ފިލިޕީންސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީން ބުނީ ފިލިޕީންސްއަށް އައިލެންޑަށް 6.6 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ ކަަމަށެވެ.

މި ބިންހެލުން އައިސްފައި ވަނީ 79 ކިލޯ މީޓަރު އަޑިންނެވެ.

މި ބިންހެލުމްާއި ގުޅިގެން ގެއްލުންތަކެއް ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ.

އިއްޔެ އެ ގައުމުގެ ދެކުނަށް 7.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައެވެ. އަދި އެ ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ވެސް ގައުމުތަކަށް ނެރުނުއިރު، ފަހުން އެ އިންޒާރު ވަނީ ކެންސަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު