23:42

ޣައްޒާގައި ތިބި ފަލަސްތީނަށް ތާއީދު ކުރާކަން ހާމަކުރުމަށް އެމެރިކާގެ ރައްޔިތުން ނިއުޔޯކްގައި ހުންނަ އެމެރިކަން މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީއަށް އެއްވެއްޖެ.

23:41

އިސްރާއީލުގެ ޓޭންކުތައް، ދީރް-އަލް-ބަލާހް އާއި ޚާން-ޔޫނުސްއާ ދެމެދު، ބަޑީގެ ހަމަލާތަކެއް ދެނީ

23:14

ރަފާގެ އިރުމަތީގައި ހުންނަ "އަލްބަވާބް" އާއިލާގެ ގެއަށް ބޮން އެޅުމުގެ ސަބަބުން 10 މީހެއްގެ ފުރާނަ ގެއްލި، 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވި.

23:07

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި ތިބި ފަލަސްތީނުގެ 6600 އަށްވުރެ ގިނަ ކުޑަކުދިން އިސްރާއީލު ސިފައިން ޝަހީދުކޮށްލާފައިވާ ކަމަށް ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފި.

އަދި އެތައް ހާސް ބަޔަކު އިމާރާތްތަކުގެ ދަށުގައި ގެއްލިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވޭ.

23:07

އިސްރާއީލުން ދިން އާ ހަމަލާތަކަށް ފަހު ދެކުނު ޣައްޒާގެ ހޮސްޕިޓަލްތަކަށް ނުތަނަވަސްކަން

ހަނގުރާމަ އަލުން ފެށި ފަހުން ޣައްޒާގެ ދެކުނުގެ ހޮސްޕިޓަލްތައް ހަލަބޮލިކަމުގެ ތެރެއަށް ވެއްޓިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، މި އަށް ހަފްތާއަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގެ ސަަބަބުން ޑޮކްޓަރުން ވަރަށް ބޮޑަށް ވަރުބަލިވެ، ތެލުގެ ރިޒާވް ގާތްގަނޑަކަށް ނެތިގެން ގޮސްފައިވާ ކަމަށްވެސް ބުނެފައިވޭ.

އދ އިން ބުނި ގޮތުގައި އެ ސަރަހައްދުގެ އުތުރުގެ އެއްވެސް ހޮސްޕިޓަލަކަށް ބަލި މީހުންނަށް އޮޕަރޭޝަން ނުކުރެވޭނެ. އެންމެ ސީރިއަސް ޒަހަމްވި މީހުން ކޮންމެ ދުވަހަކު ވެސް ދެކުނުގެ ސަރަހައްދަށް ބަދަލުކުރަނީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އިން އިންތިޒާމުކޮށްފައިވާ ތަންތަނަށް.

އެކަމަކު އެތަނުގައި ވެސް، ބާކީ ހުރި 12 ހޮސްޕިޓަލުތައް މަސައްކަތް ކުރަމުން ދަނީ ވަރަށް ދަށް ކަމަށް ބުނެފައިވޭ.

 

23:02

ޣައްޒާއަށް 100 އެހީގެ ޓްރަކް ވަދެފައިވާކަމަށް ރެޑް ކްރެސެންޓުން ބުނެފި،

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ އެ ޓްރަކްތައް މިސްރުގެ އަސްކަރިއްޔާގެ ފަރާތުން ލިބުނީ ރަފާގެ ބޯޑަރު ހުރަސްކޮށް ކަމަށް.

އެ ޓްރަކްތަކުގައި ކާބޯތަކެއްޗާއި ފެނާއި ސިއްހީ ސާމާނާއި ބޭސް ވެސް ހުރި ކަމަށް ބުނެފައިވޭ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަނގުރާމަ ފެށުމުގެ ކުރިން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 500 އެއްހާ ސާމާނު ޣައްޒާއަށް އެތެރެވަމުން ދިޔަ، އދ އިން ބުނީ މިހާރު އެހީ ގެނައުމަކީ ޣައްޒާގައި އާންމުންގެ ބޭނުންތައް އިތުރުވަމުންދާ މިންވަރާ އެއްވަރުގެ ކަމެއް ނޫން ކަމަށް.

22:51

ފަލަސްތީނުގެ ޣައްޒާ ސިޓީގެ އަވަށްތަކަށް ތެޔޮ މަދުވުމުގެ ސަބަބުން ކޮންމެ ވަގުތަކުވެސް ފެނުގެ ސަޕްލައި މެދުކެނޑުމާ ގާތްވެފައިވާ ކަމަށް ޣައްޒާ މުނިސިޕަލްޓީން ބުނެފި.

