ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޝަހީދު ކޮށްލި މީހުންގެ އަދަދު 19،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީ، ޣައްޒާ ސަރުކާރުގެ މީޑިއާ އަދި ފަލަސްތީން ރެޑް ކްރެސެންޓުން ހޯދި މައުލޫމާތުތަކަށް ބިނާކޮށް އަލްޖަޒީރާ ނޫހުން ބުނީ، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 19،667 މީހަކު ޝަހީދު ކޮށްލާފައިވާ ކަަމަށެވެ. އޭގެ ތެރޭގައި 7،729 ކުދަކުދިން ވެސް ހިމެނެއެވެ.

އަލްޖަޒީރާއިން އާންމު ކޮށްފައިވާ މައުލުމާތު:

  • ހުޅަނގު އައްސޭރީން ޝަހީދުކޮށްލި މީހުން: 301، މީގެ ތެރޭގައި 72 ކުޑަކުދިން ހިމެނޭ
  • ޒަހަމްވި މީހުންގެ އަދަދު: 52،586، މީގެ ތެރޭގައި 8،663 ކުދަކުދިން ހިމެނޭ، އަދި 8،000 އަށްވުރެ ގިނަ ކުދިން ވަނީ ގެއްލިފަ.
  • އިސްރާއީލުން މަރާލި މީހުން: 1،139
  • އަނިޔާވި މީހުން: 8،730

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓުމެއް ނެތި ދެމުން އަންނައިރު، ރޭގެ ވަގުތެއްގައި ވެސް ނިރުބަވެރިން ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ރޭ ކުރިއަށް ގެންދިޔަ ރޭޑެއްގައި ފަލަސްތީނުގެ 30 މީހަކު ހައްޔަރު ކޮށްފިއެވެ. މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބަޔަކު ފާއިތުވި މިވީ ދުވަސްތަކުގައި ނިރުބަވެރިން ވަނީ ހައްޔަރު ކޮށްފައެވެ.