އިސްރާއީލުން ފަލަސްތީނަށް ހަމަލާދޭން ފެށިފަހުން ޣައްޒާގައި ގާތްގަނޑަކަށް 66 އިންސައްތަ މީހުންގެ ވަޒީފާ ގެއްލިފައިވާ ކަަމަށް ފަލަސްތީނުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (ޕީސީބީއެސް) އިން ހާމަކޮށްފިއެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން ފަލަސްތީނުގެ ޣައްޒާގައި މީހުންގެ ވަޒީފާގެ ދެބައިކުޅަ އެއްބައި ގެއްލިފައިވާއިރު، މިކަމުގެ ސަބަބުން އެގައުމުގެ އިގްތިސާދަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ޕީސީބީއެސް އިން ނެރުނު ރިޕޯޓުގައިވާ ގޮތުން ޣައްޒާގެ ބާޒާރަށް ލިބުނު ގެއްލުމުގެ ސަބަބުން މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ކުރިންވެސް އެ ސަރަހައްދުގަައި މިހާރު އޮތް ނުރައްކާތެރި ހާލަތު އިތުރަށް ގޯސްވެ، އެ ސަރަހައްދުގައި ދިރިއުޅެން ދަތިވެފައިވެެެއެވެ.

މީގެ އިތުރުން ޣައްޒާގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންގެ ފަގީރުކަމާއި، ވަޒީފާ ނެތް މީހުން ނިސްބަތް ދުނިޔޭގައިވެސް އެންމެ މަައްޗަަށް ގޮސްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ޣައްޒާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް މިހާރު މަސައްކަތްތެރިންގެ ތިންބައި ކުޅަ އެއްބަޔަށްވުރެ މައްޗަށް ގޮސްފައިވާއިރު، ހުޅަނގު އައްސޭރީގެ ލޭބަރ ފޯސްގެ ތިންބައިކުޅަ އެއްބައި މީހުންނަކީ ވަޒީފާ ނެތް މީހުން ކަމަށާއި، މިއީ ފާއިތުވި އަހަރުތަކަށް ބަލާއިރު، ވަޒީފާ ނެތް މީހުންގެ އަދަދު އެންމެ ބޮޑަށް މައްޗަށް ގޮސްފައިވާ އަހަރުކަންވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އަދި މަސައްކަތްތެރިކަމުގެ ބާޒާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މި "އިންސާނީ ކާރިސާ"ގެ ސަބަބުން އާބާދީއަށް މުޅި އުމުރަށް ދަތިވެ، ބައިނަލްއަގުވާމީ އެހީއަށް މުޅިން ބަރޯސާވެ އުޅެން ޖެހިދާނެ ކަމަށް ބުނެފައި ވެެއެވެ.