22:32

ކުރީގެ ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާގެ ދަރިކަނބަކުން ބަލްޤިޝް ރަނާ ޤާސިމްގެ ފަރާތުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް 10،000 ރުފިޔާ ހަދިޔާކޮށްފި.

22:31

ޔަމަނުގެ ހޫތީން އިސްރާއީލުގެ ދެ އުޅަނދަކަށް ޑްރޯން އަކާއި މިސައިލަކުން ހަމަލާ ދީފައިވާ ކަމަށް އެ ޖަމާއަތުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެެ.

ޔުނިޓީ އެކްސްޕްލޯރާ އާއި ނަމްބަރު ނައިން ނަމަކަށް ކިޔާ މި ދެ އުޅަނދަށް ހަމަލާ ދީފައި ވަނީ ހޫތީންގެ ކަނޑުގެ ސިފައިން ދިން އިންޒާރުތަކަށް ދެކޮޅު ހެދުމުން ކަމަށް އޭނާ ވިދާޅުވި.

22:20

ގަތަރުގެ ބޮޑުވަޒީރު އިސްރާއީލުގެ "ޣައްޒާގައި ހިންގާ ޖަރީމާތައް" ގެ ގޮތުގައި ސިފަކުރައްވާ ފައިވާ މައްސަލައިގެ "އަވަސް، ފުޅާ އަދި އިންސާފުވެރި ބައިނަލްއަގުވާމީ ތަހުގީގެއް" ހިންގުމަށް ގަތަރުން ގޮވާލައިފި

ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލްޘާނީ ވެސް ވިދާޅުވީ، ޤަތަރުން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނީ، އަނެއްކާވެސް ހަނގުރާމަހުއްޓާލުމަށް މަގުފަހިކުރުމަށާއި، ވަށާލާފައިވާ އެންކްލަވްގައި ދާއިމީ ހަނގުރާމަހުއްޓާލުމަކަށް ދިއުމަށް ކަމަށް.

22:16

އެމެރިކާގެ ވާމޮންޓްގައި މިދިޔަ މަހު ބަޑިޖަހާ ޒަހަމްކޮށްލި ފަލަސްތީނުގެ ކޮލެޖުގެ ތިން ދަރިވަރުންގެ ތެރެއިން އެކަކު ބުރަކަށިން ތިރި ޕެރަލައިޒްވެއްޖެ.

22:13

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ބަޑިޖަހައި ކުޑަކުއްޖަކު ޒަހަމްކޮށްލައިފި.

ވިލެޖް ކައުންސިލްގެ ވެރިޔާ ފަރެސް ނާސިރު ވިދާޅުވި ގޮތުގައި އެ ކުއްޖާގެ ގަޔަަށް ބަޑި ޖަހާފައި ވަނީ ދީރް ކައްދިސްގެ އުތުރުގައި އޮންނަ ސަރަހައްދެއްގައި ކުޅެން އުޅެނިކޮށް ކަމަށް.

އެ ސަރަހައްދަކީ ބޮޑު އާބާދީއެއް އޮންނަ ސަރައްދެއް.

ސިފައިން ވަނީ އުމުރުން 13 އަހަރުގެ އެ ކުއްޖާގެ ފަޔަށް ބަޑި ޖަހާފައި.

21:58

ފާއިތުވި މަދު ގަޑިތަކުގައި ތެރޭގައި 316 މީހުން ވަނީ ޝަހީދުކޮށްލާފައި. އަދި ޒަހަމްވި 664 މީހުން ނަގައި ހޮސްޕިޓަލްތަކަށް ގެންދެވުނު ނަމަވެސް އަދިވެސް ގިނަބަޔަކު ތިބީ އިމާރާތްތަކުގެ ދަށުގައި.

21:24

ސީރިއާއިން އިސްރާއީލުގެ ސަރަހައްދާ ދިމާލަށް ރޮކެޓް ފޮނުވާލި ހަމަލާއެއް ދެނެގަނެ، އެ ހަމަލާ ދިން ސަރަހައްދަށް ހަމަލާ ދީފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

21:22

މީހުން ހުސްކުރުމުގެ އިސްރާއީލުން ކުރި އަމުރާއި ގުޅިގެން ފަލަސްތީނު މީހުން ޚާން ޔޫނުސް ދޫކޮށް ދަނީ

ފޮޓޯ: އޭޕީ
ފޮޓޯ: އޭޕީ
ފޮޓޯ: އޭޕީ

 

20:53

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 15،500 އަށްވުރެ މައްޗަށް އަރައިފި

20:44

ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ޑިޕްރެޝަންގެ ޝިކާރައަކަށްވެފައިވާ ކަމަށް ހަނގުރާމައިގެ ކުރިން ނެގި އަންދާޒާތަކުން ދައްކައިފި.

ފަލަސްތީނުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ ސާވޭއަކީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަ ފެށުމުގެ ކުރިން ހެދި ސާވޭއެއް ކަމަށް.

ޕީސީބީއެސްއިން 2022 ވަނަ އަހަރު ވޯލްޑް ބޭންކާ ގުޅިގެން ކުރިއަށް ގެންދިޔަ މި ސާވޭއަކީ ޣައްޒާއަށް ކައިރި ކައިރީގައި ކުރަމުންދާ ހަނގުރާމަތަކުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުދެނެގަތުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސާވޭއެއް.

މި ދިރާސާއިން ދައްކާ ގޮތުގައި ޕީޓީއެސްޑީގެ މިންވަރު އެންމެ ބޮޑީ 18 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރުފުރާގައި.

އަދި އުމުރުން 5 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 13 އިންސައްތަ ކުދިންނަކީ އެންޒައިޓީގެ ޝިކާރައަކަށްވެފައިވާ ކުދިންކަމަށް ދިރާސާއިން ދައްކާ

ޕީސީބީއެސް އިން އަންދާޒާކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރު އުމުރުން 5 އަހަރާއި 17 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 52،450 ކުދިންނަށް ސްޓްރެސްގެ ޝިކާރައަކަށް ވާނެ ކަމަށާއި ގާތްގަނޑަކަށް 13،000 ކުދިންނަށް ޑިޕްރެޝަންގެ އަލާމާތްތައް ފެންނާނެ ކަމަށް.

ނަމަވެސް މި ހަނގުރާމައާ އެކު އެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނޭ.

20:40

ރަތް ކަނޑުން ދަތުރުކުރަމުން ދިޔަ އިނގިރޭސިވިލާތުގެ އުޅަނދަކަށް ރޮކެޓް ހަމަލާތަކެއް ދީފި.

ނަން ހާމަކޮށްފައި ނުވާ ބަހާމާސްގެ ދިދަ ޖަހާފައިވާ މި އުޅަނދަކީ ޔަމަނުގެ ހުޅަނގު އައްސޭރިފަށުން ދަތުރުކުރަމުން ދަނިކޮށް "ރޮކެޓް ހަމަލާއެއް އަމާޒުވެފައިވާ އުޅަނދެއް". ކަމަށް މެރިޓައިމް ސެކިއުރިޓީ ފާމް އަމްބްރީ އިން ބުނޭ.

 

20:22

އިސްރާއީލުން ޣައްޒާ ސިޓީގެ ކެތޮލިކް ޗާޗުގެ ހޮލީ ފެމިލީ ސްކޫލަށް ހަމަލާދީފި

އަލްޖަޒީރާއިން ބުނީ މި ސްކޫލަކީ ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތް ހޯދަމުންދާ ސްކޫލެއް ކަމަށް

20:20

އިސްރާއީލާއި ހަމާސްއާ ދެމެދުގައި ވެވުނު ހަނގުރާމަ ހުއްޓާލުމުގެ ރޫޅިގެން ދިއުމަކީ ހިތާމަހުރި ކަމެއް ކަމަށާއި ވީހާވެސް އަވަހަކަށް ހަނގުރާމަ ހުއްޓާލުމުގެ އާ އެއްބަސްވުމަކަށް އައުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލައްވާ ކަމަށް ޕޯޕް ފްރާންސިސް ވިދާޅުވެއްޖެ.

އަދި ޣައްޒާގައި އަދިވެސް ރަހީނުކޮށްފައި ތިބި ރައްޔިތުންނާއި ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ފަލަސްތީނުގެ ބިމުގައި އަސާސީ ޒަރޫރީ ބޭނުންތައް ނެތުމާ މެދު ވިސްނޭ ކަމަށްވެސް އޭނާ ވިދާޅުވި.

19:47

ހޮސްޕިޓަލްތައް އޮތީ ނިކަމެތިވެފައިވާ ކަމަށާއި، އިސްރާއީލުން ޣައްޒާގެ 34 ސިއްހީ ހިދުމަތްތެރިން ހިފަހައްޓާފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފި.

