ޔަހޫދީ ނިރުބަވެރިން ފަލަސްތީނުގައި ދެ މަހެއްހާ ދުވަހު ކުރިއަށް ގެންދިޔަ އިންސާނިއްޔަތާއި ހިލާފު ގަތުލްއާންމުގައި، އެ ގައުމަށް ވެފައި ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ގާތުން ބަލާލުމަށް ހަމާސް އިން މަޝްހޫރު ވިޔަފާރިވެރިޔާ އިލޯން މަސްކަށް ހަމާސް އިން ދައުވަތު ދީފިއެވެ.

ދާދި ފަހުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫއާ އިލޯން ވަނީ ބައްދަލުކޮށްފައެވެ.

މިއާއެކު ފަލަސްތީނަށް ޒިޔާރަތްކޮށް އިތުރަށް ޣައްޒާގެ ވަށައިގެންވާ ހާލަތަށް ނަޒަރިއްޔާތެއް ދިނުމަށް ހަމާސްގެ އިސް އޮފިޝަލް އުސާމާ ހަމްދާން އިލޯންއަށް ދައުވަރު ދެއްވާފައެވެ.

"އަޅުގަނޑުމެން ދައުވަތު އަރުވަން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާއި ފަނާކުރަނިވި މިންވަރު ބަލާލުމަށް،". ބެއިރޫތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަމްދާން ވިދާޅުވިއެވެ.

"50 ދުވަހުގެ ތެރޭގައި އިސްރާއީލުން ވަނީ ދިފާއު ނެތް ޣައްޒާގެ މީހުންގެ ގެތަކަށް 40،000 ޓަނަށް ވުރެ ރޮކެޓު ހަމަލާ ފޮނުވާލާފައި،" ހަމްދާން އިތުރަށް ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް މިހާރު ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު، މިހާތަނަށް ޣައްޒާއިން އެކަނި 15،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވެއެވެ. އަދި އިސްރާއީލުން މިހާތަނަށް މަރުވެފައި ވަނީ 1،200 އެއްހާ މީހުންނެވެ.