ނިރުބަވެރިން އިސްރާއީލުން ޣައްޒާގެ އަލް އަވްދާ ހޮސްޕިޓަލަށް ހަމަލާދީފިއެވެ.

އަލް އަވްދާ ހޮސްޕިޓަލަކީ ޣައްޒާގެ އުތުރުގައި ހުންނަ ހޮސްޕިޓަލެކެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި މި ހަމަލާގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. އަދި މިހަމަލާގައި މިހާތަނަށް ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބޯހިޔާވަހިކަން ހޯދަމުންދިޔަ މީހުންނާްި ސިއްހީ ހިދުމަތްތެރިންނެވެ.

ނިރުބަވެރިން ޣައްޒާގެ އުތުރުގައި ހުންނަ މި ހޮސްޕިޓަލަށް ހަމަލާދީފައިވާއިރު، ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުންނަ ހޮސްޕިޓަލްތަކަށް ފާއިތުވި މަހެއްހާ ދުވަހު ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލްތަކުގެ މަސައްކަތްތައް އެއްކޮށް ހުއްޓި، ގިނަ ހޮސްޕިޓަލްތައް ވަނީ ބަންދު ކޮށްފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރަމުން އަންނަ މި ހަނގުރާމައިގެ ތެރެއިން ނިރުބަވެރިން ވަނީ ޣައްޒާގެ 190 އަށްވުރެ ގިނަ ސިއްހީ މަސައްކަތްތެރިން ޝަހީދު ކޮށްލާފައެވެ. އަދި މިހަމަލާގައި 20 އަށްވުރެ ގިނަ ހޮސްޕިޓަލްތަކުގެ ހިދުމަތް ވަނީ ހުއްޓިފައެވެ.

ނިރުބަވެރިން ދިން ހަމަލާތަކުގައި މިހާތަނަށް 30 އަށްވުރެ ގިނަ އެމްބިއުލާސްތައް ވެސް ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތިވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އިތުރު ތަފްސީލް އަންނަނީ...