އެ މިނިސްޓްރީގެ ތަރުޖަމާނު ޑރ އަޝްރަފް އަލް ކުދްރާ ވިދާޅުވީ ހަތަރު ސިއްހީ ހިދުމަތްތެރިއެއް މިހާރުވެސް ހިފަހައްޓާފައިވާ. އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށުގައި ތިބި ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި އަލް ޝިފާ ހޮސްޕިޓަލުގެ ވެރިޔާ ވެސް ހިމެނޭ.

އަލްޤުދްރާ އިން ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ބްރީފިންގައި އިތުރަށް ވިދާޅުވީ އިސްރާއީލުން 56 އެމްބިއުލާންސް ހަލާކުކޮށްލާފައިވާ ކަމަށާއި މެޑިކަލް އިކުއިޕްމަންޓާއި ސްޓާފުން ނެތުމުގެ ސަބަބުން މުޅި ސިއްހީ ދާއިރާއަށް ބޭނުންވާ ފަރުވާ ނުދެވޭ ކަމަށް.

"ހޮސްޕިޓަލްތައް ތިބީ ނިކަމެތިވެފައި. އަނިޔާ ލިބުނު މީހުންގެ އަދަދު ގިނަވުމުގެ ނަތީޖާއެއްގެ ގޮތުން އެމީހުން ތިބީ ހާސްވެފައި.".

19:44

ފަލަސްތީނުގެ ސިވިލް ޑިފެންސް އޮފިޝަލަކު އަލްޖަޒީރާއަށް ވިދާޅުވީ ޣައްޒާގެ އެކި ސަރަހައްދުތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، އިސްރާއީޅުން ދިން ބޮމުގެ ހަމަލާތަކުގައި ހާލުގައި ޖެހުނު އެންމެންނަށް ވާސިލްވެވޭނެ ވަސީލަތްތައް ސަލާމަތްކުރާ ފަރާތްތަކުގެ ކިބައިގައި ނެތް ކަމަށް.

"ކޮންމެ ވައިގެ ހަމަލާއެއްގައި ވެސް އާންމުންގެ އެތައް ބަޔަކު ޝަހީދުވަމުން ދޭ. އެތައް ސަތޭކަ ބަޔަކު ޒަހަމްވަމުން އެބަދޭ.". ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބާސަލް ވިދާޅުވި.

"އަތުގައި ހުރި އެންމެ ކުޑަ ވަސީލަތްތަކާއެކު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން މިދަނީ. އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށަނީ. އެކަމަކު ކޮންމެ ކަމެއް ކުރިޔަސް އެންމެން ސަލާމަތް ކުރެވޭކަށް ނެތް. އެތައް ބަޔަކު އަދިވެސް ތިބީ އެ އިމާރާތްތަކުގެ ދަށުގައި.".

19:42

އިސްރާއީލުން ޣަައްޒާގެ 100 އަށް ވުރެ ގިނަ ސަގާފީ ތަރިކައިގެ ތަންތަން ހަލާކުކޮށްލައިފި - އެންޖީއޯ

ހެރިޓޭޖް ފޯ ޕީސް ޖަމާއަތުން ކުރި ސާވޭއެއްގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މި ތަންތަނަށް މިހާތަނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް ވަނީީ ދީފައި،

އޭގެ ތެރޭގައި ހިމެނެނީ:

ތާރީޚީ ފަލަސްތީނުގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސްކިތް ކަމުގައިވާ ގްރޭޓް އޮމަރީ މިސްކިތް.
ދުނިޔޭގެ ތިންވަނައަށް އެންމެ ދުވަސްވީ ޗާޗުކަމަށް ބެލެވޭ ޗާޗް އޮފް ސެއިންޓް.
ޣައްޒާގެ އުތުރުގައި ހުރި 2000 އަހަރުވީ ރޯމަން ގަބުރުސްތާން.
އެންކްލޭވްގެ ތަރިކައަށް އަލިއަޅުވާލާފައިވާ ރަފާ މިއުޒިއަމް.

