22:45

ފަލަސްތީނުގެ ޣައްޒާ އަށް ވަދެ ހަނގުރާމަ ކުރަމުން ދަނިކޮށް އިސްރާއީލުގެ ސިފައިންގެ އިތުރު ދެ މީހަކު މަރާލައިފި

22:36

ރަފާގައި ކާބޯތަކެއްޗާއި ތެލުގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅުގައި ފަލަސްތީނު މީހުން ކައްކަނީ - ފޮޓޯ: އޭއެފްޕީ
ރަފާގައި ކާބޯތަކެއްޗާއި ތެލުގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅުގައި ފަލަސްތީނު މީހުން ކައްކަނީ - ފޮޓޯ: އޭއެފްޕީ
ރަފާގައި ކާބޯތަކެއްޗާއި ތެލުގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅުގައި ފަލަސްތީނު މީހުން ކައްކަނީ - ފޮޓޯ: އޭއެފްޕީ
ރަފާގައި ކާބޯތަކެއްޗާއި ތެލުގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅުގައި ފަލަސްތީނު މީހުން ކައްކަނީ - ފޮޓޯ: އޭއެފްޕީ

22:34

"ހަމާސް އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައަކީ ވަކިން ހާއްސަކޮށް މިސްރުގެ ގައުމީ ސަލާމަތަށް އަދި އާންމުކޮށް ފަލަސްތީނުގެ ބޭނުމަށް އޮތް ނުރައްކަލެއް" ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވިދާޅުވެއްޖެ

އަލް ސީސީ މިހެން ވިދާޅުވީ ތިން ވަނަ ރިޔާސީ ދައުރެއް ކާމިޔާބު ކުރެއްވިކަން އިއުލާނު ކުރެއްވުމަށް ފަހު ޓީވީތަކުން ދެއްކެވި ވާހަކަފުޅުގައި

22:33

އަލްޖަޒީރާގެ މުވައްޒަފެއްގެ ގެއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ޝަހީދުވެއްޖެ.

ޝަހީދުވެފައި ވަނީ އަލްޖަޒީރާގެ އަރަބި ވެބްސައިޓުގެ މިދާން ޕޭޖުގެ އޯޑިއޯ ކޮމެންޓޭޓަރެއް ކަމަށްވާ އަބްދުالله އަލްވާން

އޭނާ ޝަހީދުވީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާގައި ހުންނަ އޭނާގެ އާއިލާގެ ގެއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި.

 

22:31

ހޫތީންގެ ހަމަލާތަކާ ގުޅިގެން ޝިޕިން ކުންފުނިތަކުން ރެޑް ސީ ނެވިގޭޝަން މެދުކަނޑާލައިފި

21:45

ނިރުބަވެރު އިސްރާއީލުން އަލްއަވްދާ ހޮސްޕިޓަލް ބަލައި ފާސްކޮށް ބަލި މީހުންނާއި ޒަހަމްވި މީހުންނާއި ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 16 އަހަރުން މަތީގެ އެންމެން ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވެއްޖެ

21:14

ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަމާއި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ތުރުކީގެ ވޫޝޫ ޗެމްޕިއަނެއް ކަމަށްވާ ނެކްމެޓިން އަކިއުޒް ފަލަސްތީނުގެ ދިދަ އުފުލައިފި

20:12

އިޒްރޭލުގެ ގިނަ އަމާޒުތަކަކަށް ހަމަލާދިން ކަމަށް ކަސާމް ބްރިގޭޑްސް އިން ބުނެފި

ހަމާސްގެ އަސްކަރީ ގޮފިން ބުނަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް.

20:09

ފަލަސްތީނުގެ އުތުރުގައި އޮންނަ ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ރޭ އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދާއެކު 24 ގަޑިއިރު ތެރޭގައި ޝަހީދުވި މީހުންގެ އަދަދު 151 އަށް އަރައިފި.

18:59

ރަތް ކަނޑުގެ ދެ އުޅަނދު ކަމަށްވާ ސްވާން އެޓްލާންޓިކް އަދި އެމްއެސްސީ ކްލާރާއަށް ދިން ހަމަލާގެ ޒިންމާ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ ޖަމާއަތުން އުފުލައިފި.

އެ ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރިއާ އެކްސްގައި ޝާއިއުކުރި ބަޔާނެއްގައި ބުނީ ހަމަލާތައް ދީފައިވަނީ ކަނޑުގެ ސިފައިންގެ ޑްރޯންތައް ބޭނުންކޮށްގެން ކަމަށް

އަދި ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ހަމަލާތަކުގެ އަލީގައި ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަމާއެކު އެމީހުން ތިބިކަމަށް ވަަނީ ބުނެފައި.

