މަރުގެ މައްސަލައެއްގައި ހިމެނޭ އިންޑިއާ މީހަކު 31 އަހަރު ފަހުން ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އަވަށްޓެރި ޕަލްގަރް ޑިސްޓްރިކްޓްގެ ނާލާސޯޕަރާ ސަރަހައްދުން މުމްބާއީ ފުލުހުންނެވެ.

މަރުގެ މައްސަލައެއްގައި ފުލުހުން ހޯދަން ބޭނުންވާ އެ ފިރިހެން މިހާއަށް މިހާރު ވަނީ 62 އަހަރު ވެފައެވެ.

ދީޕަކް ބިސޭ ނަމަކަށް ކިޔާ މި މީހާއަކީ 1989 ވަނަ އަހަރު ރާޖޫ ޗިކްނާ ނަމަކަށް ކިޔާ މީހަކު މަރާލުމާއި އިތުރު މީހަކު ކަމަށްވާ ދަރުމެންދުރަ ސަރޯޖް މަރާލަން އުޅުނު މީހެކެވެ.

1992 ވަނަ އަހަރު ބިސޭ އަށް ކަފާލާތުގެ ދަށުން ދޫކޮށްލި ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތަކަށް އޭނާ ކޯޓަށް ހާޒިރު ވެފައެއް ނުވެއެވެ.

ފުލުހުންގެ އޮފިޝަލަކު އިއްޔެ ދުވަހު ވިދާޅުވީ އޭނާ ފިލާފައިވާ ކަމަށް 2003 ވަނަ އަހަރު ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

"ކަންދިވަލީގެ ތުލަސްކަރްވާދީގައި ހުންނަ ބިސޭ ދިރިއުޅޭ ގެއަށް ފުލުހުން ޒިޔާރަތްކުރާ ކޮންމެ ފަހަރަކު، އޭނާ މަރުވެއްޖެ ކަމަށް އެ ސަރަހައްދުގެ މީހުން ބުނާނެ، އެކަމަކު އަހަރެމެން އޭނާ ހޯދަމުން ދިޔައީ،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ފުލުހުން ވަނީ ބީސޭގެ އަނބިކަނބަލުންގެ ފޯނު ނަންބަރު ހޯދައި، އޭނާ ނާލާސޯޕަރާއަށް ގެންގޮސް އެތަނުން ހުކުރު ދުވަހުގެ ރޭ އޭނާ ހައްޔަރުކޮށްފައެވެ.

އޮފިޝަލް ވިދާޅުވީ ބިސޭ އަކީ އާއިލާގެ މީހުންނާއެކު އެ އަވަށުގައި ވަޒަންވެރިވެ ގަސް ކެނޑުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކުރަމުން ދިޔަ މީހެއް ކަމަށެވެ.

"މިހާރު އޭނާއަށް އުމުރުން 62 އަހަރު ވެއްޖެ. އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައި. އިތުރަށް ތަހުގީގު ކުރަމުން މިދަނީ،" ކަންދީވަލީ ޕޮލިސް ސްޓޭޝަންގެ ސަބް އިންސްޕެކްޓަރު ނިތިން ސަޓަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު