ޖަޕާނަށް މިއަދު މިހާތަނަށް 80 އަށް ވުރެ ގިނަ ބިންހެލުން ރެކޯޑުކުރެވިފައިވާ ކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

ޖަޕާނުގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި މި ބިންހެލުންތައް އަންނަން ފަށާފައިވަނީ މިއަދު ހެނދުނު 7:10 އަކުން ފެށިގެންނެވެ. އޭރު ބިންހެލުންތައް އައި ގޮތަށް އެގައުމުގެ އެކި ސަރަހައްދުތަކަށް އަދިވެސް ބިންހެލުންތައް އަންނަ ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން މި ބިންހެލުންތައް އައިސްފައިވަނީ 7.6 މެގްނެޓިއުޑާ 3.0 މެގްނެޓިއުޑާ ދެމެދު ބާރު މިނެއްގައި ކަމަށްވެސް ހާމަކޮށްފައިވެއެވެ.

ޖަޕާނަށް އައި ބިނެހެލުމުގައި އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އިޝިކާވާގެ ނޯޓޯ ކައިރިއަށެވެ. މީގެ އިތުރުން ޖޯޓްސޫ، ޗުއެޓްސޫ، އިޔޯނާޑާ ކަނޑު އަދި ނިގާޓާގެ އައްސޭރިފަށުން ވެސް ބައެއް ރެކޯޑް ކުރެވިފައިވާ ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.