19:07

ބަންކަރުތައް ފޫއަޅުވާލެވޭ ފަދަ ބާރުގަދަ ބޮމެއް ކަމަށްވާ “ބަންކަރ ބަސްޓާ” ބޮން އެމެރިކާއިން އިސްރާއީލަށް ފޮނުވަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި

19:05

އިސްރާއީލުން ޚާން ޔުނިސްއަށް ދިން ހަމަލާ އަށް ފަހު ހުރި ގޮތް ފަލަސްތީނުގެ ނޫސްވެރިޔަކު ހިއްސާކޮށްފި

އެ ވީޑިއޯއިން ފެންނަނީ ޚާން ޔުނިސްގެ ހަމަދު ޓައުން ޓަވަރުތައް ހަލާކުވެފައި ހުރި މަންޒަރުތައް.

19:03

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)ގެ ޗީފް ޕްރޮސެކިއުޓާ އިސްރާއީލާއި ހަމާސް އަށް ބައިނަލްއަގްވާމީ ގާނޫނުތަކަށް ބޯލެނބުމަށް ގޮވާލައްވައިފި.

"ހުރިހާ އެންމެންވެސް ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ. އެކަން ނުކުރާނަމަ އަޅުގަނޑުގެ އޮފީހުން ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއްގައި ޝަކުވާ ނުކުރާށޭ،" އިސްރާއީލާއި ހިފާފައިވާ ހުޅަނގު އައްސޭރިއަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރެއްވި ދަތުރުފުޅަށް ފަހު ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ކަރީމް ޚާން ވިދާޅުވި.

19:00

އިޒްރޭލުން ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއަށްފަހު - ފޮޓޯ: އަލްޖަޒީރާ
އިޒްރޭލުން ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއަށްފަހު - ފޮޓޯ: އަލްޖަޒީރާ
އިޒްރޭލުން ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއަށްފަހު - ފޮޓޯ: އަލްޖަޒީރާ
އިޒްރޭލުން ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއަށްފަހު - ފޮޓޯ: އަލްޖަޒީރާ

18:58

ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް ތާއީދު ކުރައްވާތީ، އެމެރިކާގެ މުހިންމު ހަ ސްޓޭޓެއްގެ މުސްލިމް ލީޑަރުން ހޮނިހިރު ދުވަހު ވަނީ ރައީސް ބައިޑަން އަލުން އިންތިޚާބުވުމަށް ކުރައްވާ މަސައްކަތާ ދެކޮޅަށް އެ ގައުމުގައި ރެލީއެއް ބާއްވާނެ ކަމަށް ބުނެފި.

18:15

ޖަބަލިއާ ރެފިއުޖީ ކޭމްޕްގެ ރެސިޑެންޝަލް ބްލޮކްތަކާއި އަވަށްތަކަށް އަމާޒުކޮށް ހަމަލާތައް ދަނީ ދެމުން.

އެއްފަހަރާ އެތައް ގެއަކަށް އަމާޒުކޮށް އެތައް ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ވަނީ އިމާރާތްތަކުގެ ދަށުގައި ވަޅުލައިފައި. ޝަހީދުވި މީހުންނާއި އަނިޔާ ލިބުނު މީހުންގެ ހަލުވިކަމާއެކު އިތުރުވަމުން ދަނީ މިއީ ވަރަށް އާބާދީ ބޮޑު ސަރަހައްދަކަށް ވާތީ.

18:13

ފަލަސްތީނުގެ ޣައްޒާ އަށް ވަދެ، ހަނގުރާމަ ކުރަމުން އަންނަ ނިރުބަވެރި އިސްރާއީލް އަސްކަރިއްޔާގެ ސިފައިންގެ މީހަކު މަރާލައިފި

18:05

ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 300 މީހުން ދިރިއުޅޭ ސްކޮއާއެއް މުޅިން ބިމާހަމަކޮށްލައިފި

17:39

ޣައްޒާގެ މެދުތެރޭގެ ނުސެއިރަތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު މަންޒަރުތައް ދައްކުވައިދޭ ފުޓޭޖްތަކެއް.

17:38

ޣައްޒާގެ މެދުތެރޭގައި އޮންނަ ބުރެއިޖް ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ހަލާކުވި އެމީހުންގެ ގޭގެ ތެރޭގައި ދިރިއުޅުމަށް ބްރޭކް އާއިލާއިން ބާރު އަޅާ

17:37

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާ ސިޓީގެ ޝުޖާޔާ އަވަށުގެ މުޅި މީހުން ދިރިއުޅޭ ސަރަހައްދު އެއްކޮށް ވީރާނާކޮށްލައިފި

17:29

އިސްރާއީލުން ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އަނެއްކާވެސް ހަމަލާދީފި

17:28

ލުބުނާނުން ދިން އެންޓިޓޭންކް މިސައިލް ހަމަލާގައި އިސްރާއީލުގެ ގިނަ އަދަދެއްގެ ސިފައިން ޒަހަމްވެއްޖެ.

