ޖަޕާނުގެ އެކި ހިސާބުތަކަށް އިތުރު ބިންހެލުމެއް އަތުވެދާނެ ކަމުގެ އިންޒާރު ދީފިއެވެ.

އެ އިންޒާރުތަކުގެ ތެރޭގައި މީގެ ކުރިންވެސް ބިންހެލުންތައް އައި އިޝިކާވާ، ނިގާޓާ، ނަގަނޯ އަދި ޓޯޔާމާގެ ޕްރިފެކްޗާތައް ހިމެނެއެވެ.

ފާއިތުވި ތިން ގަޑިއިރުގެ ތެރޭގައި ޖަޕާނުގެ މެދުތެރެއަށް 3.6 އާއި 7.6 މެގްނިޓިއުޑް ދެމެދުމުގެ ބާރުމިނުގައި 30 އަށް ވުރެ ގިނަ ބިންހެލުން އައިސްފައިވެއެވެ.

މި ބިންލުންތަކުގެ ސަބަބުން ސުނާމީގެ އިންޒާރުު ދީފައިވާއިރު، ބިންހެލުމުގެ ސަބަބުން 30 އަށްވުރެ ގެތައް ސުންނާފަތިވެ، އެތަކެއް ބަޔަކު އިމާރާތްތައް ދަށުވެފައިވާ ކަމަށް އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު ވެސް ސުނާމީގެ ރާޅުތައް އެގައުމުގެ އެކި ހިސާބުތަކަށް ފޯރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ޖަޕާނަށް މިއަދު އައި ބިންހެލުމަކީ ފަހުގެ ތާރީހެއްގައި ވެސް އެގައުމަށް ޖެހިޖެހިގެން އައި އެންމެ ގިނަ ބިންހެލުން ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

ޖަޕާނަށް އައި ބިންހެލުމާއި އެކީ ޖަޕާން ހިމެނޭހެން އިތުރު ބައެއް ގައުމުތަކަށް ވެސް ސުނާމީގެ އިންޒާރު ދީފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.