ފިލިޕިންސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އިންޑިއާގެ ބިންހެލުންތައް މޮނިޓަރ ކުރާ ގައުމީ އިދާރާއިން ބުނީ، ރެކްޓަރ މިންގަނޑުން 7.4 ބާރުމިނުގައި މި ބިންހެލުން އައިސްފައިވަނީ ފިލިފިންސްގެ މިންޑަނައޯ އަށް ކަމަށެވެ. މި ބިންހެލުން އައިސްފައިވަނީ ބިމުގެ 50 ކިލޯމީޓަރުން އަޑިންނެވެ.

މި ބިންހެލުމުގެ ސަބަބުން މިހާތަނަށް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

މިންޑަނައޯ އަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރަމުން އަންނަ ފިލިޕިންސްގެ ދެވަނައަށް އެންމެ ބޮޑު އެއް ރަށެވެ. އެރަށުގައި ޖުމްލަ 26 މިލިއަން މީހުން ދިރިއުޅެމުން އަންނަ ކަމަށް ވެސް ރިޕޯޓްތަކުން ދައްކައެވެ.