ނިރުބަވެރިން ހުޅަނގު އައްސޭރީގެ ތުލްކަރެމް ސިޓީގައި ހުންނަ ތަބެތު ތަބެޓް ގަވަރމެންޓަލް ހޮސްޕިޓަލަކަށް ވަދެ ބަލި މީހަކު ހައްޔަރުކޮށްފިއެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ބުނި ގޮތުގައި އިސްރާއީލު ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރެމްގައި ހުންނަ ތަބެތު ތަބެޓް ގަވަރމެންޓަލް ހޮސްޕިޓަލްގެ އިމަޖެންސީ ޑިޕާޓްމަންޓަށް ވަދެ، ޒަހަމްވި ބަލި މީހަކު ގަދަކަމުން ވަނީ ހައްޔަރުކޮށްފައެވެ.

ޒަހަމްވި މީހާގެ ހާލު އަދި ސާފެއް ނުވެއެވެ.

މީގެ ކުރިން ތުލްކަރޭމް ރެފިއުޖީ ކޭމްޕްގެ ބަލައުނޭހް އަވަށުގެ ގެއަކަށް އިސްރާއީލުން ދިން ދެ ވައިގެ ހަމަލާގައި ތިން ޒުވާނަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވަފާ ނޫހުން ބުނެފައިވާގޮތުގައި ޒަހަމްވި މީހުންނާ ހަމައަށް ދާން އުޅުނު އެމްބިއުލާންސްގައި ތިބި އެހީދޭ ފަރާތްތަކަށް އިސްރާއީލު ސިފައިން ވަނީ ހުރަސް އަޅައިފައެވެ.

އަދި އިސްރާއީލުގެ އަސްކަރީ ވެހިކަލްތަކުން ހޮސްޕިޓަލަށް ވަނުމާއި ނުކުތުމަށް ހުރަސް އެޅުމުގެ ސަބަބުން އެމްބިއުލާންސްތަކަށް ހުރަސް އެޅުމާއި އެމަޖެންސީގައި ފަރުވާ ހޯދަން ބޭނުންވެފައި ތިބި ޒަހަމްވި މީހުން ގެނައުމަށް ހުރަސް އެޅިފައިވާ ކަމަށް އެ ނިއުސް އެޖެންސީން ބުނެފައި ވެއެވެ.

އިސްރާއީލުން ހުޅަނގު އައްސޭރީގައިވެސް ހިންގަމުންދާ އޮަޕަރޭޝަންގައި ގިނަބަޔަކު ހައްޔަރުކޮށްގެން ގެންގޮސްފައި ވެއެވެ.