މިއީ ހަނގުރާމައެއް ނޫންކަމަށާއި މިއީ ސީދާ ޓެރަރިޒަމް ކަމަށް ޕޯޕް ފްރާންސިސް ބުނެފިއެވެ.

އޭނާ ބުނި ގޮތުގައި ފަލަސްތީނުގެ ހާލަތު މިހާރު މިވަނީ ހަނގުރާމައިގެ ބޭރުން ގޮސް "ޓެރަރިޒަމަށް" ބަދަލުވެފައެވެ. އޭނާ މިހެން ބުނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ޣައްޒާގައި ފަލަސްތީނުގެ 14،100 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، އިސްރާއީލުގައި ގާތްގަނޑަކަށް 1،200 މީހުން މަރާލެވުމުންނެވެ.

ހަމާސްއިން ހިފަހައްޓާފައިވާ ޔަހޫދީންގެ ގާތްތިމާގެ މީހުންނާއި އަދި ޣައްޒާގައި އާއިލާތަކާއެކު ފަލަސްތީނުގެ މީހުންނާ ވަކިވަކިން އޭނާ ވަނީ ބައްދަލުކޮށް ދެ ދެކޮޅުގެ ވާހަކަތައް ވެސް އަޑުއަހާފައިކަމަށް ފްރޭންސިސް ބުންޏެވެ.

އަދި އެގޮތުން ޔަހޫދީންގެ ހައްދު ފަހަަނައަޅާފައިވާ ލޭ އޮހޮރުވުމުގައި "ދެ ފަރާތަށް ވެސް ތަހައްމަލު ކުރަމުންދާ ތަކުލީފު" އޭނާއަށް އިހުސާސް ކުރެވޭ ކަމަށްވެސް އޭނާ ދައުވާ ކުރިއެވެ.

" މިއީ ހަނގުރާމަތަކުން ކުރާ ކަމެއް. އެކަމަކު މިތަނުގައި އަޅުގަނޑުމެން މިވަނީ ހަނގުރާމަތަކުން މާ ދުރަށް ގޮއްސައި. މިއީ ހަނގުރާމައެއް ނޫން، މިއީ ޓެރަރިޒަމް". އޭނާ ފާހަގަ ކުރިއެވެ.

އޭނާ މިހެން ބުނި ނަމަވެސް "ޓެރަރިޒަމް" ލަފްޒު މާނަކޮށްފައި މިވަނީ ސީދާ ހަމާސް އާއި ދިމާލަށް ކަމެއް ނުވަތަ ޔަހޫދީންނަށް ކަމެއް އެނާ ނުބުނެއެވެ. ނަމަވެސް ކްރިސްޓިއަން ދީނުގެ މިހާރު އެންމެ ބޮޑު މަގާމުގައި ހުރި މުސްލިމުންގެ މި އަދާވާތްތެރިންގެ މަކަރުވެރިކަން އޮޅުވައި ނުލެވޭނެކަން މިއީ ފާހަގަކޮށްލަން ޖެހޭ ވަރަށް މުހިންމު ކަމެކެވެ.

އަދި ކާފަރުން ދުނިޔެއަށް ދައްކަން ކިތަންމެ މޮޅު ފަށުވި ވާހަކަ ދެއްކިޔަސް ކާފަރުން ހިތުގައި މުސްލިމުންގެ މައްޗައް ހިތްހެޔޮކަމެއް ދުވަހަކުވެސް ނޯންނާނެކަން ތާރީހުން ހެކިދެއެވެ.