އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ވެއްޓި ގެއްލުނު އެމެރިކާގެ ވައިގެ ސިފައިންގެ ހަތް މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ޖަޕާނުގެ ދިފާއީ ވަޒީރު ވިދާޅުވީ މި ނުރައްކާތެރި ހާދިސާއާ ގުޅިގެން އެގައުމުގައި ތިބި އެމެރިކާ ސިފައިން އޮސްޕްރޭގެ ދަތުރުތައް މެދުކަނޑާލުމަށް އެދިފައިވާނެ ކަމަށެވެ.

ޖަޕާނުގެ ކޯސްޓްގާޑުން ބުނީ މިދިޔަ ބުދަ ދުވަހު ޔަކުޝީމާ ނަމަކަށް ކިޔާ ރަށެއް ކައިރިން މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި ހޭނެތިފައި އޮތް އެކަކު މޫދުން ފެނުނުއިރު، އޭނާ ފަހުން މަރުވެފައިވާ ކަމަށެވެ.

އެމެރިކާގެ ވައިގެ ސިފައިންގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑުން ބުނީ ޖަޕާނުގެ ޔޮކޯޓާ އެއާ ބޭސް އިން ބޭރުގައި ކުރިއަށް ގެންދާ "ރޫޓިން ޓްރެއިނިން މިޝަން" ގައި ސީވީ-22ބީ އޮސްޕްރޭގައި އަށް ފަޅުވެރިން ތިބި ކަމަށެވެ.

"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ،" އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ބޯޓު ވެއްޓުނު ކަގޯޝިމާ ސަރަހައްދުގެ އިމަޖެންސީ މެނޭޖްމަންޓް އޮފިޝަލަކު ވިދާޅުވީ މަތިންދާ ބޯޓުން "ވާތު އިންޖީނަކުން އަލިފާން ރޯކުރަމުންދާ" ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ.

ޖަޕާނުގެ ކޯސްޓްގާޑުގެ ތަރުޖަމާނަކު އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އޮޕަރޭޝަން ރޭގަނޑުވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، މި އޮޕަރޭޝަންގައި ޕެޓްރޯލް ކުރާ ހަ އުޅަނދަކާއި ދެ މަތިންދާ ބޯޓެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކޯސްޓްގާޑުން ބުނީ ކަނޑުގެ އަޑި ރަނގަޅަށް ބެލުމަށްޓަކައި ހާއްސަ ސޮނާރު ޑިވައިސްތަކެއް ބޭނުންކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސޮނާރު

    ސޮނާރު އިކުއިޕްމަންޓުތައް ބޭނުންކޮށްލީމަ
    ތިކަން ހައްލުވާނެ. ސޮނާރު އިކުއިޕްމަންޓްސް އެއީ ހުރިހާ ކަމަކަށް ފުދޭ އެއްޗެއް. މިގައުމަށްވެސް ސޮނާރު
    އިކުއިޕްމަންޓު ހޯދަންވީ.

  2. ހަދަ

    އަލްޙަމްދުލިﷲ ވަރަށް އުފާވެރި ޚަބަރެއް.

    22
    2
  3. Anonymous

    ﷲއީ ކުޅަދުންވަންތަ އިލާހެވެ.

    14
  4. ޑޭޝް އަޙްމަދު

    އަލްޙަމްދުލިﷲ

    9
    1
  5. Anonymous

    ސަލީމު އިދުރީސޫ ކިހިނެއް ތިހެދީ...

  6. ޙަބީބު.

    ވަރައް އުފާވެރި ހަބަރެއް މުސްލިމުންގެ ލޭބޯ ހައިވާނިއްޔަ އެމެރިކާޔައް މިފަދަ ގިނަގުނަ ކަންކަން މިންވަރު ކުރައްވާށި