23:25

އިސްރާއީލުން އަދިވެސް ޣައްޒާގައި ހުންނަ އިންޑޮނޭޝިއާގެ ހޮސްޕިޓަލަށް ހަމަލާދެމުން އަންނަ ކަމަށް ޣައްޒާގެ ދައުލަތުގެ މީޑިއާއިން ބުނެފި.

22:58

ނިރުބަވެރި އިސްރާއީލުން ރަހީނު ކޮށްފައި ތިބި ފަލަސްތީނުގެ މީހުން ދޫކޮށްލުމާއި ދެކޮޅަށް ބަޔަކު އެގައުމުގެ ހައިކޯޓަށް ހުށަހެޅި ޕެޓިޝަން ބަލައިނުގަނެ ބޭރުކޮށްލައިފި.

 

21:50

ފަލަސްތީނުގެ ޣައްޒާ އަށް ވަދެ، ހަނގުރާމަ ކުރަމުން އަންނަ ނިރުބަވެރި އިސްރާއީލް އަސްކަރިއްޔާގެ ސިފައިންގެ މީހަކު މަރާލައިފި

 

21:42

އދ.ގެ ސަލާމަތީ މަޖިލީހުގައި އެގްޒެކެޓިވް ޑިރެކްޓަރ ކެތަރިން ރަސެލް ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ މި ހަމަލާ ހުއްޓުވޭނީ ވަގުތުން އިންސާނީ ހަނގުރާމަ ހުއްޓާލުމަކުން ކަމަށް. އަދި ވަގުތީ ގޮތުން މެދުކެނޑުމަކީ އެއީ އެންމެ އެދެވޭ ގޮތް ނޫން ކަމަށާއި ވަގުތީ ގޮތުން މެދު ކަނޑާލައިގެން މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ވަނީ ބުނެފަ.

20:51

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އެއް އާއިލާއެއްގެ 50 މީހަކު ޝަހީދު ކޮށްލައިފި.

 

20:27

ނިރުބަވެރިން ޣައްޒާގެ ދެކުނުން އޮންނަ ޚާން ޔޫނިސްއަށް ދިން ހަމަލާއެއްގައި ހަ މީހަކު ޝަހީދުވެ، ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

18:34

ނިރުބަވެރި އިސްރާއީލުން ރަފާހްއަށް ދިން ހަމަލާގައި ސަލާމަތްވި މީހުްންނަށް ފަރުވާ ދިނުމަށް ގެންދަނީ..

ހަމަލާތަކުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ގެންދަނީ-- ފޮޓޯ: އޭޕީ
ހަމަލާތަކުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ގެންދަނީ-- ފޮޓޯ: އޭޕީ
ހަމަލާތަކުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ގެންދަނީ-- ފޮޓޯ: އޭޕީ
ހަމަލާތަކުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ގެންދަނީ-- ފޮޓޯ: އޭޕީ

18:33

ހަމާސްގެ އޮފިޝަލެއް ކަމަށްވާ އަބޫ މަރުޒޫޤް އަލްޖަޒީރާ ނޫހެއް ދެއްވި އިންޓަވިއުގެ ތެރެއިން:

ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް އެދެން، އަދި އެއްބަސްވެވޭ ގޮތަކަށް ގައިދީން ބަދަލު ކުރުމުގެ ކަންކަން ކުރުމަށް ތައްޔާރު.

އިސްރާއީލުން އަޅާ ކޮންމެ ފިޔަވަޅަކާއި ކުރިމަތިލާން ތައްޔާރު.

މުޅި ދުނިޔެއިން ހަނގުރާމަ ހުއްޓާލަން ބޭނުންވި ނަމަވެސް އެމެރިކާއިން ބޭނުމެއް ނުވޭ.

ނިރުބަވެރިންގެ ޖަލުތަކުގައި ތިބި ފަަލަސްތީނުގެ ގައިދީން ދޫކުރުމަށްފަހު، އެމީހުންނަށް ނިރުބަވެރިން ހަމަލާ ނުދޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް.

