23:38

އިސްރާއީލާއި ހަމާސްއާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ފަސް ވަނަ ބެޗު ހަވާލުކޮށްފި.

21:57

އިސްރާއީލުން އެއްބަސްވުމާ ހިލާފްވާ މައްސަލައިގައި ހަމާސްގެ ދިން ހަމަލާތަކެއްގައި ޣައްޒާ ތެރޭގައި ތިބި އިސްރާއީލްގެ ސިފައިންތަކަކަށް ހަމަލާ ދީފި. ތިން ތަނެއްގައި ގޮވާ ތަކެތި ހަރުކޮށްގެން ދިން ހަމަލާގައި އިސްރާއީލް ބަޔަކު ޒަހަމްވެފައިވާ ކަން އެ ގައުމުން ކަށަވަރުކޮށްދޭ.

20:02

ޔަހޫދީ އަސީރުންނާ މެދު ހަމާސް ކަންތައް ކުރި ގޮތުން ތައުރީފް އޮހެނީ!.

17:12

މިދިޔަ ހަފްތާގައި ނިރުބަވެރިން ފަލަސްތީނުގެ އަލް-ޒައިތޫނަށް ދިން ހަމަލާގައި ލިބިފައިވާ ގެއްލުން

16:56

އަލް-ޝިފާ ހޮސްޕިޓަލުގެ ޑައިލިސިސް ޑިޕާޓްމެންޓްގެ މަސައްކަތް އަލުން ފެށިފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފި.

މިނިސްޓްރީން ވަނީ މާދައިން ފެށިގެން ޣައްޒާގެ ރައްޔިތުން ޑައިލިސިސްގެ ހިދުމަތް ހޯދުމަށް އިލްތިމާސް ކޮށްފަ.

16:55

މިއަދު މިނިވަން ކުރަން ހަމަޖެހިފައިވަނީ އިސްރާއީލުގެ ދަމޫން، މެގިއްޑޯ އަދި އޮފާ ޖަލުގައި ތިބި މީހުން ކަމަށް ފަލަސްތީނުން ބުނެފި.

16:54

ނިރުބަވެރިން ފަލަސްތީނުގެ 14 އަހަރުގެ ކުއްޖަކު ޝަހީދު ކޮށްލައިފި.

15:57

ޓޯކިޔޯގައި ހުންނަ އެމްބަސީ ކައިރީގައި މުޒާހަރާ ކުރަނީ- ފޮޓޯ: އީޕީއޭ

15:54

ނިރުބަވެރި ސިފައިން ޣައްޒާގައި ހަރަކާތްތެރިވަނީ

15:37

ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު:މިވަގުތު އެންމެ އިސްކަމެއް ދެނީ އަންހެނުންނާއި ކުޑަކުދިން ދޫކޮށްލަން ކަމަށާއި އޭގެ ފަހުން "އަސްކަރީ ސިފައިން ދޫކޮށްލުމުގެ މަޝްވަރާއަށް އަންނާނެ" ކަމަށް.

15:36

ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު: ޣައްޒާގައި ބަންދުކޮށްފައި ތިބި މީހުންގެ ޖުމުލަ އަދަދު ގަތަރަށް ކަށަވަރު ނުކުރެވޭނެ ކަމަށް.

"ޔަގީންކަމާއެކު އަޅުގަނޑުމެންނަށް ބުނެވޭނީ ބަންދުގައި ތިބޭ މީހުން ދޫކޮށްލާ މިންވަރު.".

15:34

ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު: މަޝްވަރާގެ މަރުހަލާގައި އެންމެ އުނދަގޫ ފަރާތަކީ އިސްރާއީލު ކަމަށް. އަދި މަޝްވަރާގެ މަރުހަލާ އަކީ ހުރިހާ ގޮތަކުން ވެސް އުނދަގޫ މަރުހަލާއެއް ކަމަށްް ވިދާޅުވި.

"ކޮންމެ ގައުމެއްގެ ވެސް އަމިއްލަ ޑިމާންޑްތަކާއި ރިޒަވޭޝަންތަކެއް އެބަހުރި. ކަންކަން ހަމަޖެއްސުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން މިދަނީ. އެކަމަކު އެންމެ އުނދަގުލީ އިސްރާއީލު"

15:33

ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ދޯހާގައި ޕްރެސް ބްރީފިންގައި އިސްރާއީލު ޣައްޒާ ހަނގުރާމައިގައި ހިނގަމުންދާ ކަންކަމުގެ އެންމެ ފަހުގެ މައުލުމާތު ހިއްސާކޮށްފި

"ގަތަރުން ދަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް މަސައްކަތް ކުރަމުން".
.

15:30

ހަނގުރާމަ ހުއްޓާލާފައި އޮތް ދުވަސްވަރު ޣައްޒާގައި ދިރިއުޅޭ އާންމުންނަށް ބޭނުންވާ މުހިންމު އިންސާނީ އެހީތައް ގެނައުމަށް އެމެރިކާއިން މިސްރަށް އަސްކަރީ ތިން މަތިންދާ ބޯޓެއް ފޮނުވަން ނިންމާފައިވާ ކަމަށް އެމެރިކާގެ އިސް އޮފިޝަލުން ވިދާޅުވެއްޖެ.

އޮފިޝަލުން މިއަދު ބޭއްވި ބްރީފިން ކޯލެއްގައި ވިދާޅުވީ މެޑިކަލް ސާމާނާއި ކާބޯތަކެތީގެ އެހީ އާއި ފިނި މޫސުމަށް ހާއްސަ ސާމާނު ގެންނަ ފުރަތަމަ މަތިންދާބޯޓު އަންނަ އަންގާރަ ދުވަހު ނޯތު ސިނާއީއަށް ޖައްސާނެ ކަމަށާއި އަނެއް ދެ މަތިންދާބޯޓު "ކުރިއަށް އޮތް ދުވަސްތަކުގައި" އަންނާނެ ކަމަށް.

15:29

ފަރަންސޭސި ވިލާތުގެ ސިފައިންގެ އުޅަނދު ޑިކްސްމުޑޭ މިސްރަށް ބަނދަރުކޮށްފި.

ޑިފެންސް މިނިސްޓަރު ސެބެސްޓިއަން ލެކޯނޫ ވިދާޅީ ޣައްޒާއިން ޒަހަމްވި ކުދިންނަށް ފަރުވާ ދޭން ފަށާނީ މި ހަފުތާގެ ފަހުކޮޅު ކަމަށް.

"އަޅުގަނޑުމެންގެ އަތުގައި މި އުޅަނދު އެބައޮތް، ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ މި އުޅަނދު އައިސްފައި ވަނީ އިއްޔެ. އެއީ 40 އެނދުގެ ހޮސްޕިޓަލެއް". ޔޫރަޕް 1 ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި ލެކޯނޫ ވިދާޅުވި

ދެ އޮޕަރޭޓިން ތިއޭޓަރު ހިމެނޭ މި އުޅަނދަކީ އެއްގަމުގައި ހުންނަ ހޮސްޕިޓަލްތަކަށް ދިއުމުގެ ކުރިން ލުއި ޒަހަމްތައް ހުންނަ މީހުންނަށް ފަރުވާ ދެވޭނެ އުޅަނދެއް.

15:27

ފަލަސްތީނު ރައްޔިތުން އެމީހުންގެ ތާރީޚުގައިވެސް ކުރިމަތިވި އެންމެ އަނދިރި ދުވަސްތައް ތަހައްމަލު ކުރަމުންދާ ކަމަށް އދ.ގެ ޗީފް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ.

ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައި ގުޓެރޭޒް ވަނީ ދިގު މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށާއި ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލުމަށް ގޮވާލައްވާކަން ތަކުރާރުކުރައްވާފައި.

15:25

ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ބޮން ގޮއްވާލި ސަރަހައްދަށް ބޭނުންވާ ތަކެތީގެ ލިސްޓެއް ހާމަކޮށްފައި

  • ޣައްޒާއަށް ރިކަވަރީ އަށް ދުވާލެއްގެ މައްޗަށް 1،000 އެހީގެ ޓްރަކް.
    ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެތައް ސަތޭކަ ތެޔޮ ޓްރަކް.
    މަދަނީ ދިފާއީ އާލާތްތަކާއި މެޝިނާއި މެޑިކަލް ޑިވައިސް.

15:23

އިސްރާއީލުގެ އަސްކަރީ ހަމަލާތަކުގެ ސަބަބުން ގެއްލުން ލިބުނު ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް އެތައް ޓަނެއްގެ އެހީ ފޯރުކޮށްދެވެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ބުނީ، މި ސާމާނުތަކުގެ ތެރޭގައި ރެޑީ ޓު އީޓް ކެއުމާއި ބޯފެނާއި ޓެންޓާއި ބްލެންކެޓްގެ އިތުރުން ބޭސް ވެސް ހިމެނޭ ކަމަށް.

އަދި ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ ތެލާއި ޑީސެލިނޭޝަން އަދި ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓްތައް ހިންގުމަށް ބޭނުންވާ ސާމާނުގެ އިތުރުން ފެން ޕަންޕިން ސްޓޭޝަންތައް ވެސް ފޯރުކޮށްދީފަައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ.

14:41

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ކަފްރް އީން އަވަށުގައި ރޭ އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި ފަލަސްތީނުގެ ޒުވާން މަލިކް ބަރްޣޫޓީގެ ޖަނާޒާގެ ހިނގާލުމުގައި ގިނަބަޔަކު ބައިވެރިވަނީ

14:40

ފާއިތުވި ހަފުތާތަކުގައި އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ދެކުނުގައި އޮންނަ އަބާސަން އަވަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި.

 

14:27

ލުބުނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ އައިޓާ އަލް ޝާބް ކައިރީގައި އިސްރާއީލުން ބޮމެއް ގޮއްވާލާފައިވާ ކަމަށް ލުބުނާނުގެ ދައުލަތުގެ ނޫސް އެޖެންސީން ބުނެފި.

14:24

ރެފިއުޖީންގެ ހިޔާތަކުގައި ބަލިތައް ފެތުރިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

ޔޫއެންއާރްޑަބްލިއުއޭގެ ތަރުޖަމާނު މުހައްމަދު އަދުނާން އަބޫ ހަސްނާ އަލްޖަޒީރާއަށް ވިދާޅުވީ ޣައްޒާގެ ނުސީރަތު ރެފިއުޖީ ކޭމްޕްގައި އެންމެ ފަހުން މަސައްކަތް ކުރާ ޕެޓްރޯލް ސްޓޭޝަނުގައި މީހުން ސަފު ހަދައިގެން ތިބޭ ކަމަށް. އަދި އެހީދޭ ޓްރަކްތަކުން މި ސްޓޭޝަނަށް ގޭސް ޑެލިވަރީ ކުރަން ޖެހެނީ މީހުން ލަކުޑި ބޭނުންކޮށްގެން ކެއްކުމަށާއި ހޫނުކޮށް ބެހެއްޓުމަށް ބުނެފައިވޭ.

"އެމްބިއުލާންސްތައް ވެސް އޮތީ ތެޔޮ އެޅޭނެ ކަމުގެ އުއްމީދުގައި. މިއަދު ޣައްޒާގެ އުތުރުގެ ސަރަހައްދަށް 100 ޓްރަކް ވަދެ، ބައެއް ފެން ޑީސެލިނޭޝަން ޕްލާންޓްތަކަށް ތެޔޮ ފޯރުކޮށްދީފައިވާކަން އަޅުގަނޑުމެންނަށް ޔަގީންކުރެވޭ."

އެހެން ނަމަވެސް ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ދިރިއުޅުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ދުވާލެއްގެ މައްޗަށް މަދުވެގެން 200 ޓްރަކް ބޭނުންވާ ކަަމަށް އޭނާ ވިދާޅުވި.

ހަނގުރާމަ ކުރަމުންދާ ސަރަހައްދުތަކުން ފިލައިގެން ދިޔަ މީހުންގެ ހާލު ވެސް ގޯސް ކަމަށާއި، ހިޔާތަކުގައި ބަލިތައް ފަޅައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތު ވެސް ލިބެމުންދާ ކަމަށް ވިދާޅުވި.

14:20

އީރާނުގެ ރައީސް އިބްރާހިމް ރައީސީ ނޮވެމްބަރު މަހުގެ ފަހުކޮޅު ތުރުކީއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކޮށްފައިވާ ކަމަށް އޭއެފްޕީ އާއި ތަސްނީމް ނިއުސް އެޖެންސީން ބުނެފި.

ތުރުކީގެ ރައީސް އުރުދުޣާން މިމަހުގެ ކުރީކޮޅު މި ދަތުރުފުޅު އިއުލާނު ކުރައްވައި ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ އިޒްރޭލާއި ހަމާސް ހަނގުރާމައާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ކަމަށް.

13:22

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ފަލަސްތީނުގެ 60 އަންހެނަކު ޖަލުގައި ބަންދުކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ފަހުން ކަމަށް ފަލަސްތީނުގެ އަމިއްލަ ޖަމިއްޔާއަކުން ބުނެފި.

ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީ (ޕީޕީއެސް)ގެ މީޑިއާ އޮފިސަރު އަމާލް ސަރަނެހް އަނާޑޯލޫއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ފަހުން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްއިން ފަލަސްތީނުގެ 56 އަންހެނުންނާއި އަންހެން ކުދިން ހައްޔަރުކޮށްފައިވާ ކަމަށާއި މިހާތަނަށް 3،260 މީހުން ހައްޔަރުކޮށްފައިވާ ކަމަށް.

13:20

ޣައްޒާ ސިޓީއާއި އުތުރުގައި ބޮން ގޮއްވާލި އިމާރާތްތަކުގެ ތާށިވެފައިވާ ގާތްގަނޑަކަށް 150 އެއްހާ ހަށިގަނޑު ސަލާމަތްކުރާ ފަރާތްތަކުން ނަގާފައިވާ ކަމުގެ ރިޕޯޓްތައް ބުނެފި.

13:20

އިސްރާއީލުގެ ޓޭންކުތަކުން މިއަދު ހެނދުނު ސްމޯކް ބޮން ގޮއްވާލުމަށްފަހު، ޣައްޒާ ސިޓީގެ ހުޅަނގަށް އަލުން މިސްރާބު ޖަހާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

13:18

މިދިޔަ ހޯމަ ދުވަހު ހަމާސް ޖަމާއަތުން ދޫކޮށްލި މީހުންގެ ތެރޭގައި ފްރާންސްގެ ތިން ޒުވާން މީހުން ހިމެނޭ ކަމަށާއި އެ މީހުންގެ ހާލު ރަނގަޅު ކަމަށް ފްރާންސްގެ ޚާރިޖީ ވަޒީރު ކެތަރިން ކޮލޯނާ ވިދާޅުވެއްޖެ.

12:33

އިއްޔެ އިޒްރޭލުގައި އެލޮން މަސްކަށް ދިން ރިސެޕްޝަނަކީ "ޔަހޫދީންނާއި މަރުވެފައިވާ އަދި ދިރިތިބި ޔަހޫދީންނަށް ވަރަށް ހަރުކަށި ޚިޔާނާތްތެރިވުމެއް" ކަމަށް އިސްރާއީލްގެ ނޫހަކުން ބުނެފި

12:15

ފަލަސްތީނުގެ މި އާއިލާ އިން ބާރު އަޅަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގައި ބިމާހަމަވެފައިވާ އެމީހުންގެ އަމިއްލަ ގޭގެ ކުނިތަކެއްގެ މަތީގައި ދިރިއުޅުމަށް.

12:12

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އުތުރުން އޮންނަ ތޫބާސް އަވަށުގައި އިޒްރޭލު ސިފައިން އެގެއަކަށް މިސައިލް ހަމަލާތަކެއް ދީފި

11:11

ފަލަސްތީނުގެ އިތުރު 33 ގައިދީއަކު އިސްރާއީލުގެ ޖަލުތަކުން އިއްޔެ ދޫކޮށްލާފައިވާއިރު، ހިފާފައިވާ އިރުމަތީ ގުދުސްގެ ގައިދީންނާއި އެމީހުންގެ އާއިލާތަކަށް ލިބިގެން ދިޔައީ އުފާވެރިކަމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ.

 

10:48

ކެނެޑާގެ މޮންޓްރިއަލް ސިޓީގައި ޔަހޫދީ ކޮމިއުނިޓީ ސެންޓަރަކަށް އަލިފާން ބޮމެއް އެއްލާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

މޮންޓްރިއަލްގެ ޔަހޫދީ ކޮމިއުނިޓީ ކައުންސިލްގެ ކުރިމަތީ ދޮރުގެ ބިއްލޫރިގަނޑުން މޮލޮޓޮވް ކޮކްޓެއިލެއް އެއްލާލާފައިވާ ކަމުގެ ރިޕޯޓް ރޭ ދަންވަރު 1:00 ހާއިރު ލިބިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައި

10:47

އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށި ފަހުން މިހާތަނަށް 57 ނޫސްވެރިންނާއި މީޑިއާގައި މަސައްކަތް ކުރާ މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނެފި.

މިދިޔަ ހޯމަ ދުވަހު އާންމުކުރި މަރުވި މީހުންގެ އަދަދު އަދާހަމަކޮށްފައި ވަނީ ހަފުތާ ބަންދުގައި ފަލަސްތީނުގެ ހަތަރު ނޫސްވެރިއަކު ޝަހީދުވި މީޑިއާ ފްރީޑަމް އެޑްވޮކޭސީ ޖަމިއްޔާއިން ކަށަވަރުކޮށްދީފައި ވަނިކޮށް.

10:46

ވަގުތީ ހަނގުރާމައަކަށް ފަހުވެސް މުޅިން ބްލެކްއައުޓް ކުރަމުން އަންނަ ޣައްޒާގައި ފަލަސްތީނުން ދަނީ ކެއްކުމާއި ހޫނުކަމާއި އަލިކަމަށް ވަގުތީ އަލިފާން ބޭނުންކުރަމުން.

ފޮޓޯ: އޭއެފްޕީ
ފޮޓޯ: އޭއެފްޕީ
ފޮޓޯ: އޭޕީ
ފޮޓޯ: އޭޕީ

10:44

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާއި ގުޅިގެން ކުރިމަތިވެފައިވާ ތެލުގެ ދަތިކަމުގެ ސަބަބުން ޣައްޒާގެ އުތުރުގެ ހޮސްޕިޓަލުގެ ބަލި މީހުންގެ "ފުރާނަ ނުރައްކަލަށް" ހުށަހެޅިއްޖެ

10:34

ތޫބަސް އަވަށަށް ނިރުބަވެރި ޖަމާއަތުގެ ފައުޖުތައް ވަދެ ގެއެށް ވަށާލައި މުޖާހިދުންނާ ނިރުބަވެރިން ދަނީ އެ ސަރަހައްދުގަ ބަޑީގެ ހަމަލާ ބަދަލު ކުރަމުން.

ހަބަރު ލިބޭ ގޮތުގައި ތޫބަސް އަށް ފުރަތަމަ ވަން ފައުޖު ތަކުގެ ހިމާޔަތުގަ އިތުރު ފައުޖެއް ދަނީ އެ ދިމާލާށް ދަތުރުކުރަމުން.

10:29

ނިރުބަވެރި އިސްރާއީލު އެއްގަމު އަސްކަރީގެ ފައުޖުތަކުން މިވަގުތު ދަނީ ނާބްލުސްގެ އިރުއުތުރުން އޮންނަ ތޫބަސް އަށް "ބަލާ ފާސްކުރުމުގެ" ރެއިޑް އެއް ހިންގަމުން.

10:27

ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދީފައިވާ ގޮތުގައި ނިރުބަވެރި ޒަޔަނިސްޓު ޖަމާއަތުން މިހާތަނަށް ވަނީ ހޮސްޕިޓަލްތަކަށް ބޭނުންވާ ތެޔޮ ޣައްޒާގެ އުތުރަށް ވެއްދުމަށް ދެކޮޅު ހަދާފަ.

10:25

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އޯކްލޭންޑް ސިޓީ ކައުންސިލުން ގަރާރެއް ފާސްކޮށް، މިޝިގަންއިން ފެށިގެން ޖޯޖިއާއާ ހަމައަށް އެމެރިކާގެ އެހެން ސިޓީތައް ވެސް އެފަދަ ގަރާރުތައް ފާސްކޮށްފައި ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފި

10:24

އިސްރާއީލުގެ އިމަޖެންސީ ފޯނު ނަންބަރުތަކަށް ރޭގަނޑު ކުޑަ ވަގުތުކޮޅަކަށް ބުރޫ އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި ޕެރަމެޑިކް ސާވިސްގެ އިތުރުން ފަޔާ ބްރިގޭޑަށް ނިސްބަތްވާ ފޯނުތައް ވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

މި ހިދުމަތް ތިން ގަޑިިރަށް މެދުކެނޑިގެން ދިޔަ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނޭ.

09:19

އޮގަސްޓް މަހު ޝަހީދުކޮށްލާފައިވާ ފަލަސްތީނު މީހެއްގެ ގެ އިސްރާއީލު ސިފައިން މިއަދު ގޮއްވާލައިފި

އަބްދުލް ރައްޒާގް ދަރަސް އަށް އިސްރާއީލުގެ ސިފައިން ބަޑިޖަހާފައިވަނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ރަމަالله އަވަށުގައި ކާރަކުން ޖައްސައި ނިރުބަވެރި ސިފައިންގެ މީހަކު މަރާލައި އަދި އިސްރާއީލު އާންމުންގެ 3 މީހުން ޒަހަމްކޮށްލައިގެން.

09:15

ފަލަސްތީނުގެ ހެލްތު މިނިސްޓްރީ:

ހުޅަނގު އައްސޭރީގެ ބެއިތޫނިއާ އަވަށު ކައިރިން ބަޑި ޖަހާ ޒުވާނެއް ޝަހީދުކޮށްލައިފި.

ރަމަاللهގެ މެޑިކަލް މަސްދަރުތަކުން ވެސް ރިޕޯޓްކުރާ ގޮތުގައި ރޭގަ އެ އަވަށުންވެސް ނިރުބަވެރިން ވަނީ މީހަކު ޝަހީދުކޮށްލާފަ.

09:09

ފަތިހު ނިރުބަވެރިން މިނިވަން ކުރި އެމީހުންގެ ޖަލު ތަކުގަ ރަހީނުކޮށްފަ ތިބި ފަލަސްތީނު ކުޑަކުދިން އެމީހުންގެ އާއިލާ އާއި ދިމާވި ހިސާބު:(ޓްވިޓާ ވީޑިއޯ)

08:32

ހަނގުރާމަ ފެށުނު ފަހުން ތިން ވަނަ ފަހަރަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންޓޮނީ ބްލިންކެން އިސްރާއީލަށް ދިއުމަށް ހަމަޖެހިއްޖެ.

08:14

އެމެރިކާގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލި މައްސަލައިގައި އެގައުުގެ މީހަކު ހައްޔަރު ކޮށްފި. އެމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 48 އަހަރުގެ ޖޭސަން ޖޭ އީޓަން ނަމަކަށް ކިޔާ މީހެއް. އިއްޔެ އޭނާ ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ އެކަމަށް އިންކާރު ކޮށްފަ.

މިމައްސަލައާއި ގުޅިގެން ކަފާލާތް ނުލިބޭ ގޮތަށް އޭނާ ވަނީ ބަންދުކޮށްފަ.

