އޯޝޭނިއާގެ ގައުމެއް ކަަަމަށްވާ ވާނުއާޓޫއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީން ބުނީ ވާނުއާޓޫއަށް 6.7 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ ކަަމަށެވެ.

މި ބިންހެލުން އައިސްފައި ވަނީ ޕޯޓް ވިލާގެ އުތުރުން 325 ކިލޯ މީޓަރު ކައިރިއަށެވެ.

ޔޫއެސްޖީއެސް އިން ބުނީ ބިންހެލުން އައިސްފައި ވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިން ކަމަށެވެ.

މި ހާދިސާގައި އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

އެންމެ ފަހުގެ ބިންހެލުން އައިސްފައި ވަނީ އެ ސަރަހައްދަށް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިތާ ތިން ހަފުތާ ފަހުންނެވެ. މިދިޔަ ޖުލައި މަހު 6.8 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވަނީ ވާނުއާޓޫގެ ޕޯޓް-އޮރީގެ އިރުން 83 ކިލޯމީޓަރު ދުރުންނެވެ.

ގިނަ ރަށްތަކަކާއި 280،000 މީހުންގެ އާބާދީއެއް ހިމެނޭ ވާނުއާޓޫ ޕެސިފިކް ރިންގް އޮފް ފަޔާގައި އޮންނަ އިރު، އެ ސަރަހައްދަކީ ސިސްމިކް އަދި އަލިފާން ފަރުބަދައިގެ ހަރަކާތްތައް ވަރަށް ގިނައިން ހިނގާ ސަރަހައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު