާރީ މަރުވެފައިވާ ކަމަށެވެ.

މީގެ ކުރިންވެސް އިސްރާއީލުން ވަނީ ލުބްނާންގައި ނޫސްވެރިއަކު މަރާލައިފައެވެ.

ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމަ ފެށުނު ފަހުން މަރުވި އެކި ގައުމުތަކަށް ނިސްބަތްވާ ނޫސްވެރިންގެ އަދަދަކީ 42 އެވެ. އިތުރު ދެ މީހުން ޝަހީދުވުމާއެކު އެކު، ހަމަނުޖެހުންތަކުގައި މަރުވި ނޫސްވެރިންގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ 39 މީހަކާއި އިސްރާއީލުގެ ހަތަރު މީހަކާއި ލުބުނާނުގެ މީހެކެވެ.