23:31

ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބާލަން ޖެހޭ ކަމަށް ބުނެ އިސްރާއީލުގެ މިނިސްޓަރުން ދެއްކި ވާހަކަތަކާއި މެދު އެމެރިކާއިން ނުރުހުން ފާޅުކޮށްފި

22:39

ދުވަސްތަކެއް ކުރިން އެމްބިއުލެންސަށް ނުދެވި ޝަހީދުވި ފަލަސްތީނުގެ ހަށިތައް ހޯދުމަށް ޚާން ޔުނިސްގެ އުތުރުގައި އޮންނަ ހުޅަނގު ކަރަރާގައި "ރިސްކީ މިޝަނެއް" ފަށާފައިވާ ކަމަށް ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފި.

22:13

ފަލަސްތީނުގެ ހަތަރު ގައިދީއަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަކުން ބުނާ ގޮތުގައި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ކޮންމެ ދުވަހަކު ވެސް މީހުން ހައްޔަރު ކުރަނީ "ބައިނަލްއަގުވާމީ މުޖުތަމައުގެ ސާފު ނަޒަރުގައި" ކަމަށް.

މިގޮތުން އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ 8،800 މީހުން ހައްޔަރުގައި ތިބިއިރު، އިދާރީ ގޮތުން 3،291 މީހަކު ދައުވާ ނުކޮށް ހިފަހައްޓާފައިވޭ. އަދި ޑޭމަން ޖަލުގައި 80 އަންހެނަކު ހައްޔަރުކޮށްފައިވޭ.

22:10

އިސްރާއީލުން ޣައްޒާގެ މެދުތެރެއާއި ދެކުނުގެ ސަރަހައްދުތަކަށް ބޮން އެޅުން ވަރުގަދަކޮށްފައިވަނީ އެ ސަރަހައްދުތަކުގެ ގްރައުންޑް އޮޕަރޭޝަންތައް ފުޅާކުރަމުން ދަނިކޮށް ކަމަށް އަލްޖަޒީރާއިން ބުނެފި.

21:15

ލުބުނާނުގެ ބޯޑަރު ހުރަސްކޮށް އިސްރާއީލުގެ މަރުކަޒުތަކަށް އަމާޒުކޮށް ނުވަ ހަމަލާއެއް ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ރޮކެޓް ހަމަލާތައް ވެސް ހިމެނޭ ކަމަށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ބުނެފި

21:07

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕްތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި އެތައް ބަޔަކު ޒަޚަމްވެއްޖެ

20:21

ހުޅަނގު އައްސޭރީގައި ހިފާފައިވާ ތުލްކަރީމްގެ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕްގެ އޮފިޝަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސުލައިމާން އަލް ޒުހައިރީ ވިދާޅުވީ ރޭ ފެށި އިސްރާއީލުން ދިން ހަމަލާ އަދިވެސް ހިނގަމުން އަންނަ ކަމަށް.

20:20

ޣައްޒާގައި ބަލި ފެތުރެމުންދާތީ ޔޫއެންއާރުޑަބްލިއުއޭއިން އިންޒާރު ދީފި.

ގާތްގަނޑަކަށް 90 ދުވަހުގެ ހަނގުރާމައަށް ފަހު ޣައްޒާގެ ހާލަތު ވަރަށް ގޯސް ކަމަށް ޔޫއެންއާރްޑަބްލިއުއޭ އިން އިންޒާރު ދީފައިވާ.

"ރަފާގެ ތޮއްޖެހިފައިވާ މަގުތަކުގައި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް ފެނޭ. ކާބޯތަކެތީގެ ދަތިކަން ބޮޑުވެ، އެތަނަށް ވަނުން މަނާކުރުމުގެ ސަބަބުން އިތުރުވެގެންދޭ. އިންސާނީ ހަނގުރާމަ ހުއްޓާލުމަކީ އަވަސް އެހީއެއް ފޯރުކޮށްދީ، މަޖުބޫރު، ދެމެހެއްޓެނިވި ގޮތެއްގައި ގެދޮރު ބަދަލުކުރުން ނިމުމަކަށް ގެނައުމަކީ ވަރަށް މުހިންމު ކަމެއް."

20:19

އިސްރާއީލަށް ދަތުރުކުރި ސީއެމްއޭގެ ސީއެމްޖީއެމް ޓޭޖް ކޮންޓެއިނާ އުޅަނދަކަށް ޔަމަނުގެ ހޫތީ ޖަމާއަތުން ހަމަލާއެއް އަމާޒުކޮށްފައިވާ ކަމަށް އެ ޖަމާއަތުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސަރިއާ ވިދާޅުވެއްޖެ

18:57

2023 ވަނަ އަހަރު ފަލަސްތީނުގެ 11،000 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 1085 ކުޑަކުދިންނާއި 300 އަންހެނުން ހިމެނޭ ކަމަށް ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީ (ޕީޕީއެސް) އިން ބުނެފި

 

 

18:56

ޔަމަނުގެ ހޫތީ ޖަމާއަތުން ރަތް ކަނޑުގައި ވިޔަފާރި އުޅަނދުފަހަރަށް ދިން ހަމަލާތަކަކީ މުޅިން ބަލައިގަނެވޭނެ ހަމަލާތަކެއް ނޫން ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށް ޖަރުމަނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވެއްޖެ.

18:55

ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތު ފެންނަމުން ދަނީ އަޅުގަނޑުމެންނާއި މުޅި ދުނިޔެއަށް ވެސް ހައިރާންކުރުވަނިވި މަންޒަރެއްގައި ކަމަށް ފަލަސްތީނު އޮތޯރިޓީގެ ބޮޑުވަޒީރު މުހައްމަދު ޝްތަޔޭހް ވިދާޅުވެއްޖެ.

16:51

އިސްރާއީލުން ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން ހެނދުނުން ފެށިގެން ޚާން-ޔޫނުސްގައި އެކަނިވެސް 15 މީހުން ޝަހީދުވެއްޖެ.

16:14

ލުބުނާނުގެ ބެއިރޫތުގައި ހަމާސް ޑެޕިޔުޓީ ލީޑަރު ސާލިހް އަލް އަރޫރީ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން އިސްރާއީލުން ހަމަލާތައް ދިނުމަށް ހައި އެލާޓްކޮށްފި.

16:12

ހަމާސްގެ ސާލިހް އަލް އަރޫރީ އަވަހާރަކޮށްލުމަކީ އަދަބެއް ނުލިބޭނެ ކަމެއް ނޫން ކަމަށް ހިޒްބުﷲ އިން ބުނެފި

ހިޒްބުالله އިން ނެރުނު ބަޔާނެއްގައި ވަނީ ދެކުނުގެ އަވަށެއް ކަމަށްވާ ބެއިރޫތުގެ މެދުގައި އޮންނަ އަލްއަރޫރީ އާއި ހަމާސް ޖަމާއަތުގެ އިތުރު ހަ މެމްބަރަކު އަވަހާރަކޮށްލުމަކީ ލުބްނާނަށް ދިން ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައި.

16:11

ހަމާސްގެ ޑެޕިއުޓީ ޗީފް ސާލިހް އަލް އަރޫރީ އަވަހާރަކޮށްލުމުން ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައަކީ މުޅިން ނާކާމިޔާބީއެއްކަން ސާބިތުވާ ކަމަށް އީރާނުން ބުނެފި.

"އިސްރާއީލުން އެހެން ގައުމުތަކުގައި ހިންގާ ނުބައި އަމަލުތަކަކީ ސުލްހައާއި ސަލާމަތަށް ހަގީގީ ނުރައްކަލެއް. މި ސަރަހައްދުގެ ގައުމުތަކުގެ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް،" ފޮރިން މިނިސްޓަރު ހުސެއިން އަމީރަބްޑޮލަހިއަން އެކްސްގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވި.

 

16:10

ލުބުނާނުގައި ހަމާސްގެ ޑެޕިޔުޓީ ލީޑަރު ސާލިހް އަލް އަރޫރީ އަވަހާރަކޮށްލުމުގެ ޒިންމާ އިސްރާއީލުގެ ސަރުކާރުން އުފުލާފައި ނުވި ނަމަވެސް، މަޝްހޫރު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު އިސްރާއީލުގެ އަސްކަރިއްޔާ އާއި ޖާސޫސީ އިދާރާތަކަށް ތައުރީފު ކޮށްފި.

15:57

އަލް-އަރޫރީ ޝަހީދުކޮށްލައި، އިސްރާއީލަށް ހަމަޖެހިގެން ނޫޅެވޭނެ ކަމަށާއި އަދަބު ލިބޭނެ ކަމަށް ހިޒްބުﷲއިން ބުނެފި.

15:56

ނިރުބަވެރި އިސްރާއީލުން ހަމާސް ޖަމާއަތުގެ ޑެޕިއުޓީ ކޮމާންޑަރަކު ޝަހީދު ކޮށްލުމުން އެނގިގެން ދަނީ ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަކީ "ފެއިލި" އެއް ކަމަށް އީރަނުން ބުނެފި.

15:23

ނިރުބަވެރި އިސްރާއީލުން ޝަހީދުކޮށްލި ޣައްޒާ މީހުންގެ އަދަދު 22،313 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފި.

 

15:18

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި އަލަށް ވިހެއި ކުއްޖަކު ޝަހީދު ކުރި ކުރުން އދ. އިން ކުށްވެރި ކޮށްފި.

 

14:50

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރަފާހުގައި ހުންނަ ގެއަކަށް ދިން ހަމަލާ

14:28

ފަލަަސްތީނުގެ ރެޑް ކްރެސެންޓް ކައިރިއަށް ނިރުބަވެރިން ދިން ހަމަލާއެއްގައި މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ.

މި ހަމަލާގައި މިހާތަނަށް އަލަށް ވިހެއި ކުއްޖަކު ހިމެނޭހެން ފަސް މީހަކު ޝަހީދުވެ، ޖުމްލަ ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ.

14:12

ނިރުބަވެރި އިސްރާއީލުން ދޭ ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ތިބީ ޔަހޫދީން "ކަތުލުމަށް" ކެތްމަދުވެފައި ކަމަށް އިސްރާއީލުގެ ފިނޭންސް މިނިސްޓަރ، ބެޒަލެލް މޮޓްރިޗް ބުނެފި

 

13:20

ހަމާސްގެ ޑެޕިއުޓީ ލީޑަރު، ސާލިހު އަލް އަރޫރީ ޝާހީދު ކޮށްލަން ދިން ހަމަލާގެ ފަހަތުގައި ތިބީ އިސްރާއީލުން ކަމަށް އެމެރިކާއިންް ބުނެފ.

13:19

ހަމާސްގެ ލީޑަރެއް ކަމަށްވާ ސާލިހު ޝަހިދު ކޮށްލަން ހަމަލާދިން ސަރަހައްދު

13:00

ފަލަސްތީނުގެ ރައްޔިތުން
ފަލަސްތީނުގެ ރައްޔިތުން
ފަލަސްތީނުގެ ރައްޔިތުން
ފަލަސްތީނުގެ ރައްޔިތުން

13:00

ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުން ކޮންގޯއަށާއި އެހެން ގައުމުތަކަށް ފޮނުވުމަށް އެގައުމުތަކާއި މަޝްވަރާ ކުރަމުން އަންނަ ކަމަށް ނިރުބަވެރި އިސްރާއީލުގެ އޮފިޝަލުން ބުނެފި.

12:02

ހަމާސް ޖަމާއަތުގެ އިސް ލީޑަރެއް ކަމަށްވާ ސަލާހު އަލް އަރޫރީ ޝަހީދުކޮށްލުމުގެ ބަދަލު އިސްރާއީލުގެ ކިބައިން ހިފާނެ ކަމަށް ލުބުނާނުގެ ހިޒްބުﷲ އިން ބުނެފި

11:34

ޣައްޒާގެ ހާލަތު ފޮޓޯތަކުން-- ފޮޓޯ: އޭޕީ

11:32

ދެކުނު އެފްރިކާއިން އިސްރާއީލާއި ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުންތައް މިމަހުގެ 11 އަދި 12 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފި.

11:29

ޣައްޒާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ނަރުހުންތަކެއް ހޮސްޕިޓަލަށް ދިޔަ ވަގުތު ހުއްޓުވުވައި ބަލައި ފާސްކުރަނީ

 

10:44

 

09:40

ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތާއި ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި ޣައްޒާ ތެރޭގައި ނިރުބަވެރި ސިފައިންގެ އިތުރު މީހަކު މަރާލައިފި.

 

09:20

ޔަމަންގެ ހޫތީ ހަނގުރާމަވެރިން މިހާރު ކޮންޓްރޯލް ކުރަމުން އަންނަ ރަތް ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ބޯޓުތަކަކަށް އަމާޒުކޮށް ހޫތީ ހަނގުރާމަވެރިން އަނެއްކާވެސް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި.

09:04

ޣައްޒާގައި ދިރިއުޅޭ ރައްޔިތުން.
ޣައްޒާގައި ދިރިއުޅޭ ރައްޔިތުން.
ޣައްޒާގައި ދިރިއުޅޭ ރައްޔިތުން.
ޣައްޒާގައި ދިރިއުޅޭ ރައްޔިތުން.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުން ސަލާމަތްވުމަށް އެންމެ ގިނަ ބަޔަކު ޖަމާވަމުން އަންނަނީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސަރަހައްދަށެވެ. އދ. އިން މިހާރު ލަފާކޮށްފައިވާ ގޮތުގައި ރަފަހް ސަރަހައްދަށް ދިޔަ މީހުންގެ އަދަދު އެއް މިލިއަނަށް ވުރެ މައްޗަށް އަރައެވެ.

އެ ސަރަހައްދު ތޮއްޖެހިފައިވާ އިރު، އިސްރާއީލުން މިހާރު ދަނީ ދެކުނުގެ ސަރަހައްދުތަކަށް ވެސް ބޮން އަޅަމުންނެވެ. އޭގެ ތެރޭގައި ހާން ޔޫނުސް ސިޓީ އާއި ޑެއިރް އަލް ބަލަހް ސަރަހައްދު ހިމެނެއެވެ. ހާން ޔޫނުސްގައި ހުންނަ އަލް-އަމާލް ހޮސްޕިޓަލްގައި މިވަގުތު އެކަނި ވެސް 14،000 މީހުން ހިޔާވަހިކަން ހޯދައިގެން އެބަތިބިއެވެ. އިސްރާއީލުން އިއްޔެ އެ ހޮސްޕިޓަލަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއެއްގައި ފަސް މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

އިސްރާއީލްގެ މި އަމަލުތަކާ ގުޅިގެން ހިޔާވަހިކަން ހޯދައިގެން ތިބި މީހުން އެ ހޮސްޕިޓަލް ދޫކޮށް ވަނީ ގޮސްފައެވެ. އަދި އަނެއް ބަޔަކު ހޮސްޕިޓަލް ދޫކޮށް ދިއުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ނިރުބަވެރިން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު އުޅުނީ 21،900 ގައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ފަހުގެ މައުލޫމާތެވެ.