ޖަޕާނަށް އައި ބާރުގަދަ ބިންހެލުމަށްފަހު ރަޝިޔާއަށްވެސް ސުނާމީގެ އިންޒާރު ނެރެފިއެވެ.

އިޝިކާވާ ޕްރިފެކްޗާގެ ނޯޓޯ ސަރަހައްދަށް މިއަދު ޖަޕާނު ގަޑިން ހަވީރު 4:10 އެހާކަންހާއިރު އައި 7.6 މެގްނެޓިއުޑް ބާރުމިނުގެ ބިންހެލުމާ ގުޅިގެން ރަޝިޔާއިން ސުނާމީގެ އިންޒާރު ދީފައިވަނީ އިރުމަތީގެ ބަނދަރުގެ ސިޓީތައް ކަމަށްވާ ވްލަޑިވޮސްޓޮކް އާއި ނަޚޮޑްކާއަށް ސަޚްލިންއަށް ކަމަށް އެ ގައުމުގެ ދައުލަތުގެ ނޫސް އެޖެންސީ ޓާސް އިން ވަނީ ބުނެފައެވެ.

ޓާސް އިން ބުނީ މަސްވެރިންނާއި ކަނޑަށް ނުކުންނަން ރާވާފައިވާ އެހެން ފަރާތްތަކުން އެނބުރި ގޮނޑުދޮށަށް ދިއުމަށް އަންގާފައިވާ ކަމަށެވެ.

ތާސް އިން މިހާރު ރިޕޯޓްކޮށްފައިވާ ގޮތުގައި ސަޚަލިންގައި މިހާރު ކުރިއަށްދާ އިވެކުއޭޝަންގެ މައުލޫމާތު ރަސްމީ ވެބްސައިޓަކުން ވަނީ ޑިލީޓްކޮށްފައެވެ. އަދި ރީޖަނަލް އިމަޖެންސީ ޑިޕާޓްމަންޓުން މިހާރު ބުނަނީ ސުނާމީ އެލާޓް ނެރެފައިވާ ކަމަށާއި ނަމަވެސް އާބާދީ ހުސްކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން ޖަޕާނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

އަދި ގަޑިއެއްްހާ އިރު ތެރޭގައި ޖަޕާނަށް 20 އަށްވުރެ ގިނަ ބިންހެލުން އައިސްފައި ވެއެވެ