ސްރީ ލަންކާގައި ޑެންގޫ ފެތުރުން އިތުރުވާތީ، ނުރައްކާތެރި ސަރަހައްދުތައް ފާހަގަކޮށް ފިޔަވަޅު އަޅަން ފަށައިފިއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯތްކުރާ ގޮތުގައި 2023 ވަނަ އަހަރު ރެކޯޑް ކުރެވުނު ޑެންގީ ވޭދަނަތަކުގެ އަދަދު 75،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އެޕިޑެމިއޮލޮޖީ ޔުނިޓުން ބުނެއެވެ.

އެގޮތުން ނޮވެމްބަރު 27 ގެ ނިޔަލަށް ޖުމްލަ 75،377 ވޭދަނަ ރިޕޯޓްކޮށްފައިވާއިރު، އެންމެ ގިނަ ވޭދަނަ ރިޕޯޓްކޮށްފައިވަނީ ކޮލަމްބޯ ޑިސްޓްރިކްޓުން ކަމަށާއި އެއީ 15،953 ވޭދަނަ ކަމަށް ރިޕޯޓްތަކުން އެގެއެވެ.

ލަންކާގެ ހުޅަނގު ޕްރޮވިންސުން 35،553 ވޭދަނަ ފެނިފައިވާއިރު، މިއީ ޕްރޮވިންސަށް ބަލާއިރު އެންމެ ގިނަ ކޭސް ފެނިފައިވާ ސަރަހައްދެވެ. މިހިނގާ ނޮވެމްބަރު މަހު އެކަނިވެސް ވަނީ 6،884 ޑެންގީ ވޭދަނަ ފެނިފައެވެ. މިމަހު އެކަނިވެސް މިހާތަނަށް ވެރިރަށް ކޮލަމްބޯއިން 15،953 މީހުންނަށް ބަލި ޖެހިގެން ފަރުވާ ދީފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ. ދެވަނައަށް އެންމެ ގިނަ ޑެންގޫ ވޭދަނަ ފެނިފައިވަނީ ގަމްޕާ ޑިސްޓްރިކްޓުންނެވެ. އެ ޑިސްޓްރިކްޓުން ވަނީ 14،912 މީހުނަށް ބަލިޖެހިގެން ފަރުވާ ދޭން ޖެހިފައެވެ. ލަންކާގެ ނެޝަނަލް ޑެންގޫ ކޮންޓްރޯލް ޔުނިޓުން ވަނީ އެ ބަލި ޖެހިފައިވާ 4،672 މީހުން ކަލުޓަރާ ޑިސްޓްރިކްޓުން ފެނިފައިވާކަމަށް ވެސް ބުނެފައެވެ. އަދި 7،482 ވޭދަނަ ކެންޑީން ފެނިފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ސިއްހީ އޮފިޝަލުން އިލްތިމާސް ކުރަނީ ޑެންގީން ސަލާމަތްވުމަށްޓާަކައި ވަށައިގެންވާ މާހައުލު ސާފުތާހިރުކޮށް ބެހެއްޓުމަށާއި މަދިރި އާލާވާ ތަންތަން ނައްތާލުމަށެވެ.

ލަންކާގެ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ ނެޝަނަލް ޑެންގޫ ކޮންޓްރޯލް ޔުނިޓުން ވަނީ އެ ގައުމުގައި ޑެންގޫ ފެތުރުން ގިނަވެފައިވާ 50 ސަރަހައްދެއް ފާހަގަކޮށްފައެވެ.

ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި ޑެންގޫގެ ވޭދަނަ އިތުރުވެގެންދަނީ ޑެންގޫ ހުމުގެ ޕްރައިމަރީ ވެކްޓަރސް ކަމަށްވާ އޭޑީސް މަދިރި އަށް ފަހި އާބާދީއެއް އުފެދޭ ވާރޭ ވެހޭ މޫސުމުގައެވެ.

މި ހާލަތުގެ އަލީގައި އެމީހުން ދަނީ ޑެންގީ ފެތުރުން ހުއްޓުވައި ކޮންޓްރޯލް ކުރުމަށް ޕްރޮއެކްޓިވް ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސް ކުރަމުންނެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

  • ކޮންޓެއިނަރތަކާއި، މާ ވަށިގަނޑުތައް އަދި އުކާލާފައިވާ ޓައިރުތަކުން ތާށިވެފައި ހުންނަ ފެން ނަގައިގެން މަދިރި އުފެދިދާނެ ތަންތަން ނައްތާލުން.
  • ކުނި ރަނގަޅަށް ނައްތާލައި، ވަށައިގެންވާ މާހައުލު ސާފު ތާހިރުކޮށް ބެލެހެއްޓުން.
  • ޚާއްސަކޮށް ފަތިސް އަދި އިރުއޮއްސުނު ވަގުތު މަދިރި ނައްތާލާ ބޭސް ބޭނުންކުރުމާއި އަތްދިގު ހެދުމާއި ފަޓުލޫނު ލުން.
  • ނިދާއިރު މަދިރި ކޮންޓްރޯލާ ބޭނުންކުރުން.

ޑެންގޫ ހުން ފެތުރުން އިތުރުވުމާއެކު ލަންކާގެ ކަމާބެހޭ އިދާރާތަކުން ވަނީ އާންމުން އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަޗާ

    ވެލާނާާ އަށްް އަންނަަ ލަންކ މީހުންް ހުންް ހުރިތޯޯ ސްކްރީންް ކުރާކަށްް ނުވޭތަަ؟