ދެކުނު ޗައިނާގެ ކަނޑުގެ ހާލަތު "ގޯސްކޮށް ހިސާބު"ކޮށް، ނުވަތަ އަމިއްލަ ފައިދާއަށްޓަކައި "ނުބައި ނިޔަތެއްގައި" ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތްކުރާނަމަ، ޗައިނާއިން އެގައުމުގެ ހައްގުތައް ދިފާއުކޮށް ފިލިޕީންސަށް ރައްދުދޭނެ ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ މިހެން ވިދާޅުވީ ފިލިޕީންސްގެ ފޮރިން މިނިސްޓްރީ އަށް ގުޅުއްވައި ދެއްކެވި ވާހަކައެއްގައެވެ.

ފިލިޕީންސާއެކު ކުރި މި މަޝްވަރާގައި ޗައިނާގެ ވަންގް ޔީ ވިދާޅުވީ ދެގައުމަކީވެސް އަވަށްޓެރި ދެގައުމު ކަމަށާއި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ވާހަކަ ދައްކައިގެން އެކަން ހައްލުކުރެވޭނެ ކަމަށެވެ. އަދި ދެގައުމުގެ ގުޅުންތަކުގައި އެންމެ ބޮޑު ގޮންޖެހުމެއް ދިމާވަނީ ފިލިޕީންސްގެ ސިޔާސަތު ބަދަލުކޮށް ކޮށްފައިވާ ވައުދުތަކާއި ދުރުވުމުން ކަމަށް ވަންގް ޔީ ވަނީ ވިދާޅުވެފައެވެ.

އެގޮތުން ވީހާވެސް އަވަހަކަށް ސިޔާސަތުތައް ހަރުދަނާ ކުރުމަށް ފިލިޕީންސް އަށް ނަސޭހަތްތެރިވާ ކަމަށް ވަންގް ވިދާޅުވިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެގައުމުން މަޝްވަރާ ކުރީ ޗައިނާ ކަނޑުގައި ހުރި ހަމަނުޖެހުންތަކާއި ގުޅޭގޮތުން ކަމަށާއި ވީހާވެސް އަވަހަށް މި މައްސަލަ ހައްލުކުރަން އެބަޖެހޭ ކަމަށެވެ.

ދެގައުމުގެ ސްޓްރެޓެޖިކް ޓްރޭޑް ކޯރިޑޯއެއް ކަމަށްވާ ސައުތު ޗައިނާ ކަނޑުގައި މަސްވެރި ދޯނިތަކާއި ކޯސްޓްގާޑް ބޯޓުތަކާއި އެހެނިހެން އުޅަނދުފަހަރު ހިނގި ހާދިސާތަކާ ގުޅިގެން ފާއިތުވި މަސްތަކުގައި ބެއިޖިން އާއި މެނިލާއިން ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ.

ބައިނަލްއަގްވާމީ ޓްރައިބިއުނަލަކުން 2016 ވަނަ އަހަރު ދެކުނު ޗައިނާ ކަނޑުގެ %90 އަށް ޗައިނާއިން ކުރި ދައުވާ ބާތިލް ކުރި ނަމަވެސް ބެއިޖިން އިން އެ ހުކުމް ގަބޫލެއް ނުކުރެއެވެ. ޗައިނާއިން ވަނީ ފާއިތުވި އަހަރުތަކުގައި މައްސަލަ ޖެހިފައިވާ ސަރަހައްދުގައި އިންސާނުން ހަދާފައިވާ ޖަޒީރާތަކެއް ހަދައި، އޭގެ ތެރެއިން ބައެއް ޖަޒީރާތަކުގައި އެއާ ސްޓްރިޕް ޖަހާފައެވެ.

ޗައިނާއިން ގާތްގަނޑަކަށް މުޅި ދެކުނު ޗައިނާ ކަނޑަށް ދައުވާކުރާއިރު، އެގައުމުގެ ވާހަކަތަކުގައި ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށް ބައިނަލްއަގްވާމީ ޓްރައިބިއުނަލުން ކުރި ހުކުމުން އެގިގެންދެއެވެ. އަދި ވޯޓާވޭގައި ޕެޓްރޯލް ކުރުމަށް ދޯނިފަހަރު ޑިޕްލޮއި ކުރާއިރު، އެ ކުންފުނިން ވަނީ ދައުވާތައް ވަރުގަދަ ކުރުމަށް އަސްކަރީ ޖަޒީރާތައްވެސް ހަދައިފައެވެ.