އިސްރާއީލުގެ މީޑިއާތަކުން ބުނެފައި ވަނީ ޒަހަމްވި މީހުންގެ އަދަދު ހަތަރު އަށް އަރާފައިވާ ކަމަށް.

17:22

ޣައްޒާ ސިޓީގެ ޝެއިޚް ރަދުވާނާއި ނަސްރު އަވަށްތަކުގައި ފަލަސްތީނާއި އިސްރާއީލުގެ އަސްކަރިއްޔާއާ ދެމެދު ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމުގެ ރިޕޯޓްތައް ބުނެފި.

އިސްރާއީލުގެ ވަށާލާފައިވާ އެންކްލޭވްގައި ހަމަލާތައް ވަރުގަދަކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ހަފުތާއެއްހާ ދުވަހު ހަނގުރާމަ މެދުކަނޑާލުމަށް ފަހުގައި

ސަރުކާރުގެ މީޑިއާ އޮފީހުގެ އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 700 މީހުން ޝަހީދުވެފައިވާ ކަމަށް.

17:21

ޣައްޒާގައި ދިރިއުޅޭ 600 އަށް ވުރެ ގިނަ ބިދޭސީންނާއި ފަލަސްތީނުގެ ރައްޔިތުން މިސްރަށް އެތެރެވުމުގެ ހުއްދަ އާދީއްތަ ދުވަހު ލިބޭނެ ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި

ފަލަސްތީނުގެ ބޯޑަރު އޮފިޝަލުން ވަނީ ވަށާލާފައިވާ އެންކްލޭވްއިން ނުކުތުމުގެ ހުއްދަ ދޭނެ ފަރާތްތަކުގެ ނަންތައް ހިމެނޭ ލިސްޓެއް އާންމުކޮށްފައި. މި ލިސްޓުގައި ހިމެނޭ 300 އަށް ވުރެ ގިނަ މީހުންނަކީ އެމެރިކާ އާއި ކެނެޑާއަށް ނިސްބަތްވާ މީހުން. މީގެ އިތުރުން ޖަރުމަނު، ނޯވޭ، ގްރީކް، ތުރުކީ އަދި ފިލިޕީންސް މީހުން ވެސް އެބަތިބި.

17:12

ގަލްފުގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އަންގާރަ ދުވަހު ދޯހާގައި ޖީސީސީ ސަމިޓް ބާއްވަން ތައްްޔާރުވަމުން އަންނައިރު، އެޖެންޑާގެ އެންމެ ކުރީގައި އޮންނާނީ ޣައްޒާ ހަނގުރާމައިގެ މައްސަލަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި

މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ އަރަބި އަދި މުސްލިމް ގައުމުތަކުގެ ލީޑަރުން ސައުދީ އަރަބިއްޔާގައި ބައްދަލުކުރައްވައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައި ގުޅިފައިވާ ބަޔާނެއް ނެރުއްވިތާ ތިން ހަފުތާ ފަހުން

15:43

ޒަހަމްވެފައިވާ މީހުންނާއި ކުދިންނަށް އަލް-އަޤްސާ ހޮސްޕިޓަލުގައި ފަރުވާ ދެނީ-- ފޮޓޯ؛ އަނަޑޮލު

15:17

ފާއިތުވި 24 ގަޑިއިރު ތެރޭ ނިރުބަވެރިން ޣައްޒާގެ 700 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި

 

15:13

ޣައްޒާގައި ހަލުވިކަމާއެކު ހެޕަޓައިޓިސް އޭ ފެތުރެމުުންދާ ކަމަށް އދ އިން ބުނެފި

 

13:54

ސީރިއާއިން އިސްރާއީލުގެ ބައެއް ސަރަހައްދުތަކަށް ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށް ނިރުބަވެރި އިސްރާއީލް ސިފައިން ބުނެފި.

12:16

ނިރުބަވެރިން ޣައްޒާގެ ޚާން ޔޫނިސްގެ އިމާރާތެއް ސުންނާފަތިކޮށްފި. މި ހަމަލާގައި ދެމީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނޭ.

