23:58

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލޭ އޮހޮރުވުމުގައި ޝަހީދުވި މީހުންގެ އަދަދު، 20،000 އަށްވުރެ މައްޗަށް އަރައިފި

22:30

ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ހުސާންގައި ހިނގި ހަމަނުޖެހުންތަކުގައި އުމުރުން 16 އަހަރުގެ ކުއްޖެއްގެ ކަރަށް ބަޑި ޖަހާ ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލާދީ ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފި.

22:29

ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ހޮނިހިރު ދުވަހު ހުޅުވި ކަރެމް އަބޫ ސަލީމް (ކެރެމް ޝަލޯމް) ކްރޮސިން މެދުވެރިކޮށް 750 ޓަނުގެ ކާބޯތަކެތި ހިފައިގެން 46 ޓްރަކް އެންކްލޭވްއަށް ގެންގޮސްފި.

 

22:27

ޣައްޒާގައި ކުށެއް ނެތް އާންމުންނަށް އަމާޒުކޮށް ދެމުގެންދާ ހަމަލާ ހުއްޓުވުމަށް އެމެރިކާގެ ރައީސަށް ނުފޫޒު ފޯރުވުމަށް ފްރާންސެސްކާ އަލްބާނީޒް އެދިވަޑައިގެންފި.

21:27

ޣައްޒާއިން ދޫކޮށްލި ފަލަސްތީނު ގައިދީންގެ ހެކިބަހުން އެމީހުންނަށް އަނިޔާކޮށްފައިވާކަން ހާމަވާ ކަމަށް ފަލަސްތީނުގެ ނޭޝަނަލް އިނީޝިއޭޓިވް ޕާޓީގެ ވެރިޔާ މުސްތަފާ ބަރްޣޫތީ ވިދާޅުވެއްޖެ.

21:26

ޑޭވިޑް ކެމަރަން އުރުދުންގެ ރަސްގެފާނާއި ޚާރިޖީ ވަޒީރު އައިމަން ސަފާދީއާ އައްމާނުގައި ބައްދަލުކުރައްވައިފި.

ޝާހީ ހާޝިމީ ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސްގެފާނު އަބްދުﷲ "ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލަން ޖެހޭ ކަން ތަކުރާރުކުރެއްވި" ކަމަށާއި އަދި "އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ޕްރެޝަރު ކުރުމަށް ގޮވާލާ" ކަމަށެް

21:24

ހަނގުރާމަ ނިމެންދެން ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔަހޫ ބުނެފި

ވީޑިއޯ ސްޓޭޓްމަންޓެއްގައި އޭނާ ބުނީ "އަޅުގަނޑުމެން ހުއްޓާލާނެ ކަމަށް ހީކުރާ މީހުންނަކީ ހަގީގަތާ ގުޅިފައިވާ ބައެއް ނޫން" ކަމަށް.

"ހަމާސް ނައްތާލުމާއި، ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމާއި، ޣައްޒާއިން ނުރައްކާ ނައްތާލުން" ކަމަށް ބުނި.

 

21:22

މުވާސަލާތީ އަދި އިންޓަނެޓްގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ޣައްޒާގައި ހަރަކާތްތެރިވާ އެ ޖަމިއްޔާގެ ޓީމުތަކާ ގުޅުން ކެނޑިފައިވާ ކަމަށް ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ބުނެފި.

21:21

ރަފާގެ ކުވައިތު ހޮސްޕިޓަލް ކައިރީގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް މީގެ ކުރިން ދިން ވައިގެ ހަމަލާގައި މިހާތަނަށް 10 މީހުން ޝަހީދުވެފައިވާ ކަމަށް މެޑިކަލް އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދީފި.

20:02

ބެއިޓް ހަނޫންގައި ފަލަސްތީނުގެ ހަނގުރާމަވެރިންނާއި އިސްރާއީލު ސިފައިންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގަމުންދާ ކަމުގެ ރިޕޯޓްތައް ބުނެފި.

20:01

ކާބޯތަކެތީގެ ދަތިކަމާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ ސާމާނާއި ސާފުތާހިރުކަން ދަށްވުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ގޯސްވެ ބަލި ފެތުރުން އިތުރުވާ ކަމަށް ފަލަސްތީނުގެ ރެފިއުޖީންގެ ބޭނުންތައް ފުއްދައިދޭ އދ. އިން ބުނެފި.

ޔޫއެންއާރްޑަބްލިއުއޭ ހިޔާތަކުން ގައިންގަޔަށް އަރާ ބަލިތަކުގެ 360،000 އަށް ވުރެ ގިނަ ވޭދަނަ ރެކޯޑްކޮށްފައިވާ ކަމަށް ވަނީ ބުނެފައި.

19:34

ރަފާހް ސިޓީގެ ހުޅަނގު ދެކުނުގައި އޮންނަ މިސްރުގެ ބޯޑަރު ކައިރީގައި އިސްރާއީލުގެ ވައިގެ ހަމަލާއެއް ދީފި.

19:33

އިސްރާއީލުން އެތައް އަހަރެއް ވަންދެން ހޯދަމުން އަންނަ ހަމާސްގެ ކަސާމް ބްރިގޭޑްސްގެ ލީޑަރު މުހައްމަދު ދީފް ދިރިހުންނެވި ކަމަށާއި ކުރިން ހީކުރި ވަރަށް ވުރެ އޭނާގެ ހާލު ރަނގަޅު ކަމަށް އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނެފި.

އިސްރައީލުގެ އަސްކަރިއްޔާއިން ދާދި ފަހުން ހޯދާފައިވާ ފުޓޭޖްތަކާ ހަވާލާދީ ޖެރޫސަލަމް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދީފް "ވީލްޗެއާ އެއް ބޭނުން ނުކުރާ" ކަމަށާއި އޭނާ "ދެ އަތް ވެސް ބޭނުން ކުރާ ކަމަށް ބެލެވޭ" ކަމަށް.

19:09

އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރަބްޑޮލަހިއަން، ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީއާ ދޯހާގައި ބައްދަލުކުރައްވައި، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ބެހޭގޮތުން މަޝްވަރާކުރައްވައިފި.

19:08

އިސްރާލުގެ ވައިގެ ހަމަލާތައް ރަފާ ސަރަހައްދަށް ދިން ވަގުތު.

19:08

ކުވައިތުގެ ހޮސްޕިޓަލަކީ ޒަހަމްވެފައިވާ ގިނަ އަދަދެއްގެ މީހުން ބެލެހެއްޓޭނެ ވަރުގެ ބޮޑު ހޮސްޕިޓަލެއް ނޫން ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

ހަމަލާ ދިން ސަރަހައްދުން އިތުރު އެމްބިއުލާންސާއި ޕެރަމެޑިކްސް އެ ހޮސްޕިޓަލަށް އެނބުރި އަންނަނީ ޒަހަމްވި އިތުރު މީހުންނާއެކު

މި ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލައަކީ އެއީ ކުޑަ ސައިޒެއްގެ ހޮސްޕިޓަލަކަށްވެފައި، މިހާ ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ނުނެގުން.

17:37

ރަފާހްގެ ހަމަލާއަށް ފަހު އެތައް ޒަހަމްތަކަކާއި ޝަހީދުވެފައިވާ ހަށިތައް ފެންނަމުންދާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

17:36

ރަފާހް ކައިރީގައި ބޮން ގޮއްވާލާފައި -ފޮޓޯ: އަލްޖަޒީރާ
ރަފާހް ކައިރީގައި ބޮން ގޮއްވާލާފައި -ފޮޓޯ: އަލްޖަޒީރާ
ރަފާހް ކައިރީގައި ބޮން ގޮއްވާލާފައި -ފޮޓޯ: އަލްޖަޒީރާ
ރަފާހް ކައިރީގައި ބޮން ގޮއްވާލާފައި -ފޮޓޯ: އަލްޖަޒީރާ

17:34

"ބޮން ގޮއްވާލި ތަނުން މީހުން ނުކުމެގެން ދުވަނީ... ކުވައިތު ހޮސްޕިޓަލް ކައިރީގައި،" ހަމަލާ ދިން ތަނާ ތަންކޮޅެއް ދުރުގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ބުނެފައިވޭ

"އަހަންނަށް އަޑުއިވެނީ ދުވާ މީހުންގެ ފަރާތުން... މީހުން ދިރިއުޅެމުންދާ ގިނަ ގެތައް މުޅިން ހަލާކުވެފައިވާކަން. އަދި އެއީ ގިނަބަޔަކު ދިރިއުޅެމުންދާ އިމާރާތްތަކެއްކަން".

17:32

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާގެ އިމާރާތަކަށް ވައިގެ ހަމަލާއެއް ދީފި

17:31

އިސްރާއީގެ އަސްކަރިއްޔާއިން ބެއިޓް އައިނޫންގައި އުމުރުން 28 އަހަރުގެ ފިރިހެނަކު ޝަހީދުކޮށްލާފައި އެމީހުންގެ ޗެކްޕޮއިންޓާ ދިމާލަށް ދުއްވާފައި ދަނިކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

16:37

ފަލަސްތީނުގެ އުތުރުގައި އޮންނަ ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާތަކުގައި އިތުރު 40 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކޮށްލައިފި

16:32

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ މީހުންގެ ލޭބާ މާކެޓާއި ދިރިއުޅުމަށް އަސަރުކޮށްފައިވާ ގޮތް ބަލާފައިވާ ކަަމަށް އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ނެރުނު ރިޕޯޓެއްގައި ބުނެފި.

 

16:31

ރަތް ކަނޑުގެ ސަރަހައްދާއި ގަލްފް އޮފް އެޑަންގައި ދަތުރުކުރާ ވިޔަފާރީގެ އުޅަނދުތައް ޔަމަނުގެ ކަނޑުގެ ސަރަހައްދުން ދުރުވުމަށް ގްރީސް އިން އިލްތިމާސްކޮށްފި.

ގްރީސް އިން މިގޮތަށް އިލްތިމާސްކޮށްފައި ވަނީ އީރާނާ ގުޅިފައިވާ ހޫތީން ގިނަ އުޅަނދުތަކަށް ހަމަލާދިނުމާއި ގުޅިގެން/

16:28

އިސްރާއީލު ސިފައިން ޖަބާލިއާގައި ހުންނަ ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީގެ އެމްބިއުލާންސް ސެންޓަރު ހުރިހާ ދިމާލަކުން "ވަށާލާފައިވާ" ކަމަށް ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފި.

އިސްރާއީލުން އިއްޔެ ބުނީ ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން އެންމެ ވަރުގަދަ ހަމަލާތަކެއް ދިން ސަރަހައްދު ކަމަށްވާ ޣައްޒާގެ އުތުރުގައި ހުންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕްގެ ކޮންޓްރޯލް ނަގާފައިވާ ކަމަށް.

16:27

ލުބުނާނުގައި ހުންނަ ހިޒްބުގެ އިންފްރާސްޓްރަކްޗާ އާއި އަސްކަރީ ތަންތަނަށް ވައިގެ ސިފައިން ހަމަލާތައް ދީފައިވާ ކަމަށް އިސްރައީލުގެ ސިފައިންގެ ތަރުޖަމާނު ބުނެފި.

ހިޒްބުﷲ އިން ވަކިވަކިން އިއުލާނުކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޖަމާއަތުގެ ހަ މީހަކު ވަނީ ޝަހީދުވެފައި. މިގޮތުން އަންގާރަ ދުވަހުގެ ރޭ ހަތަރު މީހުން ޝަހީދުވިއިރު، ބުދަ ދުވަހު ދެ މީހަކު ވަނީ ޝަހީދުވެފައި.

 

14:14

14:13

އިސްރާއީލް ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ކާރެއްގެ ތެރޭގައި އިން ޒުވާނެއްގެ ގަޔަށް ބަޑި ޖަހައިފި.

13:41

އިސްރާއީލް އާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މުޖާހިދުންނާ މެދުގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ މިއަދުގެ ވަގުތެއްގައި މިސްރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި.

11:51

އިސްރާއީލުން ރޭގައި ޣައްޒާގައި ހުރި ގެއަކަށް ބޮން އަޅައި ދެ މީހަކު ޝަހީދުކޮށްލައި 10 މީހަކު ޒަހަމްކޮށްލާފައިވޭ.

10:43

ޔަހޫދީ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ ޝިޕިންގް ކުންފުނި ‘ޒެޑްއައިއެމް’ ގެ ބޯޓުތައް މެލޭޝިއާގެ އެއްވެސް ބަނދަރެއްގައި ބަނދަރުކުރުން މެލޭޝިއާގެ ސަރުކާރުން މަނާ ކޮށްފި.

10:17

ފަލަސްތީނުގެ ޣައްޒާ އަށް ވަދެ، އިސްރާއީލް ސިފައިން ކުރަމުން އަންނަ ހަނގުރާމައިގައި އިސްރާއީލް ސިފައިންގެ އިތުރު އޮފިސަރަކު މަރާލައިފި.

09:59

މިސްރަށް ފުރާވަޑައިގަތުމުގެ ކުރިން ހަމާސްގެ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ، އިރާންގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައިފި.

 

08:56

ލުބުނާންގެ ހިޒްބުﷲ އިން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ހަ ރޮކެޓް ހަމަލާ ދިފާއުކޮށްފައިވާ ކަމަށް އިސްރާއީލުން ބުނެފި. އިސްރާއީލުން ބުނީ އެކަމާ ގުޅިގެން ލުބުނާންގައި ހުރި ހިޒްބުﷲ ގެ ބައެއް ތަންތަނަށް ވައިގެ މަގުން ހަމަލާދީފައި ވާނެ ކަމަށް.

އިސްރާއީލަށް އަމާޒުކޮށް ދިން ރޮކެޓް ހަމަލާގައި އިސްރާއީލްގެ ދެ ސިފައިންގެ މީހަކަށް އަނިޔާވި ވެސް އިސްރާއީލުން ބުނޭ.

08:48

08:46

އިސްރާއީލުން އެންމެ ވަރުގަދަ ހަމަލާއެއް ރޭ ދިން އެއް ދިމާލަކީ ޣައްޒާގެ ޑެއިރް އަލް ބަލަހް ސަރަހައްދަށް. އަލް-ޖަޒީރާގެ ރިޕޯޓަރު ބުނާ ގޮތުގައި އެ ހަމަލާތަކުގައި މަދުވެގެން 13 މީހަކު ވަނީ ޝަހީދުކޮށްލާފައި. ފަލަސްތީންގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި އެމީހުންނަށް އަށް މީހެއްގެ ހަށިގަނޑު ފެނިފައިވޭ. އަދި 34 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިގެން ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދަން ޖެހުނު.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މުޖާހިދުންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ އަށް 75 ދުވަސްވެފައިވާ އިރު، މީގެކުރިން ހަފްތާއެއް ވަންދެން ހަނގުރާމަ ވަނީ މެދުކަނޑާލައި އިސްރާއީލްގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާއި ހަމާސް އާއި އިސްލާމިކް ޖިހާދުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންތަކެއް މިނިވަންކޮށްފައެވެ. އެމީހުން މިނިވަން ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ އަނެއްކާ ވެސް ހަނގުރާމަ މެދުކަނޑާލުމުގެ ވާހަކަތައް ވަނީ ދެކެވެން ފަށައިފައެވެ.

އިސްރާއީލްގެ ރައީސް އިސާކް ހެރްޒޮގް ބުނި ގޮތުގައި އެ ގައުމުން އޮތީ ހަނގުރާމަ މެދުކަނޑާލުމަށް ތައްޔާރަށެވެ. އެކަމަކު، އޭގެ ބަދަލެއްގެ ގޮތުގައި ޣައްޒާގައި ތިބި އަސީރުން މިނިވަން ކުރަން ޖެހޭނެ ކަމަށް އިސްރާއީލްގެ ރައީސް ވަނީ ބުނެފައެވެ.

އަނެއްކޮޅުން ހަމާސްގެ އިސް ލީޑަރެއް ކަމަށްވާ އިސްމާއިލް ހަނިއްޔާ މިއަދުގެ ވަގުތެއްގައި މަޝްވަރާ އަށް މިސްރަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އޭނާ މިސްރަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހަނގުރާމަ ހުއްޓާލުމަށާއި އަސީރުން ބަދަލު ކުރުމާ ގުޅޭ މަޝްވަރާތައް ކުރުމަށެވެ.

އިސްރާއީލް އާއި ހަމާސްއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި ރޭގައި ވެސް އިސްރާއީލުން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅައިފައެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ނިރުބަވެރިން ގެންދަނީ ޣައްޒާގެ އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. މިހާރު ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 19،000 އަށް ވުރެ މައްޗަށް އަރައެވެ. މީގެ ތެރޭގައި ތުއްތު ކުދިންނާއި އަންހެނުން ގިނައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.