17:25

އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސައުދީގެ ވަލީއަހުދު އެދިލައްވައިފިއެވެ. ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ އަންގާރަ ދުވަހު އޮންލައިންކޮށް ބޭއްވި ބްރިކްސް ސަމިޓެއްގައި އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓްކުރުން ހުއްޓާލުމަށް ޑިމާންޑް ކުރައްވައިފި

17:20

އިސްރާއީލުގެ ސީދާ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި އޮތް ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުން ގެނައުމަށްފަހު ފަލަސްތީނުގެ ނުދަންނަ ސަތޭކައަށްވުރެ ގިނަ މީހުން މިއަދު ހެނދުނު ޚާން ޔުނިސްގެ ބޮޑު ވަޅެއް ކޮނެ ވަޅުލައިފި

17:03

ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް ފޮނުވަން ޖެހޭ ކަމަށް ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެއްޖެ

17:02

ހަނގުރާމައިގެ އެއްބަސްވުމަށް މަރުހަބާ ވިދާޅުވެ، އެއްބަސްވުން މިހާރު އޮތް ހަތަރު ދުވަހުގެ ހާލަތަށް ވުރެ ދިގުދަންމާލަން ޖެހޭ ކަމަށްސައޫދީ އަރަބިއްޔާ، މިސްރު އަދި އުރުދުންގެ ޚާރިޖީ ވަޒީރުން ވިދާޅުވެއްޖެ.

ލަންޑަނުގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި މި ބޭފުޅުން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އެންމެ ފަހުން ދެ ދައުލަތުގެ ހައްލެއް ގެނައުމުގެ މަޝްވަރާތައް އަލުން ފަށަން ޖެހޭ ކަމަށް.

 

 

16:37

އިސްރާއީލްގެ ނިރުބަވެރިން ޣައްޒާގެ ކަމަލް އަދްވާން ހޮސްޕިޓަލް ކައިރީގައި ދެމުންގެންދާ ހަމަލާތަކުގައި ގިނަބަޔަކު ޝަހީދުކޮށްލައިފި

15:26

އިޒްރޭލުން ލުބުނާނުގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް ބޮން އަޅައިފި

15:19

އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 150 ގައިދީން އަނބުރާ ގައުމަށް ގެންދިއުމަށް ޓަކައި 50 ގައިދީން މިނިވަންކުރާނެ ހަނގުރާމައިގެ އެއްބަސްވުމެއް އެކުލަވާލުމުން ވަރަށް އުފާވާ ކަމަށް ހަމާސް ޖަމާއަތުން ރަހީނުކޮށްގެން ތިބި މީހުންގެ އާއިލާތަކުން ބުނެފި.

15:18

އިންޑިއާ އިން ފަލަސްތީނުގެ ރެފިއުޖީންނަށް 2.5 މިލިއަން ޑޮލަރު ދީފި.

15:14

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ރައްޔިތުންނަަަށް އަމާޒުކޮށްދިން ހަމަލާތަކުގައި ފަލަސްތީނުގެ 200 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

14:59

ޣައްޒާގައި އެގައުމުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށާއި ފާއިތުވި ދުވަސްތަކުގައި މަތިންދާބޯޓުތަކަށް އަންގާފައިވަނީ "ހަމާސްގެ އިންފްރާސްޓްރަކްޗާއަށް ހަމަލާދިނުމަށް" ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

އަސްކަރިއްޔާއިން ނެރުނު ސިޗުއޭޝަނަލް އަޕްޑޭޓެއްގައި ބުނެފައިވަނީ ޣައްޒާގެ އުތުރުގައި އޮންނަ ޝެއިޚް ޒައިދާއި ޖަބާލިއާގައި އެއްގަމު ސިފައިން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް.

14:17

ޣައްޒާގެ އުތުރުގައި އޮންނަ ކަމާލް އަދްވާން ހޮސްޕިޓަލް ކައިރީގައި އިޒްރޭލުން ދިން ހަމަލާ - ފޮޓޯ: އޭއެފްޕީ\
ޣައްޒާގެ އުތުރުގައި އޮންނަ ކަމާލް އަދްވާން ހޮސްޕިޓަލް ކައިރީގައި އިޒްރޭލުން ދިން ހަމަލާ - ފޮޓޯ: އޭއެފްޕީ
ޣައްޒާގެ އުތުރުގައި އޮންނަ ކަމާލް އަދްވާން ހޮސްޕިޓަލް ކައިރީގައި އިޒްރޭލުން ދިން ހަމަލާ - ފޮޓޯ: އޭއެފްޕީ

13:47

ޣައްޒާގެ ދެކުނުގެ ރަފާހްއަށް އިސްރާއީލުން ދިން ހަމަލާތަކަށް ފަހު - ފޮޓޯ: އޭޕީ
ޣައްޒާގެ ދެކުނުގެ ރަފާހްއަށް އިސްރާއީލުން ދިން ހަމަލާތަކަށް ފަހު - ފޮޓޯ: އޭޕީ
ޣައްޒާގެ ދެކުނުގެ ރަފާހްއަށް އިސްރާއީލުން ދިން ހަމަލާތަކަށް ފަހު - ފޮޓޯ: އޭޕީ

13:41

އިސްރާއީލުގެ ސިފައިން މިނިވަން ނުކުރާނެ ކަމަށް ފަލަސްތީނު އިސްލާމިކް ޖިހާދުން ބުނެފި.