 

10:56

ނިރުބަވެރިން ޣައްޒާގެ ދެކުނުގެ ގެތަކަށް ކުރަމުން އަންނަ ރޭޑުގައި މިހާތަނަށް ހަތް މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

10:55

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ވަދެ ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން އިތުރު ދެ ސިފައިންގެ މީހަކު މަރާލައިފި

 

09:45

ފޮޓޯ: ތުރުކީގެ ޑޮކްޓަރުން ޣައްޒާއާ އެއްކޮށް ތިބިކަން ދެއްކުމުގެ ގޮތުން ހަމަހިމޭން ކަމުގެ ހިނގާލުމެއް ބާއްވައިފި

 

09:40

ރަފަޙްގެ އިރުމަތީގައި އޮންނަ އަލް ޖެނެއިނާ އަވަށު ގެއަކަށް ނިރުބަވެރިން ބޮން އެޅުމުގެ ސަބަބުން ބަޔަކު ޝަހީދުވެއްޖެ.

09:21

ޙަލީލް ސަހަރު އުތުރުން އޮންނަ ސަޢީރު އަވަށުގައި ޒުވާނުންނާއި ނިރުބަވެރި ފައުޖުތަކާ ވަނީ ކުރިމަތިލުން ތަކެއް ހިނގާފަ.

09:20

ޣައްޒާގައި ފަލަސްތީނު މީހުންނާ ދެކޮޅަށް ގަތުލު އާންމު ހިންގަމުން ދިޔަ އައިޑީއެފްގެ 2 ސިފައިން މަރާލާފައިވާ ކަން އިއުލާންކޮށްފި.

  • ނަހަލް ބްރިގޭޑްގެ 932 ވަނަ ބެޓޭލިއަންގެ އެއްގަމު އަސްކަރީ މީހެއް ކަމަށްވާ ޕެޓާ ޓިކްވާގެ، އަސްޗަލްވޫ ސާމާ، 20.
  • 7 ވަނަ އާމަރޑް ބްރިގޭޑްގެ 82 ވަނަ ބެޓޭލިއަންގެ ސިފައިންގެ މީހެއް ކަމުގައިވާ ސާޖަންޓް ފަސްޓް ކްލާސް ޝޯހަމްގެ، އޯރު ބްރެންޑެސް، 25.

09:12

ޖެނިންގައި މިވަގުތު ދަނީ ނިރުބަވެރިންނާ މުޖާހިދުން ބަޑީގެ ހަމަލާތަކެއް ބަދަލު ކުރަމުން.

09:11

ޣައްޒާގެ އުތުރު ސަރަހައްދުތަކުގައި ނިރުބަވެރިން ދޭ ހަމަލާތަކުގެ ސަބަބުން މެދުކެނޑުމެއް ނެތި ދަނީ ގޮވުންތަކުގެ އަޑު އިވެމުން ކަމަށް ރިޕޯޓްކޮށްފި.

08:56

ނިރުބަވެރި އިސްރާއީލުން އެ އެއްޗެއް އެންމެ ގަދަ ކުރާ އެކަތި ކަމުގައިވާ އަޔަން ޑޯމް ގެ ތަމީރު މިސައިލްއެއް މައްސަލަ ޖެހި ޓެލްއަވީވްގެ ގުޝް ޑާންގެ ގެއަކަށް ވެއްޓިއްޖެ. (ވީޑިއޯ)

ނޯޓު: އަޔަން ޑޯމް އަކީ ނިރުބަވެރިންގެ އަވަށްތަކުގެ ހިމާޔަތުގަ ބަހައްޓާފައިވާ ދިފާއީ ނިޒާމެއް.

މިސައިލް ހަމަލާއެއް އަންނަކަން ރާޑަރުން ދައްކަން ފަށާ ހިސާބުން އަޔަން ޑޯމް އިން ތަމީރު މިސައިލް އެއް ފޮނުވާލާ.

އަންނަ މިސައިލް ގޮއްވާލަނީ ތަމީރު މިސައިލް ބާރު ސްޕީޑްއެއްގައި ގޮސް އެއަށް އުރިގެން.

އަޔަން ޑޯމް އަކީ އެންމެ ދަށް ފަންތީގެ ދިފާއީ ނިޒާމެއް އަދި ނިރުބަވެރިން އަބަދުވެސް ފަހުރުވެރިވެ އޭގެ ވާހަކަ ދައްކާ އެއްޗެއް.

ނަމަވެސް ފަހުގެ ތާރީހެއްގަ އަޔަން ޑޯމްގައި މައްސަލަ ޖެހި އޭގެން ފޮނުވާ މިސައިލް އަނބުރާ ނިރުބަވެރި އިސްރާއީލުން ވެރިވެގެން ތިބި ތެލްއަވީވް އަށް ވެއްޓޭލެއް ވަނީ ގިނަވެފައި.

08:52

އިސްރާއީލުގެ ހަނގުރާމައިގެ އަސީރުންގެ މައުލޫމާތު ހޯދަން ކަމަށް ބުނެ އިސްރާއީލަށް އެހީތެރިވުމަށް ޝެޑޯ އާރް1 ޖާސޫސީ ބޯޓު ޣައްޒާގެ މައްޗަށް ފޮނުވާނެ ކަމަށް އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން އިއުލާންކޮށްފި.

08:41

ރޭގެ ބައެއް ޙަބަރުތައް ކުރުކޮށް:

  • ޣައްޒާގެ ޚާން ޔޫނިސް އަށް ނިރުބަވެރިން ވަރަށް ވަރުގަދަ ހަމަލާތަކެއް ދިނުން.
  • ޚާން ޔޫނިސްގެ އިރުއުތުރުގައި އޮންނަ އަލް ގަރާރާގެ އިރުމަތީގައި މުޖާހިދުންނާ ނިރުބަވެރިންގެ ހަމަލާތަކެއް ބަަދަލުކުރުން.
  • ނާބްލުސްގެ ދެކުނުގައި އޮންނަ ބެއިތާގައި މުޖާހިދުންނާ ނިރުބަވެރިންގެ ކުރިމަތި ލުމެއް ހިނގުން.
  • ނިރުބަވެރިންގެ ފައުޖުތަކުން ރަމަاللهގެ ބެއިރާ އަވަށަށް ރެއިޑް ޖެހުން.

*****************

ފާއިތުވެގެން ދިޔަ 58 ދުވަހަކީ ޣައްޒާގެ ރައްޔިތުންނަށް ހިތްދަތި ދުވަސްތަކެކެވެ. ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން، ނިރުބަވެރި އިސްރާއީލަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމަށް ނިރުބަވެރިން ވަރުގަދަ ހަަމަލާތަކެއްދީ، ޣައްޒާގެ ރައްޔިތުން ޝަހީދުކުރި ދުވަސްތަކެވެ.

ދެމަސް ދުވަހުގެ މުއްދަތަކަށް މި ހަނގުރާމަ ދިގުދެމިގެން ގޮސްފައިވާއިރު، މިދިޔަ މަހުގެ 24 އަކީ ދެފަރާތުން ކުރަމުން ދިޔަ ހަނގުރާމަ މެދުކަނޑާލައި، ދެފަރާތުގެ ހައްޔަރުގައި ތިބި މީހުން މިނިވަން ކުރުމަށް ޤަތަރު މެދުވެރިއަކަށްވެގެން، އެއްބަސްވުމެއް އެކުލަވާލި ހަފްތާއެވެ. މި އެއްބަސްވުން މިދިޔަ ހުކުރު ދުވަހަށް މި އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފައެވެ.

އެއްބަސްވުން ނިމުމާއި އެކީ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކޮށް، ނިރުބަވެރިން ވަނީ ހަމާސް ޖަމާއަތުން އެއްބަސްވުމާއި ހިލާފުވެފައިވާ ކަމަށް ބުނެ، އަނެއްކާ ވެސް ހަނގުރާމަ އިއުލާނު ކޮށްފައެވެ. މިއީ ޣައްޒާއަށް އަނދިރިކަން ވެރިވެގެން ދިޔަ ފަހަރެކެވެ.

މީގެ ކުރިން ހަމަލާތައް ދީފައި ނުވާ ސަރަހައްދުތަކަށް ހަމަލާތައް އަމާޒުކޮށްފައިވާއިރު، އެއްބަސްވުން ނިމުނު ދުވަހު ނިރުބަވެރިން ވަނީ ޣައްޒާގެ 200 އެއްހާ މީހުން އެއް ދުވަސް ތެރޭ ޝަހީދުކޮށްލާފައެވެ. އަދި އެތަކެއް އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި ރެފިއުޖީ ކޭމްޕްތަކަށް ހަމަލާދީފައިވާއިރު، އިއްޔެގެ ވަގުތެއްގައި ނިރުބަވެރިން ވަނީ ޣައްޒާގެ ދެކުނުގައި ދިރިއުޅެމުން އަންނަ ރައްޔިތުން އެތަން ދޫކޮށް އެހެން ހިސާބަކަށް ދިއުމަށް އަމުރުކޮށްފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ ޣައްޒާއާއި އިސްރާއީލާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު