ފާއިތުވި 24 ގަޑިއިރު ނިރުބަވެރިން ޣައްޒާއިން 214 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ޣައްޒާ ހެލްތް މިނިސްޓްރީގެ ސްޕޯކްސްޕާސަން، އަޝްރަފް އަލް-ޤުދްރާ ބުނެފައިވަނީ ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކެއް ހުއްޓުމެއް ނެތްއިރު، ފާއިތުވި 24 ގަޑިއިރު ނިރުބަވެރިން ޣައްޒާގެ 214 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު 300 އަށްވުރެ ގިނަ މީހަކަށް ޒަހަމްވެގެން ހޮސްޕިޓަލްތަކަށް ގެންދެވިފައިވާ ކަމަށެވެ.

އޭނާ ބުނީ ނިރުބަވެރިންގެ ހަމަލާތަކުގެ ގިނަ އަދަދެއްގެ އިމާރާތްތަކެއް ސުންނާފަތިވެފައިވާ ކަމަށް އެ އިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ މީހުން ވެފައިވާ ކަމަށެވެ.

ހަމަލާތަކުގެ ސަބަބުން ކަންބޮޑުވުން އޮތްކަން ފާހަގަ ކުރަމުން އޭނާ ބުނީ ޣައްޒާގެ އުތުރުގެ ސިއްހީ ނިޒާމު ވަރަށް ބޮޑު ފުނޑުފުނޑުވެފައިވާ ކަމަށާއި 800،000 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށެވެ. އަދި މާބަނޑު މީހުން ހިމެނޭހެން ގިނަ ބަޔަކަށް ސިއްހީ އެއްވެސް ހިދުމަތެއް ނުލިބޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނިރުބަވެރިންނާއި ދެކޮޅަށް މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައިގެ ތެރެއިން މިހާތަނަށް ޣައްޒާގެ 1،000 އަށްވުރެ ގިނަ މީހުން މަރާލާފައިވާއިރު، ޣައްޒާއިން 19،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.