ފަލަސްތީނު އިސްލާމިކް ޖިހާދު (ޕީއައިޖޭ) ޖަމާއަތުން އެ ޖަމާއަތުގެ ޓެލެގްރާމް ޗެނަލްގައި ނެރުނު ބަޔާނެއްގައި ބުނީ "ދުޝްމަނުންގެ ޖަލުތަކުން އަޅުގަނޑުމެންގެ ހުރިހާ ގައިދީން މިނިވަން ކޮށްގެން ނޫނީ" އިސްރާއީލު ސިފައިން ދޫކޮށްނުލާނެ ކަމަށް.

12:42

ދޫކޮށްލާ ގައިދީންގެ ލިސްޓުގައި ފަލަސްތީނުގެ 60 އަންހެން ކުދިން ހިމެނިއްޖެ

އިސްރާއީލުގެ ޖަސްޓިސް މިނިސްޓްރީން އާންމުކޮށްފައިވާ ފަލަސްތީނުގެ 300 ގައިދީންގެ ލިސްޓުގައި 60 ވަރަކަށް އަންހެން ގައިދީންގެ އިތުރުން އިތުރު އެތައް ބަޔަކު ހިމެނޭއިރު އޭގެ ތެރެއިން ގިނަ ގައިދީންނަކީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ހައްޔަރުކޮށްފައިވާ މީހުން

12:40

އިސްރާއީލުން ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލްގެ ކައިރީގައި ބޮން އަޅައިފި

12:38

ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ލަހިޔާ އަވަށުގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ އދ.ގެ ސްކޫލެއްގެ ކައިރީގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާ ދީފި

12:37

ޣައްޒާގެ އުތުރުގައި ހުންނަ ކަމަލް އަދްވާން ހޮސްޕިޓަލުގައި އިސްރާއީލް އަސްކަރިއްޔާ އިން ވަށާލައި ބޮން އެޅުމުގެ ސަބަބުން އިންސާނީ ހާލަތު ގޯސްވެއްޖެ

12:25

ފަލަސްތީނުގެ ޣައްޒާއަށް ވަދެ މުޖާހިދުންނާ ހަނގުރާމަ ކުރަމުން ދިޔަ އިސްރާއީލްގެ ނިރުބަވެރި ސިފައިންގެ ކޮމާންޑަރަކު މަރާލައިފި.

12:18

އިސްރާއީލުގެ ރަށްވެހިން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ގޮވާލައި ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަން، މަޖިލިހުގެ ޕެޓިޝަން ކޮމިޓީން ފާސްކޮށްފި

11:42

ފާއިތުވި ދެ ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ފަލަސްތީނުގެ ހަނގުރާމަވެރިންނާއި އިސްރާއީލުގެ ނިރުބަވެރިންނާއި އެކު ދެމެދު ކުރިމަތިލުންތައް ހިނގަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

11:37

ޤަލްޤިލިޔާ ކައިރީގައި އޮންނަ ހަބްލާ އަވަށުގެ މިސްކިތަކަށް ނިރުބަވެރިންގެ އަސްކަރީ ބާރުތަކުން ވަދެގަނެއްޖެ.

11:35

ތުލްކާމް ކޭމްޕް:

  • ތުލްކާމް ގައި އިސްރާއީލު ނިރުބަވެރިން ހިންގަމުން އަންނަ އަސްކަރީ އޮޕަރޭޝަން ހިންގާތާ 6 ގަޑިއިރަށް ވުރެ ގިނަ އިރު ވެއްޖެ.
  • ޒަޔަނިސްޓް އަސްކަރީ ބާރުތަކާ ތުލްކާމް ދިފާއުކުރަން ނިކުމެ ތިބި މުޖާހިދުންނާ ދަނީ އެކި ސަރަހައްދު ތަކުގައި ބަޑީގެ ހަމަލާ ބަދަލު ކުރަމުން.
  • ޒަޔަނިސްޓުން ދަނީ ތުލްކާމް އިން ގިނަ ޒުވާނުން ތަކެއް ހައްޔަރު ކުރަމުން.
  • ޒަޔަނިސްޓު އަސްކަރީ ބުލްޑޯޒަރުތައް ދަނީ ތުލްކާމްގެ މަގުތައް ހަލާކުކޮށް ދުއްވާއެއްޗިއްސަށް ނުވަދެވޭ ގޮތް ހަދަމުން.
  • މިހާތަނަށް 5 މީހަކު ވަނީ ތުލްކާމްގައި ޝަހީދުކޮށްލާފައި.