08:11

ނިރުބަވެރިން ޣައްޒާގެ ރަމައްﷲއަށް ކުރި ރެއިޑެއްގައި އެތައް ބަޔަކަށް އަނިޔާކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

08:10

ނިރުބަވެރިންނާއި މުޖާހިދުންނާއި ދެމެދު ކުރަމުން އަންނަ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމުގެ ބަދަލުގައި އެއްކޮށް ހުއްޓާލުމަށް އުރުދުންގެ ފޮރިން މިނިސްޓަރ، އައިމަން ސަފަޑީ ގޮވާލައިފި.

***********

ނިރުބަވެރި އިސްރާއީލާކީ އަބަދު ވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެކި ގޮތްގޮތުން އަނިޔާ ދެމުން އަންނަ މީހުންނެވެ. އެމީހުން ފަލަސްތީނުގެ ބިމަށް ވެރިވި ގަތް ފަހުން މިއަދާއި ހަމައަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާ ފަލަސްތީނުގެ ރައްޔިތުންނަށްދީފައިވާއިރު، އެމީހުންގެ ބަންދުގައި ބައިތިއްބައިގެން ވެސް އަންނަނީ އަނިޔާ ދެމުންނެވެ.

އެގޮތުން މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށުނު ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލައި، ހަމާސް ޖަމާއަތާއި ނިރުބަވެރިންގެ ހައްޔަރުގައި ތިބި މީހުން މިނިވަންކޮށް، ގައިދީން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ނިރުބަވެރިންގެ ހައްޔަރުގައި ތިބެފައި މިނިވަންވާ ފަލަސްތީނުގެ ރައްޔިތުން އަންނަނީ އެމީހުންނަށް ނިރުބަވެރިންގެ ޖަލުތަކުގައި ލިބިފައިވާ އަނިޔާގެ ވާހަކަތައް މީސްމީޑިއާގައި ހިއްސާ ކުރަމުންނެވެ. އޭގެ ތެރެއިން ކުޑަކުއްޖަކަށ ލިބިފައިވާ އަނިޔާއަށް އަޅުގަނޑުމެން ބަލާލާނަމެވެ.

ހުޅަނގުއައްސޭރީގެ ޖެނިންއަށް ނިސްބަތްވާ މުހައްމަދު ނައްޒަލް "އަލްޖަޒީރާ" ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ނިރުބަވެރިން އޭނާއަށް ހަމަލާދީ، އަތާއި އިނގިލިތައް ބިންދާލާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެއްވެސް ބޭސްފަރުވާއެއް ފޯރުކޮށްދީފައި ނުވާ ކަމަށާއި ބޭސް ފަރުވާގެ ކަންކަން ލިބިފައިވަނީ މިނިވަން ކުރި ދުވަހު ރެޑް ކްރޮސް މީހުންގެ ފަރާތުން ކަމަށެވެ.

މީގެ އިތުރުން ވެސް އެކުއްޖާ ބުނީ، ނިރުބަވެރިން ހައްޔަރު ކޮށްފައި ތިބި ފަލަސްތީނު ރައްޔިތުން ހާލު ވަރަށް ދެރަ ކަމަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުން ބިންމަތީ ބައިތިއްބައި އެމީހުންގެ ގައިމައްޗަށް. ނިރުބަވެރި ސިފައިން ކޮޅު ފައިން އެރުމާއި އަންހެނުންނަށް ވެސް އަނިޔާ ކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިދިޔަ ހުކުރު ދުވަހު ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުމެއް ނިރުބަވެރިންނާއި މުޖާހިދުން ހަދާފައިވާއިރު، އިއްޔެއަށް އެއްބަސްވުން ނިމޭތީ، މިހާރު ވަނީ އިތުރު 2 ދުވަހަކަށް އެއްބަސްވުން އިތުރު ކޮށްފައެވެ.

މިލައިވް ބްލޮގުގައި އަޅުގަނޑުމެން ގެނެސްދޭނީ ނިރުބަވެރި އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލުމާތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސ

    ސާބަހޭ ވަގުތޫ ފަލަސްތީން ޖެނޮސައިޑްގަ ތިގެނެސްދެއްވާ އަޕްޑޭސް އަށް

    13