ފަލަސްތީނުގެ ޣައްޒާއަށް ވަދެ މުޖާހިދުންނާ ހަނގުރާމަ ކުރަމުން ދިޔަ އިސްރާއީލްގެ ނިރުބަވެރި ސިފައިންގެ ކޮމާންޑަރަކު މަރާލައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން އިއުލާންކޮށްފައިވާ ގޮތުގައި ޣައްޒާގެ އުތުރުގައި ހަނގުރާމަ ކުރަނިކޮށް މަރުވީ ކެޕްޓަން ލިރޮން ނިރް 25، އެވެ. އޭނާއަކީ ގޮލާނީ ބްރިގޭޑްސް ބެޓަލިއަންގެ ޕްލެޓޫން ކޮމާންޑަރެއް ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

 

މިއާއެކު، އިސްރާއީލްގެ ސިފައިން ޣައްޒާ އަށް ވަދެ ކުރަމުންދާ ހަނގުރާމައިގައި މަރާލި ސިފައިންގެ އަދަދު 69 އަށް ވަނީ އަރައިފައެވެ. މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަމާސްގެ މުޖާހިދުން އިސްރާއީލާ ދެކޮޅަށް ކުރާ ހަނގުރާމައިގައި 400 އާ ގާތް ކުރާ އަދަދަކަށް ސިފައިން ވަނީ މަރާލައިފައެވެ. އަދި އެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ޖުމްލަ 1،200 އަށް ވުރެ ގިނަ މީހުން ވެސް ވަނީ މަރާލައިފައެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ އެންމެ ފަހުން ހިނގި ކުރިމަތިލުންތަކުގައި އިތުރު ސިފައިންގެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 14،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުޙައްމަދު ޢަރީފް

    ﷲ އަކްބަރު

    24
  2. ހުސޭނުބޭ

    ހަޤީޤަތުގައި ޔަހޫދީންގެ ކިބާގައި ހަނގުރާމައެއް ކުރުމުގެ ހިތްވަރެއް ނުހުންނާނެ! އެހެންވެ ހަތިޔާރިތަކެއް ހުރީމާ ކުށެއް ނެތް މީހުން މަރަނީ! އެންމެ މޮޅު ގޮތަކީ ހުރިހައި މުސްލިމު ޤައުމުތަކުން އިޒްރޭލާ ދެކޮޅަށް ތެރުވެ ކުރެވުނު އުދަގުލެއް ކުރުން. ހިޒްބުﷲ ހަދާހެން އަވަސްއަވަހަށް ވަށައުގެން މިސައިލާއި ރޮކެޓް ހަމަލާދިނުން.