 

 

11:18

ހިއުމެނިޓޭރިއަން އެގްރީމެންޓަށް މޮސްކޯއިން މަރުހަބާ ކިޔާ ކަމަށް ރަޝިއާގެ ޚާރިޖީ ވުޒާރާއިން ބުނެފި.

11:10

ޣައްޒާގެ ދެކުނުގައި އޮންނަ ސައުދީ އަވަށުގެ ރަފާގައި ހުންނަ އަބޫ ޝަމާލާ އާއިލާގެ ގެއަށް ދިން ބޮމުގެ ހަމަލާގައި އާންމުންގެ ގިނަ ބަޔަކު ޒަހަމްޖެއްޖެ.

10:56

ފަލަސްތީނުގެ ޣައްޒާގައި ހުންނަ ނުސޭރަތު ރެފިއުޖީ ކޭމްޕަށް ނިރުބަވެރި އިސްރާއީލުން އަނެއްކާވެސް ވައިގެ ހަމަލާއެއް ދިންއިރު، އިތުރު ރެފިއުޖީ ކޭމްޕަކަށްވެސް ހަމަލާދީ ގިނަބަޔަކު ޝަހީދުކޮށްލަައިފި

10:30

ޣައްޒާގައި ހުންނަ އިންޑޮނޭޝިއާގެ ހޮސްޕިޓަލުގެ މެޑިކަލް ފެސިލިޓީ ހުސްކުރުމަށް އިސްރާއީލު ސިފައިންގެ ވަޓްސްއެޕް މެސެޖެއް ލިބިފައިވާ ކަމަށް ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފި

10:25

ޣައްޒާގައި އިސްރާއީލާއި ހަމާސްއާ ދެމެދު ވަގުތީ ހަނގުރާމައިގެ އެއްބަސްވުމެއް އެކުލަވާލުމަށް އެއްބަސްވެފައި ވަނީ ގަތަރާއި މިސްރު އަދި އެމެރިކާ ގުޅިގެން ދިގު މުއްދަތަކަށް މެދުވެރިވުމަށް ކުރި މަސައްކަތްތަކަށް ފަހުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

09:57

ހުޅަނގު އައްސޭރީގެ ކަލްކިލްޔާ ކައިރީގައި އިސްރާއީލުން ނުރައްކާތެރި ހަމަލާއެއް ދީފި.

ވަފާއިން ބުނީ އެ ހާދިސާގައި ޝާހީދުވެފައި ވަނީ ޕަބްލިކް ޓްރާންސްޕޯޓް ޑްރައިވަރެއްގެ ގޮތުގައި އުޅުނު އުމުރުން 30 އަހަރުގެ އާމިރު އަބްދުއްރަހްމާން މަޖުދު ކަމަށް.

09:56

އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ 150 އަންހެނުންނާއި ކުޑަކުދިން އެއްބަސްވުމެއްގެ ދަށުން ދޫކޮށްލާނެ ކަމަށް ހަމާސް އިން ބުނެފި.

އިސްރާއީލުން ޖަލަށްލާފައިވާ ފަލަސްތީނުގެ ގިނަ ބަޔަކު ބަންދުކޮށްފައި ތިބީ ޝަރީއަތެއް ނުވަތަ ދައުވާއަކާ ނުލައި ބަންދުގައި ބެހެއްޓޭނެ ގާނޫނުތަކާއި އަސްކަރީ އަމުރެއްގެ ދަށުން.

09:33

ތުލްކާމްގެ ތަބެޓް ތަބެޓް ހޮސްޕިޓަލަށް ވަދެ އިސްރާއީލު ނިރުބަވެރި ސިފައިން އެމްބިއުލާންސެއްގައި އޮތް ޒަހަމްވެފައިވާ މީހަކު ހައްޔަރުކޮށްފި.

 

08:52

ގަތަރުން އިއުލާން ކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލު-ޢައްޒާ ހަނގުރާމަ މަޑުޖެހުން ފެށޭނެ ގަޑި އިއުލާން ކުރާނެ ކަމަށް.

