ފަލަސްތީނުގެ ޣައްޒާ އަށް ވަދެ، އިސްރާއީލް ސިފައިން ކުރަމުން އަންނަ ހަނގުރާމައިގައި އިސްރާއީލް ސިފައިންގެ އިތުރު އޮފިސަރަކު މަރާލައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން މިއަދު އިއުލާން ކުރި ގޮތުގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދަނިކޮށް މަރުވެފައި ވަނީ ރިޒާވް އޮފިސަރެއް ކަމުގައިވާ ކެޕްޓަން ލިއޯ ސިވަން 32، އެވެ. އޭނާއަކީ ހަރެލް ބްރިގޭޑްސްގެ ސިފައިންގެ އޮފިސަރެއް ކަމަށް އިސްރާއީލުން ބުނެއެވެ.

މިއާއެކު، ޣައްޒާ އަށް ވަދެ ހަނގުރާމަ ކުރަނިކޮށް މަރާލި އިސްރާއީލް ސިފައިންގެ އަދަދު 133 އަށް ވަނީ އަރައިފައެވެ.

ނިރުބަވެރި އިސްރާއީލުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެމީހުންގެ 450 އަށް ވުރެ ގިނަ ސިފައިންގެ މީހުން ވަނީ މަރާލައިފައެވެ.