އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެ އެތައް ބަޔަކު މަޖުބޫރުން މަގުމަތިކޮށް ޣައްޒާގެ ދެކުނަށް ފޮނުވާލާފައިވާއިރު، ޣައްޒާއަށް ދިމާވެފައިވާ އިންސާނީ ކާރިސާގެ ހާލަތު ދަނީ ހައްތަހާ ގޯސް ވަމުންނެވެ.

ޣައްޒާގައި ބަނޑުހައިވެ ގޮތް ހުސްވެފައި ތިބި ރައްޔިތުން މިހާރު މިވަނީ ޣައްޒާއަށް ވައްދާ އެހީގެ ލޮރީތައް ލޫޓުވަން ފަށާފައެވެ. އެގޮތުން އިއްޔެ ފެނުނު މަންޒަރަކީ މިސްރުގެ ސަރަހައްދީ އިން ކައިރީ ޣައްޒާގެ ރަފާހް ސަރަހައްދުގައި، ކާނާއާއި އެހެނިހެން ތަކެތި ހޯދުމަށް، އެހީ އުފުލަމުންދާ ލޮރީ ތަކަށް އެތައް ބަޔަކު އަރައިގަންނަ މަންޒަރެވެ.

އެހީ ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ ލޮރީތައް ރަފާހު ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަނުމުން އެތައް ބަޔަކު ވަނީ ލޮރީތައް ވަށާލައި، ބައެއް ލޮރީތައް މަޑުކުރުމަށް މަޖުބޫރު ކޮށްފައެވެ. އަދި އެއަށްފަހު ލޮރީތަކަށް އަރައިގަނެ، ކާނާއާއި ފެން ހުރި ފޮށިތައް ލޮރީތަކުން ވަނީ ބާލައިފައެވެ.

ބައެއް ލޮރީތައް ކައިރީ ދަނޑިބުރިތަކެއް ހިފައިގެން މާސްކު އަޅައިގެން ތިބި ބަޔަކު ލޮރީތަކުގެ ހިމާޔަތުގައި ތިބޭ މަންޒަރުވެސް ފެނެއެވެ.

"މިތަނުގެ އިންސާނީ ހާލަތު މިވަނީ ވަރަށް ގޯސްވެފައި. އެއީ ހަމައެކަނި ރަފާހް ގެ ރައްޔިތުންނަށް އެކަންޏެއް ނޫން، މަގުމަތިވެފައި ތިބި އެއް މިލިއަން ފަލސްތީނުގެ ރައްޔިތުންނަށްވެސް. ހަނގުރާމަ ކުރިއަށްދާ ވަރަކަށް އެމީހުން ދަނީ ބަނޑުހައިވަމުން، ކަރުހިއްކަމުން، އަދި ނަފްސާނީ ވަމުން." ރަފާހުގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ހާނީ މަހުމޫދު ބުނެފައި ވެއެވެ.

މަހުމޫދު ބުނެފައިވަނީ ޣައްޒާއަށް ވައްދަން ހުއްދަ ލިބިފައިވާ އެހީގެ މިންވަރު ވަރަށް މަދު ކަމަށެވެ.

"މީހުންގެ އަތުގައި އެކައްޗެއްވެސް ނެތް، ގެދޮރެއް ނެތް، ކާއެއްޗެހި ހޯދާނެ ގޮތެއް ނެތް، ފެނެއް ނެތް އަދި ސިއްހީ ވަސީލަތްތަކެއް ނެތް. އެހެންކަމުން ރަފާހް ހުރަސް ކައިރިން ފެނުނު މަންޒަރަކީ އިންސާނީ ޠަބީއަތް. މީހުން ބަނޑުހައިހޫނުކަމުގައި މަރުވާ ހިސާބަށް ދިއުމުން ފެންނާނީ މިފަދަ ކަންތައްތައް ހިނގާ މަންޒަރު." މަހުމޫދު ބުނެފައިވެއެވެ.

ޣައްޒާގެ ރައްޔިތުން ވަނީ "ކާނާއަށްޓަކައި ގޮތް ހުސްވެފައި" ކަމަށާއި އޭގެ ސަބަބުން އެމީހުން ދަނީ އެހީގެ ލޮރީތައް ހުއްޓުވާ، އެމީހުންނަށް ފެނުނު އެއްޗެއް ވަގުތުން ވަގުތަށް ކަމުން ކަމަށް އދ. އިންވެސް މި ހަފްތާ ބުނެފައި ވެއެވެ.

އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް އިން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނީ ޣައްޒާގެ 2.3 މިލިއަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައި ތިބީ ބަނޑުހައިހޫނުކަން މަތީގައި ކަމަށެވެ.