18:58

އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރަފާ ކްރޮސިން މެދުވެރިކޮށް މިސްރުގެ އަސްކަރިއްޔާގެ އިންސާނީ އެހީއާއެކު 4،301 ޓްރަކް ލިބިފައިވާ ކަމަށް ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ބުނެފި.

މި ޓްރަކްތަކުގައި ކާބޯތަކެއްޗާއި ފެނާއި ރިލީފް އެއިޑްގެ އިތުރުން ސިއްހީ ސާމާނާއި ބޭސް ވެސް ހިމެނޭ.

އެ އެސޯސިއޭޝަނުގެ ޖުމްލަ ހިއްސާގެ ޓްރަކްތަކުގެ އަދަދަކީ 2،746 ޓްރަކް ކަމަށް ވަަނީ ބުނެފައި. އެ ޓްރަކްތަަކުގައި ހުރި ތަކެތި ބަހާފައިވަނީ ހިޔާތަކާއި ޑިސްޕްލޭސްމަންޓް ސެންޓަރުތަކާއި ހޯސްޓް އާއިލާތަކާއި ރެސިޑެންޝަލް ކޮމިއުނިޓީތަކާއި ކަމާ ގުޅުންހުރި ފަރާތްތަކަށް ކަމަށްވެސް ބުނެފައިވޭ.

ހަނގުރާމައިގެ ދުވަސްވަރު ރެޑް ކްރެސެންޓުން ވަނީ ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް 310 ޓްރަކް ފޮނުވާފައި.

އެގޮތުން ޔޫއެންއާރުޑަބްލިއުއޭ އާއި ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކަށް 1،555 ޓްރަކް ޑެލިވަރީކޮށްފައިވާ ކަމަށް ބުނެފައިވޭ.

18:57

އެމެރިކާގެ ޑިފެންސް ޗީފް އިސްރާއީލުގެ ބޮޑުވަޒީރާ އެކު ތެލްއަވީވްގައި މަޝްވަރާ ކުރަމުންދާ ކަަމަށް މިޑިއާ ރިޕޯޓްތައް ބުނެފި.

18:55

ޣައްޒާގެ ހަނގުރާމަ މެދުކަނޑާލަން އީޔޫގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ގޮވާލައްވައިފި

މި ހަމަނުޖެހުންތަކާ ބެހޭ ގޮތުން އެންމެ ފަހުން ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވެފައިވަނީ ޣައްޒާގައި އާންމުންގެ "ވަރަށް ގިނަ" މީހުން ޝަހީދުވެފައިވާ ކަމަށް

"އިސްރާއީލުގެ ޣައްޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގައި ވަރަށް ބޮޑު ތަފާތެއް ނެތްކަން އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ،"

18:53

ނޯވޭގެ އުޅަނދެއް ރަތް ކަނޑުގައި "ނޭނގޭ އެއްޗެއް" ޖެހި އެކްސިޑެންޓެއް ހިނގައިފި ކަމަށް އެ ދޯނީގެ ވެރިފަރާތުން ބުނެފި.

ނޯވޭގެ އިންވެންޓަރ ކެމިކަލް ޓޭންކަރުސް އިން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާގައި އިންޑިއާގެ ފަޅުވެރިންގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ދޯންޏަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވާ ކަމަށް.

މި ހަމަލާ އަމާޒުވެފައި ވަނީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ ހަމަލާތަކާ ގުޅިގެން ޝިޕިން ކުންފުނިތަކުން އެ ސަރަހައްދުގެ ޓްރާންސިޓް މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައި.

16:49

ޝިފާ ހޮސްޕިޓަލް ތެރެއިން ވަރަށް ބޮޑަށް ކަޅު ދުންގަނޑެއް އަރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި. މި ހޮސްޕިޓަލަކީ އިސްރާއީލްގެ ހަމަލާތައް ވަރަށް ބޮޑަށް އަމާޒުވެފައިވާ ތަނެއް.

 

14:04

ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އެންމެ ފަހުން ދިން ހަމަލާ.
ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އެންމެ ފަހުން ދިން ހަމަލާ.
ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އެންމެ ފަހުން ދިން ހަމަލާ.
ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އެންމެ ފަހުން ދިން ހަމަލާ.

14:02

ޣައްޒާގެ ރަފާހް ސަރަހައްދުގައި ވެއްޓިފައިވާ އިމާރާތެއްގެ ދަށުގައި ތިބި ބަޔަކު ހޯދުމުގެ މަސައްކަތް ފަލަސްތީނުގެ ރައްޔިތުން ކުރަނީ.

13:39

ފަލަސްތީނުގެ ޣައްޒާގައި ހަމާސްގެ މުޖާހިދުން ބޭނުން ކުރާ ބިމުގެ އަޑީގެ ބޮޑު ބިންގަރާހެއް ހޯދާފައިވާ ކަމަށް އިސްރާއީލުން ބުނެފި.

12:00

ޝިފާ ހޮސްޕިޓަލްގައި ހުރި ސާޖިިކަލް އިމާރާތަށް އިސްރާއީލުން ބޮން އަޅައި ބަޔަކު ޝަހީދުކޮށްލައިފި.

11:05

އިސްރާއީލްގެ އަސްކަރިއްޔާ އިން ޣައްޒާގެ އަލް-އައުދާ ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު މުހަންނާ ހައްޔަރުކޮށްގެން ގެންދިޔަ ތަނެއް ނޭނގޭ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް-ގުދްރާ ވިދާޅުވެއްޖެ.

11:04

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިން ބަޑި ޖަހައި ފަލަސްތީނުގެ ޒުވާނަކު ޒަހަމްކޮށްލައިފި.

10:29

ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އިސްރާއީލަށް ވަޑައިގަންނަވާނެ.

09:39

ފަލަސްތީނުގެ ޣައްޒާ އަށް ވަދެ ހަނގުރާމަ ކުރަމުން ދަނިކޮށް އިސްރާއީލުގެ ސިފައިންގެ އިތުރު ހަތަރު މީހަކު މަރާލައިފި.

09:24

އިތުރު ޝިޕިންގް ކުންފުންޏަކުން އިސްރާއީލަށް މުދާ އުފުލުން މެދު ކަނޑާލައިފި.

09:04

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެ އެތައް ބަޔަކު މަޖުބޫރުން މަގުމަތިކޮށް ޣައްޒާގެ ދެކުނަށް ފޮނުވާލާފައިވާއިރު، ޣައްޒާއަށް ދިމާވެފައިވާ އިންސާނީ ކާރިސާގެ ހާލަތު ދަނީ ހައްތަހާ ގޯސް ވަމުން.

08:56

އިސްރާއީލުން ނުސެއިރާތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ.

08:54

ފަލަސްތީނުގެ އަންހެން ނޫސްވެރިއެއް ކަމުގައިވާ ހަނީން އަލީ އަލް-ގަސްތަން ޝަހީދުކޮށްލައިފި. އޭނާ ޝަހީދުކޮށްލާފައި ވަނީ އިސްރާއީލުން ޣައްޒާގެ ނުސައިރާތު ރެފިއުޖީ ކޭމްޕަށް ބޮން އަޅައި ދިން ވައިގެ ހަމަލާގައި.

08:36

އިސްރާއީލުން ޣައްޒާގެ ނަސީރް ހޮސްޕިޓަލަށް ދީފައި ހުރި ގެއްލުން
އިސްރާއީލުން ޣައްޒާގެ ނަސީރް ހޮސްޕިޓަލަށް ދީފައި ހުރި ގެއްލުން
އިސްރާއީލުން ޣައްޒާގެ ނަސީރް ހޮސްޕިޓަލަށް ދީފައި ހުރި ގެއްލުން

ފަލަސްތީނުގެ ޣައްޒާއަށް ނިރުބަވެރި އިސްރާއީލުން ދެމުންގެންދާ ހަމަލާތައް މެދުކެނޑުމެއް ނެތި ދެމުން އަންނަ އިރު، އިސްރާއީލުން ރޭގައި ވަނީ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ވައިގެ ހަމަލާއެއްދީ 90 މީހުން ޝަހީދުކޮށްލައިފައެވެ. އޭގެއިތުރުން އިސްރާއީލުން ވަނީ ޣައްޒާގައި ހުރި ބައެއް ހޮސްޕިޓަލްތަކަށް ވެސް ހަމަލާދީފައެވެ.

އެގޮތުން އިސްރާއީލުން ޣައްޒާގެ ދެކުނުގައި ހުންނަ ނަސީރް ހޮސްޕިޓަލްގެ މެޓާނިޓީ ވޯޑަށް ދިން ވައިގެ ހަމަލާއެއްގައި ކުޑަކުއްޖަކު ޝަހީދުވެ، ތިން މީހަކު ޒަހަމްވެފައިވެއެވެ.

އިސްރާއީލާއި ލުބުނާންއާ ދެމެދުގައި ވެސް ހަމަލާތައް ބަދަލު ކުރުންތައް ކުރިއަށްދާ އިރު، ލުބުނާނުން އެންމެ ފަހުން ބުނެފައިވަނީ އެމީހުންގެ ހަމަލާތަކުގައި އިސްރާއީލް ސިފައިންގެ ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.

ހަމާސްގެ އިސް އޮފިޝަލުން ވިދާޅުވާގޮތުގައި އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގެ ސަބަބުން 8،000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ނިރުބަވެރިން ގެންދަނީ ޣައްޒާގެ އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. މިހާރު ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 19،000 އަށް އަރައެެވެ. މީގެ ތެރޭގައި ތުއްތު ކުދިންނާއި އަންހެނުން ގިނައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.