ފަލަސްތީނުގެ ޣައްޒާ އަށް ވަދެ ހަނގުރާމަ ކުރަމުން ދަނިކޮށް އިސްރާއީލުގެ ސިފައިންގެ އިތުރު ދެ މީހަކު މަރާލައިފިއެވެ.

ޣައްޒާގައި ހިނގި ހަމަނުޖެހުންތަކުގައި ދެ އޮފިސަރަކު މަރުވިކަން އިސްރާއީލުގެ ސިފައިން އިއުލާނުކޮށްފައިވާއިރު، ހަމާސް ޖަމާއަތާ ދެކޮޅަށް އެއްގަމު މަގުން ދިން ހަމަލާތަކުގައި މަރުވި ސިފައިންގެ އަދަދު ވަނީ 129 އަށް އަރާފައެވެ.

ހަމަލާތަކުގައި ފަހުން މަރުވު ސިފައިންގެ ދެ މީހުންނަކީ ގިވަޓީ ބްރިގޭޑްގެ ރިކޮނިސެންސް ޔުނިޓްގެ ޕްލެޓޫން ކޮމާންޑަރެއް ކަމަށްވާ ސީޕީޓީ ޔާރިން ގަހާލީ، 22އ، އާއި ސީޕީޓީ (ރެސް.) ނާމާއަށް ނިސްބަތްވާ ކޮމްބެޓް އިންޖިނިއަރިންކޯޕްސްގެ ޔަހަލޯމް ޔުނިޓްގެ ޓީމް ކޮމާންޑަރެއް ކަމަށްވާ ނެޓަނެލް ސިލްބާގް، 33އ، އެވެ.

ގާހާލީ ޣައްޒާގެ ދެކުނުގައި މަރާލާފައިވާއިރު، ސިލްބާގް މަރާލާފައިވަނީ ސްޓްރިޕްގެ އުތުރުންނެވެ.

ނިރުބަވެރި އިސްރާއީލުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެމީހުންގެ 400 އަށް ވުރެ ގިނަ ސިފައިން ވަނީ މަރާލައިފައެވެ.