އެފްރިކާގެ އެންމެ އާބާދީ ބޮޑު ގައުމުގެ ލީޑަރުގެ މަޤާމަށް ތިން ވަނަ ދައުރަކަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އިންތިޚާބުވެއްޖެއެވެ.

ނޭޝަނަލް އިލެކްޝަންސް އޮތޯރިޓީން މިއަދު ބުނީ ސީސީ އަށް ލިބިވަޑައިގަތީ 89.6 ޕަސެންޓް ވޯޓު ކަމަށެވެ.

އަރަބި ދުނިޔޭގެ އެންމެ އާބާދީ ބޮޑު މިސްރުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އިންތިހާބަށް ފަހު މިދިޔަ އަންގާރަ ދުވަހު ވަނީ ވޯޓުލުން ހުއްޓާލައިފައެވެ.

މި ވޯޓަކީ، އަވަށްޓެރި ޣައްޒާގައި އިސްރާއީލާއި ހަމާސް ހަނގުރާމައާއި، އެޤައުމުގައި މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އިޤްތިޞާދީ ކާރިސާފަދަ ތަފާތު ކާރިސާތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެކެވެ.

2013 ވަނަ އަހަރު އެގައުމުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ވެރިކަން ވައްޓާލުމަށްފަހު ސީސީ ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންފައެވެ. އޭނާ އަލުން އިންތިހާބުވީ 2018 ވަނަ އަހަރުއެވެ. މީގެ ކުރިން ބޭއްވި ދެ އިންތިހާބުގައި ވެސް އޭނާ ކާމިޔާބު ކުރެއްވީ 97 ޕަސެންޓް ވޯޓާއެކުއެވެ.

ސީސީގެ ވެރިކަމުގައި މިސްރުގެ އިންސާނީ ހައްގުތަކުގެ ރެކޯޑަށް ބައިނަލްއަގުވާމީ މޮނިޓަރުން ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނައިރު، އެ ކަމުގެ ސަބަބުން އެތައް ހާސް ބަޔަކު ޖަލަށްލާފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    189 ޕަސެންޓެއްނޫންތަ ލިބުނީކީއެއް! މި ސޮރުވެސް މައުމޫނަކަށްވުރެ ދެރައެއްނޫން!

    8
    1
  2. ހުސްނުވާ

    މި ސީސީއަކީ ޔަހޫދީންނާއި ނަސާރާއިންނަށް ވެރިކަންކޮށްދޭން މިސުރުގައި ހުންނަ ހިޔަޅެއް!

    10
  3. ނިފާލް

    ތި ސީސީ އަކީ ޚުދުމުޚްތާރު ވެރިކަމެއް ކުރުމުގައި މިދުނިޔޭގައި މިހާރު ހުރި އެންމެ ނުބައި ނުލަފާ މީހުންގެ ތެރޭގައި ހުރި އެކަކު. އަމިއްލައަށް އޭނާއާއި އޭނާގެ އަޢުވާނުން ވޯޓް އަޅައިގެން އޭނާ ރައީސް ކަމަށް ހޮވުނުކަން އަމިއްލައަށް އިޢުލާންކޮށްގެން ޖައްބާރު ވެރިކަމެއް ކުރަމުންދާ މީހެއް. އޭނަ ކުރަމުންގެންދާ ތިޔަ އަނިޔާވެރި ޖައްބާރު ވެރިކަން ކުރުމަށް މިޞްރުގެ ކުރީގެ ރައީސް ޑޮކްޓަރ މުރުޞީއާއި މިޞްރުގެ އެތައްހާސް ރައްޔިތުންނެއް އޭނާގެ އޯޑަރަށް މަރާފަ ހުރި މީހެއް. ތިޔައީ އޭނާގެ ފޮޓޯ ފެނުމަށްވެސް ބޭނުންމީހެއް ނޫން. ކޮންމެ މީހެއްގެ ނިމިދިއުންވަނީ މާތްރަސްކަލާނގެ ޙަޟުރަތަށް.
    އިޒުރޭލުގެ ޔަހޫދީ ސިފައިން މިހާރުވެސް ކޮންމެ ދުވަހަކު ފަލަސްޠީނުގެ އެތައް އިންސާނުންނެއް ޝަހީދު ކުރަމުން ބޮޑު ޤަތުލު ޢާންމެއް ހިންގަމުންދާއިރު ފަލަސްޠީނުގެ ބިމާއި އެއް އިންވެގެން ތިޔަ ސީ.ސީ ވެރިކަން ކުރަމުންދާ ޤައުމު އޮވެމެ އޭނާ އެހުންނަނީ ހެވިފައި ކުޅިބަލަން. މުސްލިމުންނަށް މިނިކަމެތި ޙާލު ޖެހިފައިވަނީ މިކަހަލަ މީހުން މި މަތިވެރި އިސްލާމީ އުންމަތުގެ އެންމެ މަތީ ވެރިންނަށް މިއަދު ތިބީމަ. މިނޫންދުވަހެއް މިންވަރު ކުރައްވާފާނދޭވެ.