08:38

ޣައްޒާގައި މިހާރު ކުރެވެމުންދާ ހަނގުރާމައިގައި 4 ދުވަހަށް ހަމަލާތައް ހުއްޓާލަން އިސްރާއީލާއި ހަމާސް އިން އެއްބަސްވެއްޖެ

08:37

ބަހްރެއިންގެ ސަރުކާރު ދެ މިނިސްޓްރީއެއްގެ ވެބްސައިޓްއަށް ސައިބަރ އެޓޭކެއް ދީ ޑައުންކޮށްފި.

“ދަ ފްލަޑް” ކިޔާ ޖަމާއަތަކުން އޮންލައިންކޮށް އާންމުކުރި ބަޔާނެއްގައި، ފޮރިން މިނިސްޓްރީ އާއި އިންފޮމޭޝަން އެފެއާޒް މިނިސްޓްރީގެ ވެބްސައިޓްތައް ހެކްކޮށްފައިވާ ކަމަށް ބުނެފައިވޭ.

08:33

ޣައްޒާގެ އެއްބަސްވުމުގައި ހައްޔަރުކުރި އެމެރިކާގެ ތިން މީހަކު ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއްޖެ.

ބެކްގްރައުންޑްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ، ދޫކޮށްލާނެ ކަމަށް ބެލެވޭ އެމެރިކާގެ ތިން މީހުންގެ ތެރޭގައި ޒުވާން އަންހެން ކުއްޖަކު ވެސް ހިމެނޭ ކަމަށް

08:24

އަލް އަޤްސާ ޝަހީދުންގެ ބްރިގޭޑްސް - ތުލްކާމް:

އަޅުގަނޑުމެން ތުލްކާމް ކޭމްޕްގެ ބޭރުގައި ތިބި ނިރުބަވެރިންގެ ފައުޖުތަކަށް ބޮމާ، ބަޑި ބޭނުންކޮށްގެން ހަމަލާދިނިން.

08:15

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްލިންކެން އަންނަ ހަފުތާގައި އިސްރާއީލަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އަކްސިއޯސް އިން ރިޕޯޓްކޮށްފި.

08:15

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި އިތުރު ދެ ނޫސްވެރިއަކު ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ބުނެފި.

08:14

އިރާގުގެ ދެ ފެސިލިޓީއަކަށް ހަމަލާދިނީ އީރާނާއި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން އެމެރިކާ ސިފައިންނަށް ދިން ހަމަލާތަކާ ގުޅިގެން ކަމަށް އެމެރިކާއިން ބުނެފި.

08:14

ކަލްކިލްޔާ ކައިރީގައި އޮންނަ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ އައްޒޫންގައި އިސްރާއީލު ސިފައިން ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ އުމުރުން 30 އަހަރުގެ ފިރިހެނަކު ޝަހީދުކޮށްލައިފި.

07:59

އަޔަން ޑޯމް އިން ރޭ ދަންވަރު ނިރުބަވެރި އިސްރާއީލު ޑްރޯންއަކަށް ހަމަލާދީ ވައްޓާލައިފި.

ނިރުބަވެރިން ވަނީ މީ ޓެކްނިކަލް މައްސަލައަކާ ހުރެ ވީ ކަމެއް ކަމަށް ބުނެފަ.

07:41

އިސްރާއީލު ސިފައިން ޣައްޒާގައި ހިންގި އަސްކަރީ އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަން ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފި.

މި ފޫޓޭޖުގައި ފެންނަނީ ޣައްޒާގެ ސްކޫލެއްގެ ޑެސްކުތަކާއި ގޮންޑިތަކާ ދެކޮޅަށް ނިރުބަވެރިން ހަމަލާ ބަދަލަު ކުރާތަން.

07:30

ރޭގެ ބައެއް ހަބަރު ތަކުގެ ޙުލާސާ:

