ފަލަސްތީނުގެ ޣައްޒާ އަށް ވަދެ، ހަނގުރާމަ ކުރަމުން އަންނަ ނިރުބަވެރި އިސްރާއީލް އަސްކަރިއްޔާގެ ސިފައިންގެ މީހަކު މަރާލައިފިއެވެ.

އިސްރާއީލުގެ ޣައްޒާގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އިތުރު ދެ ސިފައިން މަރުވެފައިވާ ކަމަށް އަސްކަރިއްޔާއިން މިއަދު ވަނީ ބުނެފައެވެ.

އަސްކަރިއްޔާއިން ބުނިގޮތުގައި ކުރިމަތިލުންތަކުގައި މަރުވި އެއް ސިފައިންގެ މީހާއަކީ ޕެޓާ ޓިކްވާއަށް ނިސްބަތްވާ ސްޓާފް ސާޖަންޓް އަޝްޗަލްވު ސަމާ، 20އ. އެވެ. އޭނާއަކީ ނަހަލް ބްރިގޭޑްގެ 932 ވަނަ ބެޓަލިއަންގެ އިންފެންޓްރީ ސިފައިންގެ މީހެކެވެ. މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ސަމާ ޒަހަމްވެފައިވާއިރު، އޭނާ މަރުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ދެން މަރުވި ސިފައިންގެ މީހާއަކީ ޝޮހަމްއަށް ނިސްބަތްވާ ސާޖަންޓް ފަސްޓް ކްލާސް (ރެސް) ނުވަތަ ބްރޭންޑެސް، 25އ. އެވެ، އަކީ ހަތް ވަނަ އާމަޑް ބްރިގޭޑްގެ 82 ވަނަ ބެޓަލިއަންގައި ހަރަކާތްތެރިވި ސިފައިންގެ މީހެކެވެ. ޣައްޒާގެ މެދުތެރޭގައި ހޮނިހިރު ދުވަހު ހިނގި ހަނގުރާމައިގައި އޭނާ ވަނީ މަރައިލާފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލާ ދެކޮޅަށް ކުރާ ހަނގުރާމައިގައި 400 އާ ގާތް ކުރާ އަދަދަކަށް ސިފައިން ވަނީ މަރާލައިފައެވެ. އަދި އެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ޖުމްލަ 1،200 އަށް ވުރެ ގިނަ މީހުން ވެސް ވަނީ މަރާލައިފައެވެ.