23:54

ފަލަސްތީނުގެ ރައްޔިތުން ކާބޯތަކެތި ހޯދަނީ

23:44

ހަމާސްގެ މުޖާހިދުން އިސްރާއީލުގެ ނިރުބަވެރި 8 ސިފައިންގެ މީހަކު ރޮކެޓް ހަމަލާއެއްގައި މަރާލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

23:35

ނިރުބަވެރިން ޝިފާ ހޮސްޕިޓަލުގައި ހުރި ކަށީގެ ޑޮކްޓަރު ހައްޔަރު ކޮށްފި

23:35

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އުތުރުގައި ހުންނަ ޔޫއެންއާރްޑަބްލިއުގެ ހެޑްކުއާޓާސްއަށް ހަމަލާދީފި

23:34

ނިރުބަވެރިި އިސްރާއީލުން ޣައްޒާގެ އެތެރެއަށް ވަދެ ހިންގަމުން އަންނަ ހަމަލާތައް ފެއިލް ވަމުން އަންނަ ކަމަށް އިސްލާމިކް ޖިހާދުގެ ޑެޕިއުޓި ސެކްރެޓަރީ ޖެނެރަލް، މުހައްމަދު އަލް-ހިންދި ބުނެފި.

22:50

ފާއިތުވި 24 ގަޑިއިރު ނިރުބަވެރިން ޣައްޒާއިން 214 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާ ހެލްތް މިނިސްޓްރީން ބުނެފި

 

21:32

ނިރުބަވެރިންގެ ބެލުމުގައި ދަށުގައި ތިއްބާ މަރުވި ޣައްޒާ މީހުންގެ މަރުގެ ތަހުގީގު ކުރިއަށްދާ ކަމަށް ނިރުބަވެރިން ބުނެފި.

19:55

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޝަހީދު ކޮށްލި މީހުންގެ އަދަދު 19،000 އަށްވުރެ މައްޗަށް އަރައިފި

 

19:39

ނިރުބަވެރިން ޝަހީދުކޮށްލި ފަލަސްތީނުގެ ރައްޔިތުން ވަޅުލަނީ- ފޮޓޯ: އޭޕީ

18:56

ޣައްޒާގެ އުތުރުގައި ހުރި ހޮސްޕިޓަލްތަކުގެ ތެރެއިން ހިދުމަތް ދެމުން އަންނަ މަދު ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ އަޙްލީ އަރަބް ހޮސްޕިޓަލުގެ ހިދުމަތްތައް، ނިރުބަވެރިން ކުރިއަށް ގެންދިޔަ ރޭޑެއްގެ ސަބަބުން ހުއްޓުމަކަށް އައިސްފި.

16:29

ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީގައި ރޭ ކުރިއަށް ގެންދިޔަ ރޭޑެއްގައި ފަލަސްތީނުގެ 30 މީހަކު ހައްޔަރު ކޮށްފި.

16:28

ފަހުގެ މައުލޫމާތު:

  • ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ކޭމްޕަށް ނިރުބަވެރިން ދިން ފަހުގެ ހަމަލާގައި 13 ވަރަކަށް މީހަކު ޝަހީދުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެ.
  • ހުޅަނގު އައްސޭރީގައި ތިބި ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ މީހުންނާއި ދެކޮޅަށް ފްރާންސުން ފިޔަވަޅު އަޅާފައިވާ ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރ، ކެތެރިން ކޮލޮއްނާ ބުނެފި.
  • ހޫތީން ރަތްކަނޑުގައި ވެރިކަން ކުރަމުން އަންނާތީ، ސްވެޑެންއިން ވިޔަފާރީގެ އެހެން މަގެއް ހޯދުމަށް ޓާސްކް ފޯހެއް އެކުލަވާލައިފި
  • ޣައްޒާގެ އުތުރުގައި ހުންނަ އަލްއަވްދާ ހޮސްޕިޓަލުގައި އިސްރާއީލު ސިފައިން 240 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި 80 މެޑިކަލް ސްޓާފުންނާއި 40 ބަލިމީހުންނާއި ގެދޮރު ގެއްލިފައިވާ 120 މީހުން ހިމެނޭ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި.

