އިސްރާއީލްގެ ނިރުބަވެރިން ޣައްޒާގެ ކަމަލް އަދްވާން ހޮސްޕިޓަލް ކައިރީގައި ދެމުންގެންދާ ހަމަލާތަކުގައި ގިނަބަޔަކު ޝަހީދުކޮށްލައިފިއެވެ.

ހޮސްޕިޓަލުގެ ޑިރެކްޓަރު އަހްމަދު އަލް ކަހްލޫތު އަލްޖާޒީއަށް ވިދާޅުވީ ހޮސްޕިޓަލުގެ ވަށައިގެންވާ ހާލަތު ވަރަށް ގޯސް ކަމަށެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލްގެ ވަށައިގެންވާ ހުރިހާ ތަނެއްގައި ވެސް ބޮން ގޮއްވުން އިތުރުވަމުންދާ ކަމަށެވެ.

"ވަރަށް ގިނަ އިމާރާތްތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި. އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަން ޖެހޭ މި ހޮސްޕިޓަލަކީ މިހާރު ވާދީ ޣައްޒާއިން ފެށިގެން ޣައްޒާގެ އުތުރުގެ ސަރަހައްދާއި ހަމައަށް އެންމެ ހިންގަމުންދާ ހޮސްޕިޓަލު،". އޭނާ ވިދާޅުވިއެވެ.

އަލް ކަހްލޫތު ވިދާޅުވީ ރެއިން ފެށިގެން އެ ހޮސްޕިޓަލަށް 60 އަށް ވުރެ ގިނަ ޝަހީދުވި މީހުންގެ ހަށިގަނޑާއި 1000 އެއްހާ ޒަހަމްވެފައިވާ މީހުން ގެނެސްފައިވާ ކަމަށެވެ.

"މެޑިކަލް ޓީމުތައް ތިބީ ވަރަށް ވަރުބަލިވެފައި. އެންމެ ތެޔޮފޮދެއްވެސް ނެތް. އަނދިރީގައި މަސައްކަތް ކުރަނީ ހޭންޑްހެލްޑް ސާޗްލައިޓް ބޭނުންކޮށްގެން،" އޭނާ ވިދާޅުވި އެވެ.

އިތުރު ތަފްސީލް އަންނަނީ…