  • ނޫސްވެރިޔާ މުހައްމަދު ނަބީލް އަލް ޒަޤް މިއަދު ވަނީ އިސްރާއީލުން ޣައްޒާގެ އަލް ޝުޖައިޔާ އަށް ދިން ވައިގެ ހަމަލާތަކެއްގައި ޝަހީދުވެފައި.
  • އިސްރާއީލް ނިރުބަވެރިންގެ ފައުޖު ތަކުން ހުޅަނގު އައްސޭރީގައި އޮންނަ ފަޤޫއާ އަވަށަށް ރެއިޑް ޖަހައި ބަލައި ފާސްކުރުމުގެ އޮޕަރޭޝަން އެއް ހިންގައިފި.
  • އިސްރާއީލް ނިރުބަވެރިންގެ ފައުޖު ތަކުން ހުޅަނގު އައްސޭރީގައި އޮންނަ ތުލްކާމް އަވަށަށް ރެއިޑް ޖަހައި ބަލައި ފާސްކުރުމުގެ އޮޕަރޭޝަން އެއް ހިންގައިފި.
  • އިސްރާއީލް ނިރުބަވެރިންގެ ފައުޖު ތަކުން ހުޅަނގު އައްސޭރީގައި އޮންނަ ނާބްލުސްގެ ދެކުނުގައި އޮންނަ އަވަރތާ އަވަށަށް ރެއިޑް ޖަހައި ބަލައި ފާސްކުރުމުގެ އޮޕަރޭޝަން އެއް ހިންގައިފި.
  • އިސްރާއީލް ނިރުބަވެރިންގެ ފައުޖު ތަކުން ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ޤަލްކިލިޔާއަށް ރެއިޑް ޖަހައި ބަލައި ފާސްކުރުމުގެ އޮޕަރޭޝަން އެއް ހިންގައިފި.
  • ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހުންނަ މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލު ނިރުބަވެރިން ހަމަލާދީފި.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން ޣައްޒާގައި ބަންދުކޮށްފައި ތިބި 50 މީހުން ދޫކޮށްލުމަށާއި ހަނގުރާމަ ހަތަރު ދުވަހަށް މެދުކަނޑާލަން އިސްރާއީލުން ވަނީ ޤަތަރުގެ މެދުވެރިކަމާއެކު ހަދާފައިވާ ހަނގުރާމައިގެ އެއްބަސްވުމަށް ރުހުން ދީފައެވެ. މި ރުހުން ދިން ނަމަވެސް ބޮޑުވަޒީރު ނަތަންޔާހޫ ބުނާގޮތުން ނަމަ އެއްބަސްވުމުގެ މާނައަކީ ހަނގުރާމަ ހުއްޓާލުން ނޫނެވެ.

ހަމާސް އިން ބުނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލަން ނިންމާފައިވާ ކަމަށާއި މި އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ 150 އަންހެނުންނާއި ކުޑަކުދިން މިނިވަން ކުރާނެ ކަމަށެވެ.

މިފަދަ އެއްބަސްވުމަކަށް އައި ނަަމަވެސް ހަނގުރާމަ ހުއްޓިދާނެ ކަމުގެ ކޮޅުމަތި ނުފެނެއެވެ.

މިގޮތުން ރޭވެސް އިސްރާއީލުން ވަނީ އިންޑޮނޭޝިޔާ ހޮސްޕިޓަލާއި އެންކްލޭވްގެ ދެކުނުގައި އޮންނަ ޚާން ޔޫނުސް ހިމެނޭ ގޮތަށް ޣައްޒާގެ އެކި ސަރަހައްދުތަކުގައި ބޮމުގެ ހަމަލާތައް ދީފައެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި މިހާތަނަށް 14،100 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އިސްރާއީލުގެ ހަމާސްގެ ހަމަލާތަކުގައި މަރުވި މީހުންގެ ރަސްމީ އަދަދު އުޅެނީ ގާތްގަނޑަކަށް 1،200 ގައެވެ.

މި ލައިވް ބްލޮގުގައި އަޅުގަނޑުމެން ގެނެސްދޭނީ ނިރުބަވެރި އިސްރާއީލާއި ޣައްޒާއާއި ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރުއާދު

    ތިޔައީ ކުޅޭ ކުޅިވަރު މެޗެއްތަ. ތިކަމަކުން ލިބޭ ހިތްހަމަޖެހުމެއް ނެތް. އިޒްރޭލުން ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުން ޝަހީދުކޮށް މުޅިޤައުމު ފަނާ ކުރަމުން ދާއިރު އިޒުރޭލު މީހުންގެ ކިބައިން އުފާ ހޯދަމުން ޢަރަބި ޤަމުތަކުގެ މުއްސަނދި ބާރުގަދަ ޤައުމު ތަކުގެ ވެރިން އެތިބެނީ ކުޅިބަލަން. އެވެރިންނަށް މީ މާބޮޑު ކަމަކަށް ނުވޭ. ތިޔަ މީހުންނަށް އަތްޖަހަން ތިބެވޭނީވެސް ވަކި ދުވަސްތަކަކަށް.

    4
    1