ފަލަސްތީނުގެ ޣައްޒާގައި ހަމާސްގެ މުޖާހިދުން ބޭނުން ކުރާ ބިމުގެ އަޑީގެ ބޮޑު ބިންގަރާހެއް ހޯދާފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ. މިއީ ފަލަސްތީނުގެ ޣައްޒާ އިން އިސްރާއީލަށް މިހާތަނަށް ފެނުނު އެންމެ ބޮޑު ބިންގަރާސް ކަމަށް އިސްރާއީލުން ބުނެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ މި ބިންގަރާސް ހޯދާފައި ވަނީ ޣައްޒާގެ އުތުރުގެ ސަރަހައްދުން ކަމަށެވެ. މި ބިންގަރާހަކީ ހަތަރު ކިލޯމީޓަރު (2.5 މޭލު) ގެ ބިންގަރާހެއް ކަމަށާއި މި ބިންގަރާސް ބޭނުންކޮށްގެން ވެހިކަލްތަކަށް ވެސް ވަކި ހިސާބަކަށް ދަތުރު ކުރެވޭ ކަމަށް އަސްކަރިއްޔާ އިން ބުނެއެވެ. ހަމާސް އިން މި ބިންގަރާހުގެ 165 ފޫޓަށް ދެމިގެންދާ ކަން ފާހަގަކޮށް އިސްރާއީލުން ބުނީ އެ ތަން ފެނުނީ އިސްރާއީލުން ހިފާފައިވާ އެރޭޒް ބޯޑަރު ކައިރިން ކަމަށެވެ.

އިސްރާއީލްގެ ސިފައިން ވަނީ މި ބިންގަރާހަށް ވަދެ އެ ތަނުގެ ތެރެ ބަލައި ފާސްކޮށްފައެވެ. އެ ތަން ބަލައި ފާސް ކުރުމުގެ ތެރޭގައި ކަރަންޓާއި މުއާސަލާތީ ހިދުމަތްދޭ ލައިންތަކާއި ބޮން ހަރުކޮށްފައިވާ ދޮރުތައް ވެސް ފެނިފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.

އަދި އެ ތަނުގެ ތެރެއިން ގިނަ އަދަދެއްގެ ހަތިޔާރު ވެސް ހޯދާފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލްގެ ސިފައިންނަށް ހަމަލާ ދިނުމުގައި މައިގަނޑު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ ބިންގަރާސްތަކެވެ. ޣައްޒާގައި ގިނަ އަދަދެއްގެ ބިންގަރާސްތަކެއް ހަދާފައި ހުރި އިރު، އިސްރާއީލުން ބުނެފައި ވަނީ އޭގެ ތެރެއިން ގިނަ ބިންގަރާސްތަކެއް ހޯދިފައިވާ ކަމަށެވެ. އަދި ބައެއް ބިންގަރާސްތަކުގައި ތިބި ހަމާސްގެ މުޖާހިދުން ޝަހީދުކޮށްލާފައިވާ ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުން ބުނާ ގޮތުން ނަމަ، އެއްގަމު މަގުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ހަމާސްގެ ވަރަށް ގިނަ ބިންގަރާސްތަކާ ގުޅޭ މައުލޫމާތުތައް ވަނީ އެއް ކުރެވިފައެވެ.

އިސްރާއީލަށް ގިނަ އަދަދެއްގެ ބިންގަރާސްތަކެއް ހޯދުނު ކަމުގައި ވިޔަސް، ހަމާސްގެ ބާރު ދަށް ކުރެވިފައެއް ނުވެއެވެ. ހަމާސް އިން ދަނީ މެދުކެނޑުމެއް ނެތި އިސްރާއީލް ސިފައިންނާ ކުރިމަތިލައި، އެމީހުންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އެގޮތުން މިހާތަނަށް އައިއިރު އިސްރާއީލްގެ 400 އަށް ވުރެ ގިނަ ސިފައިން ވަނީ މަރާލައިފައެވެ. އޭގެ ތެރޭގައި އެއްގަމު މަގުން ޣައްޒާ އަށް އަރައިގަނެ ހަނގުރާމަ ކުރަމުންދާ 126 ސިފައިން ހިމެނެއެވެ. ހަމާސް އިން ވަނީ އިސްރާއީލްގެ ވަރަށް ގިނަ އުޅަނދުތައް ވެސް ހަލާކުކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސައްހަ ހަބަރު

    އެއްގަމު މަގުން އައިޑީއެފްގެ 4000ހާސްއަށް ވުރެގިނަ ސިފައިން ހަމާސްގެ ހަމަލަތަކުގައި މަރުވެދާނެ ..

  2. ހުސޭނުބޭ

    ތިއީ ހަދާފައި އިން ފޮޓޯގަނޑެއް!

    12
    1
  3. ބިގޭ

    މިއީ އަސްލެއްނުން. ކިތަންމެ ސަުވާލެއް އެބަހުރި.

  4. މުހައްމަދު ސައީދު

    ކޮބާތަ ތިތާގެ އެތެރެ ދައްކަ ބަލަ ލައިވް ކޮށް !

  5. Anonymous
  6. ޝްރޭ

    ފޭކް ފޮޓޯ އެޑިޓް ކުރެވިފައި