ކުވައިތުގެ އާ އަމީރަކަށް ވަލީ އަހުދު ޝައިހް މެޝާލް އަލް އަހްމަދު އަލް ޖަބީރު އަލް ސަބާހް އައްޔަންކުރައްވައިފިއެވެ.

އުމުރުން 83 އަހަރުގެ ޝެއިޚް މެޝާލް މި މަޤާމަށް އައްޔަން ކުރެވުނުކަން އެޤައުމުގެ ކެބިނެޓުން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.

ޝެއިޚް މެޝާލް އަކީ ޝައިހް ނަވާފް އަލް އަހްމަދުގެ ކޮއްކޯފުޅެވެ.

އުމުރުން 83 އަހަރުގެ ޝެއިޚް މެޝަލް މީގެ ތިން އަހަރު ކުރިން ވަލީއަހުދުގެ މަގާމަށް ވަޑައިގަތުމުން އާންމުންގެ ލޮލުގައި އަޅައިގަތުމުގެ ކުރިން އޭނާގެ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކުރެއްވީ ގަލްފް ސްޓޭޓްގެ ސަލާމަތާއި ދިފާއީ ވަސީލަތްތައް ބިނާކުރުމުގައި އެހީތެރިވުމުގައެވެ.

އޭނާ އިތުރަށް ފާހަގަވެގެން ދިޔައީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނާޒުކު އަމީރު ޝެއިޚް ނަވާފްގެ ގިނަ މަސްއޫލިއްޔަތުތައް އޭނާއާ ހަވާލުކުރުމުންނެވެ. ތިން އަހަރަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުވައިތުގެ ތިން ވަނަ އަމީރަށް ޝެއިޚް މެޝާލް ވެއްޖެއެވެ.

2020 ވަނަ އަހަރާ ހަމައަށް އެ މަގާމުގައި ވެރިކަމުގައި ހުންނެވީ 1990 ވަނަ އަހަރު އިރާގުގެ އަތްދަށުން ކުވައިތު ސަލާމަތްކޮއްދިނުމަށް އެހީތެރިވެދެއްވި އަރަބި ދުނިޔޭގެ ފާހަގަކޮށްލެވޭ ފަރާތެއް ކަމަށްވާ ޝެއިޚް ސަބާހު އަލް އަހުމަދެވެ.

ކުވައިތުން މިހާރުވެސް އޯޕެކް ގައުމުތަކުގެ ތެޔޮ އުފައްދާ ކުންފުނީގެ ވެރިކަން ކުރަމުންދާއިރު ، ޝައިޚް މެހްޝަލް ގަލްފް އަރަބި އެއްބައިވަންތަކަމާއި ހުޅަނގުގެ އިއްތިހާދުތަކާއި ރިޔާދާ ރަނގަޅު ގުޅުންތައް ހިމެނޭ ގޮތަށް ކުވައިތުގެ މުހިންމު ޚާރިޖީ ސިޔާސަތުތައް ދަމަހައްޓަވާނެ ކަމަށް ބެލެވެއެވެ.

ކުވެއިތުގެ އަމީރު ޝައިހް ނަވާފް އަލް އަހްމަދު އިއްޔެ ނިޔާވުމާއި ގުޅިގެން އައު އަމީރެއް އައްޔަން ކުރެވުނީއެވެ. އަމީރު ޝައިހް ނަވާފް އަލް އަހްމަދުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ޖަނާޒާ އޮންނާނީ ކުވައިތު ސިޓީގެ ބިލާލް އިބްނު ރަބާހު މިސްކިތުގައެވެ.

ކުވައިތު ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނާގޮތުން ޝައިހް ނަވާފް އަވަހާރާވުމާއި ގުޅިގެން 40 ދުވަހަށް ހިތާމަ ފާޅުކުރުމަށް އެ ޤައުމުން ވަނީ ނިންމާފައެވެ.

ޝައިޚް ނަވާފް ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ މަހު ކުއްލި ސިއްހީ މައްސަލައަކާ ގުޅިގެން ކަމަށް ދައުލަތުގެ ނޫސް އެޖެންސީ "ކުނާ" އިން ވަނީ ރިޕޯޓްކޮށްފައެވެ. ސިއްހީ ގޮތުން ދިމާވި ވަކި މައްސަލައެއް ތަފްސީލުކޮށް ހާމަކޮށްފައި ނުވެއެވެ.