ސްޕެއިންގެ ޓެނެރީފުން ސްކޮޓްލޭންޑްގެ ގްލާސްގޯއަށް ދަތުރުކުރި ފްލައިޓެއްގައި ދަތުރުކުރި ފަސިންޖަރަކު މެދުތެރެއިން ކާޑިއެކް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.

މެޓްރޯގެ ރިޕޯޓެއްގައި ވާގޮތުން އަންހެން ދަތުރުވެރިޔާ އަކީ ޓެނެރީފް ސޫރް އެއާޕޯޓުން ފުރި ޓީޔޫއައި ފްލައިޓް ބީވައި1573 ގައި ދަތުރުކުރި މީހެކެވެ. ނަމަވެސް އެ ދަތުރު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާއަށް ކާޑިއެކް އެޓޭކެއް ޖެހުނެވެ. ފްލައިޓް ފުރިތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން ފަޅުވެރިން ވަނީ އިމަޖެންސީ ސްކުއާކް 7700 ސިގްނާ އެއް ނެރެފައެވެ.

އަދި ގްލާސްގޯއަށް ދަތުރުކުރި އެ ފްލައިޓް މަޑެއިރާ ނަމަކަށް ކިޔާ ރަށެއްގެ ފަންޗަލް އެއާޕޯޓަށް ބަދަލުކުރީއެވެ. އެމަޖެންސީ ސިގްނަލް ދިންތާ ގާތްގަނޑަކަށް 20 މިނެޓު ފަހުން މަތިންދާބޯޓު އެ ރަށުގައި ޖެއްސިއިރު، ނަމަވެސް މެޑިކަލް އަދި އިމަޖެންސީ ކްރޫއިން ކުރި މަސައްކަތުން އެ އަންހެން މީހާ ސަލާމަތް ކުރެވޭ ގޮތް ވަނީ ނުވެފައެވެ،

މަރުވި އެ މީހާގެ އައިޑެންޓިޓީ ހާމަކޮށްފައެއް ނުވެއެވެ.

އޭގެ ދެ ގަޑިއިރު ފަހުން ފްލައިޓް ގްލާސްގޯއަށް ވަނީ ދަތުރު ފަށައިފައެވެ. މި ހާދިސާއާ ގުޅިގެން އެ އެއާލައިނުން އަދި ބަޔާނެއް ނެރެފައެއް ނުވެއެވެ.

މީގެ ކުރިންވެސް ދަތުރު މަތީގައި މިފަދަ ހާދިސާތައް ދިމާވެފައި ވެއެވެ.