ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލޭ އޮހޮރުވުމުގައި ޝަހީދުވި މީހުންގެ އަދަދު، 20،000 އަށްވުރެ މައްޗަށް އަރައިފިއެެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓުމެއް ނެތި ދެމުން އަންނައިރު، ޖަމަލިއާ ރެފިއުޖީ ކޭމްޕައަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުުރުވެފައެވެ.

މިގޮތުން މިއަދު ދިން ހަމަލާތަކުގައި 45 މީހަކު ޝަހީދުކޮށްލިއިރު، އިއްޔެ އާއި އޭގެ ކުރީ ދުަވަހު ދިން ހަމަލާތަކުގައިވެސް ގިނަބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.

ސަރުކާރުގެ މީޑިއާ އޮފީހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 20،000 އަށް ވަނީ އަރާފައެވެ. އޭގެ ތެރޭގައި 8،000 ކުޑަކުދިންނާއި 6،200 އަންހެނުން ހިމެނޭ ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެއެވެ.