ފިލިޕިންސްއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ދީފިއެވެ.

ފިލިޕިންސްގެ މިންޑަނައޯއަށް ބިންހެލުމެއް އައިސްފައިވަނީ 7.4 ބާރުމިނުގައި ބިމުގެ 50 ކިލޯމީޓަރު އަޑިންނެވެ.

ބިންހެލުމާއި ގުޅިގެން ޕެސިފިކް ސުނާމީ އިންޒާރުދޭ މަރުކަޒުން ބުނެފައިވަނީ ސުނާމީގެ ރާޅުތަކެއް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފައިވަނީ ފިލިޕިންސްގެ ދެކުނުގެ އިތުރުން، ޖަޕާން، އިންޑޮނޭޝިއާ، ޕަލާއު އަދި މެލޭޝިއާގެ ބައެއް ސަރަހައްދުތަކަށެވެ.

ފިލިޕިންސްއަށް އައި މި ބިންހެލުމުގެ ސަބަބުން މިހާތަނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.