ޣައްޒާއަށް އެކަށީގެންވާ ވަރަށް އެހީ ނުވެއްދޭ އިރު، އިސްރާއީލު ސިފައިން ބަލައިފާސްކުރުމުގެ ސަބަބުން ވެއްދޭ މިންވަރުވެސް ވެއްދެނީ ލަސް ދުވެއްޔެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަލާޙް

    އިއްޔެއާ އޭގެ ކުރީދުވަހުންސުރެ، ކަނޑުމަގުން އިސްރާއީލަށް ނުގެންދެވުނު ކާބޯތަކެތި ގެންގޮސްދިނުމަށްޓަކައި ޔޫއޭއީ އާއި ޖޯޑަން އާއި ސައުދީގެ ޤާފިލާތަށް ވަނީ އިޒުރޭލަށް ދެވޭ މަގުތަށް ފުރާލާފަ! ހައްދަވާ ބޮޑުކުރެއްވި މާތް ރަސްކަލާކޮ! ޔޫއޭއީ އާއި އެތާގެ އަހުލުވެރިންނަށާއި، މޮރޮކޯއާއި އެތާގެ ވެރިންނަށާއި، ޢުރުދުންއާއި އަދި ސައުދީ އަރަބިއްޔާގެ ވެރިންނާއި، އެވެރިންނަށް ޘަނާކިޔާ ރައްޔިތުންނަށް އާއްމުވެގެންވާ ބަލާވެރިކަމަކާއި، މުސީބާތްތައް މަތިމަތިން ފޮނުއްވާށި! އަދި އަޑިއަޑިން މުސްލިމުންނަށް ޚިޔާނަތްވަމުންދާ އެންމެންތައް ބޭޒާރު ކުރައްވައި، ޤިޔާމަތްދުވަހުން އެ އެންމެން މުނާފިޤުންގެ ތެރެއިން ލައްވައި، ދުވަހަކުވެސް ނަރަކައިން ނުނުކުންނަ ބައެއް ކަމުގައި ލައްވަވާށި! ވަ ޞައްލައްﷲ އަލާ މުހައްމަދިން ވައާލިހީ ވަސަޙްބިހީ ވަސައްލަމަ! އަލްޙަމްދު ލިއްލާޙި ރައްބިލް ޢާލަމީން! އާމީން

    15
    1
  2. ފަލާޙްހް

    އިއްޔެއާ އޭގެ ކުރީދުވަހުންސުރެ، ކަނޑުމަގުން އިސްރާއީލަށް ނުގެންދެވުނު ކާބޯތަކެތި ގެންގޮސްދިނުމަށްޓަކައި ޔޫއޭއީ އާއި ޖޯޑަން އާއި ސައުދީގެ ޤާފިލާތަށް ވަނީ އިޒުރޭލަށް ދެވޭ މަގުތަށް ފުރާލާފަ! ހައްދަވާ ބޮޑުކުރެއްވި މާތް ރަސްކަލާކޮ! ޔޫއޭއީ އާއި އެތާގެ އަހުލުވެރިންނަށާއި، މޮރޮކޯއާއި އެތާގެ ވެރިންނަށާއި، ޢުރުދުންއާއި އަދި ސައުދީ އަރަބިއްޔާގެ ވެރިންނާއި، އެވެރިންނަށް ޘަނާކިޔާ ރައްޔިތުންނަށް އާއްމުވެގެންވާ ބަލާވެރިކަމަކާއި، މުސީބާތްތައް މަތިމަތިން ފޮނުއްވާށި! އަދި އަޑިއަޑިން މުސްލިމުންނަށް ޚިޔާނަތްވަމުންދާ އެންމެންތައް ބޭޒާރު ކުރައްވައި، ޤިޔާމަތްދުވަހުން އެ އެންމެން މުނާފިޤުންގެ ތެރެއިން ލައްވައި، ދުވަހަކުވެސް ނަރަކައިން ނުނުކުންނަ ބައެއް ގޮތުގައި ލައްވަވާށި! ވަ ޞައްލައްﷲ އަލާ މުހައްމަދިން ވައާލިހީ ވަސަޙްބިހީ ވަސައްލަމަ! އަލްޙަމްދު ލިއްލާޙި ރައްބިލް ޢާލަމީން! އާމީން

    12
    3
  3. ހެޔޮއެދޭ މީހާ

    ފަލާހް އަށް ބުނެލަން އޮތީ މުސްލިމުން ބައިބައި ކުރަން ޔަހޫދީން ފަތުރާ ދޮގު ހަބަރުތަކަށް އެއްބާރުލުން ނުދޭށޭ. ތިއީ ސައްޙަ ވާހަކަ އެއް ނޫން. ކޮމެންޓު ކުރުމުގެ ކުރިން އަމިއްލަ އަށް ހަޤީގަތް ހޯދާލުން ބުއްދިވެރި. މިކަހަލަ ކިތަންމެ ދޮގު ޚަބަރެއް ފަތުރާ މިހާރު. ބޭނުމަކީ މުސްލިމުން ބައިބައި ކޮށްލުން. ފަލާޙް އަށް ހެޔޮ ވިސްނުން މިންވަރު ކުރައްވާވާށި. އާމީން.