 

15:37

ޔަމަންގެ ކޮންޓްރޯލް އޮންނަ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ، ޓާސްކް ފޯސްއެއް އުފައްދައިގެން މަސައްކަތް ކުރި ނަމަވެސް އެކަމާ ބިރުނުގަންނަ ކަމަށާއި ޔަމަންގެ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އެ ޖަމާއަތުން މިއަދު ބުނެފި.

14:19

ރާއްޖޭގައި ތިބި އިސްރާއީލްގެ ރައްޔިތުން އެ ގައުމު ދޫކޮށް ދިއުމަށް އިސްރާއީލްގެ ފޮރިން މިނިސްޓްރީން ދެންމެ އަންގައިފި.

13:43

އިސްރާއީލުން ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ބޮން އެޅީ ވަރަށް ވަރުގަދަ އަށް ކަމުގައި ރިޕޯޓުތައް ބުނޭ.

13:42

ޣައްޒާގެ ހެލްތު މިނިސްޓްރީ: އިސްރާއީލްގެ އަސްކަރިއްޔާ އިން ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ހުންނަ ދެ ގެއަކަށް ބޮން އަޅައި 10 މީހުން ޝަހީދުކޮށްލައިފި. ބޮން އެޅުމުގެ ސަބަބުން 40 މީހުން ވަނީ ޒަހަމްކޮށްލާފައި.

13:41

ޔަމަން ކޮންޓްރޯލް ކުރަމުން އަންނަ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުގައި "ވެރިކަން" ކުރަން ފެށުމާ ގުޅިގެން އެމެރިކާ އިން އެކަމާ ދެކޮޅަށް ތެދުވެ، އެ ގައުމަށް ވާގިވެރިވާ 10 ގައުމަކާ އެކީގައި ކޯލިޝަނެއް ހަދައި ހޫތީންނާ ދެކޮޅަށް މަސައްކަތް ކުރަން ފަށައިފި.

11:47

ރަތް ކަނޑުގައި ހޫތީ ހަނގުރާމަވެރިން އިއްޔެ ވެސް ދެ އުޅަނދަކަށް ހަމަލާދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި.

10:54

އިސްރާއީލުން އެންމެ ފަހުން ޣައްޒާގައި މަރާލި ނޫސްވެރިޔާ އަދިލް ޒޮރޮބްއަކީ ޣައްޒާގައި ޗެރިޓީ މަސައްކަތުގައި ވެސް އުޅޭ މީހެއް. އަދި އޭނާއަކީ އިސްރާއީލްގެ ހަމަލާތަކުގައި ޒަހަމްވާ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް މަސައްކަތް ކުރި މީހެއް.

09:53

ފަލަސްތީނުގެ ޣައްޒާ އަށް ވަދެ ހަނގުރާމަ ކުރަމުން ދިޔަ އިސްރާއީލް ސިފައިންގެ ދެ ނިރުބަވެރިއަކު މަރާލައިފި.

09:40

އިސްރާއީލުން ރަފަހް އަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ނޫސްވެރިއަކު ރޭ ވަނީ ޝަހީދުކޮށްލާފައި.

09:21

ހަނގުރާމަ ހުއްޓާލަން ގޮވާލައި އެމެރިކާގެ ނިއުޔޯކްގައި މުޒާހަރާ ކުރަނީ.

09:18

އިސްރާއީލުން ޣައްޒާގެ ދެކުނަށް ރޭގައި ދިން ވައިގެ ހަމަލާތަކުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވި. ޝަހީދުވި މީހުންގެ އަދަދު ސާފެއް ނޫން. އެކަމަކު، ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލްގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝަހީދުވެފައި.

ފަލަސްތީނުގެ ޣައްޒާއަށް ނިރުބަވެރި އިސްރާއީލުން ދެމުންގެންދާ ހަމަލާތައް މެދުކެނޑުމެއް ނެތި ދެމުން އަންނަ އިރު، ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތުގައި އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަ އެއް ބަޔަކީ ޔަމަންގެ ހޫތީ ހަނގުރާމަވެރިންނެވެ. ހޫތީ ހަނގުރާމަވެރިން މީގެކުރިން ވަނީ އިސްރާއީލްއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ހަމަލާތަކެއް ވެސް ފޮނުވާލައިފައެވެ. އަދި ހޫތީ ހަނގުރާމަވެރިން ވަނީ ރަތް ކަނޑުގައި ހަރަކާތްތެރިވުން އިތުރުކޮށްފައެވެ.

އިސްރާއީލަށް މުދާ ހިފައިގެން ދަތުރު ކުރާ ކޮންމެ ބޯޓަކަށް ހެން ހޫތީ ހަނގުރާމަވެރިން ހަމަލާތައް ދެމުން އަންނަ އިރު، އިސްރާއީލަށް ވާގިވެރިވާ ދެ ބޯޓެއް ހޫތީ ހަނގުރާމަވެރިން މިހާރު ވެސް ވަނީ ހައިޖެކްކޮށްފައެވެ. އަދި އެފަދަ ބައެއް ބޯޓުތަކަށް ހަމަލާތައް ވެސް ދީފައިވެއެވެ.

މިއީ އެމެރިކާ ފަދަ ގައުމުތަކަށް ގަބޫލު ކުރަން ދަތި ކަމަކަށްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެމެރިކާ އިން ވަނީ އިސްވެ އޮވެ، ހުޅަނގުގެ ބައެއް ގައުމުތަކާ ގުޅިގެން ހޫތީއާ ދެކޮޅަށް މަސައްކަތް ކުރުމަށް ކޯލިޝަނެއް އެކުލަވާލައިފައެވެ. އެމެރިކާ އިން ބުނެފައިވަނީ އެ ކޯލިޝަނުން ރަތް ކަނޑުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިންނަށް އަމާޒުކޮށް ހަމަލާ ދޭނެ ކަމަށެވެ. އެކަމަކު ހޫތީ އޮފިޝަލުން ބުނީ އެކަމުގެ ރައްދު ހަމަލާތައް ދޭން ތައްޔާރަށް ތިބި ކަމަށެވެ.

އަނެއްކޮޅުން އިސްރާއީލުން ރޭގައި ވެސް ވަނީ ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކަށް ބޮން އަޅައި ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލައިފައެވެ. އަދި ރޭގައި އިސްރާއީލްގެ ސިފައިން ވަނީ ޣައްޒާގައި ހުންނަ އަލް-އަހްލީ ހޮސްޕިޓަލަށް ވެސް ހަމަލާ ދީފައެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ނިރުބަވެރިން ގެންދަނީ ޣައްޒާގެ އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. މިހާރު ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 19،000 އަށް އަރައެެވެ. މީގެ ތެރޭގައި ތުއްތު ކުދިންނާއި އަންހެނުން ގިނައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވ

    ވަގުތު ގާޒާ ލައިވް ކަވަރެޖް އަށް ޝުކުރު ހައްޤު

    22
    1
  2. އިންޝާ ﷲ

    އިސްރާއިލުން ހޫތީންގެ ބޮލައް ބޮންއަޅައިފިއްޔާމު އޭގެ ރައްދެއްގޮތުން ހޫތީންގެ ލީޑަރު އަލް މާލިކު އަލް ހޫތީ ވަނީ ޑިމޯނާ ނިއުކްލިއަރ މަރުކަޒު ބިމާހަމަކޮށް ވެއްޔަށް ހަދާނެކަމަށްބުނެފައި ނެތެންޔާހޫއަށް އެކަން ކުރަންނުކެރިގެން އެމަރިކާ އަދި ނޭޓޯ މިހާރުތިނުކުތީ ހޫތީން އަތުގައި އީރާނުގެ ބިޔަ ބެލެސްޓިކު މިސައިލް ތައްހުރޭ ހެޓަކަށް

    17
    1
  3. ޖުހާ.

    ހޫސީންނަށް ހަމަލާދެވޭ ފެންވަރެއް އެމެރިކާގެ ނެތް. ރަސިއާ ހަމާސް ހޫސީން ހިޒްބުالله ރެއާދުވާލު އެ ބޭނުންކުރަނީ އިރާނުން އުފައްދާ ހަތިއާރު. އިރާނު އެކުރަނީ ހައިބުރިޑް ހަނގުރާމަ. އެމެރިކާ ހޫސީންނަށް ބޮންއަޅައިފިއްޔާ މެދުއިރުމަތީގަ ހުރި އެމެރިކާގެ މަސްލަހަތުތައް ނޮޅާލާނެ. އެހެންވެ ނުކެރޭނެ.

    3
    1